Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚިޔާލު ހޯދުމުގެ ވޯޓު

ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށް ގިނަ ރައްޔިތުން ވަނީ މި ވޯޓުން މަހުރޫމް ކޮށްފައި: މާޒް ސަލީމް

29 މާރިޗު 2026 | އާދީއްތަ 11:45

ސަލީމް ވިދާޅުވީ މިސަރުކާރާ މެދު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށާއި، ރިފެރެންޑަމްއަށް ގިނަ ރައްޔިތުން ނޫނެކޭ ބުނަން ބޭނުންވާ ކަމަށް. މިސަރުކާރުގެ ބޭފުޅުން ކުރަމުންދާ ކެންޕޭންގައި ވޯޓު ބާތިލްވާނެ ގޮތަށް ރިފެރެންޑަމްގެ ވޯޓުގައި ކްރޮސް ފާހަގަ ޖެހުމަށް އަންގައި ނުރަނގަޅު މައުލޫމާތު ދެމުންދާ ކަމަށް އޭނާ ވިދާޅުވި. އަދި ބޭރުގެ ގައުމުތަކާއި، ގިނަ ރިސޯޓުތަކުގައި ވޯޓު ފޮށި ނުބަހައްޓާތީ ގިނަ ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 29 މާރިޗު 2026 | އާދީއްތަ 11:45
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށްޓަކައި މިހާރު ވެސް ރާއްޖޭގެ ގިނަ ރައްޔިތުން މި ވޯޓުން މަހުރޫމް ކޮށްފައިވާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ މިސަރުކާރާ މެދު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށާއި، ރިފެރެންޑަމްއަށް ގިނަ ރައްޔިތުން ނޫނެކޭ ބުނަން ބޭނުންވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މިސަރުކާރުގެ ބޭފުޅުން ކުރަމުންދާ ކެންޕޭންގައި ވޯޓު ބާތިލްވާނެ ގޮތަށް ރިފެރެންޑަމްގެ ވޯޓުގައި ކްރޮސް ފާހަގަ ޖެހުމަށް އަންގައި ނުރަނގަޅު މައުލޫމާތު ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައްޔިތުން މިއަދު މި ތިބީ ވަރަށް ބޮޑަށް ވޯޓު ކަރުދާސްކޮޅުގައި ނޫނެކޭ ބުނުމަށް ތައްޔާރުވެގެން މި ތިބީ. މިކަން މި ވެރިންނަށް އެނގުނީމާ މި ކުރާ ކަމަކީ އެ ކަރުދާސްކޮޅުގައި އެހެންވެއްޖެއްޔާ ނޫނެކޭ އޮންނަތަނުގައި ނުބައި ފާހަގަ ޖަހާށޭ. ދެން މިއީ ވަރަށް ބޮޑު މައްސަލައެއް އިނގޭތޯ. ސަރުކާރަކުން ސަރުކާރުގެ މަންދޫބުން ނުކުމެ ރައްޔިތުންނާ ބައްދަލުކޮށްފައި ރައްޔިތުން ކައިރީގައި ވޯޓު ބާތިލުވާ ގޮތަށް މިވެނި ކަމެއް ކުރާށޭ ބުނުން އެއީ ވަރަށް އެހެން ކަހަލަ ކަމެއް އިނގޭތޯ. ވަރަށް ގޯސް ނަތީޖާއެއް މީގެން ނިކުންނާނެ. އެގޮތަށް ވިދާޅުވަމުން މި ދަނީ، އެއީ ނުބައިފާހަގަ މީގައި ޖަހައިފި ކަމަށް ވަންޏާ ވޯޓުގެ ނަތީޖާ މި ބަދަލުވަނީ ބާތިލު ވޯޓަކަށް އެނގޭ. އެ ކަރުދާސްކޮޅެއް ބަދަލުވަނީ. އެހެންވެގެން އެކަން ކުރުވަންވެގެން މި އުޅެނީ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)

ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވައި ސަލީމް ވިދާޅުވީ ރިފެރެންޑަމް އަކީ ގައުމީ ބޮޑު އިންތިޚާބެއް ކަމަށާއި، ނަމަވެސް މި ވޯޓުން ގިނަ ދިވެހީން މަހުރޫމް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި ވެސް ވޯޓު ފޮށި ނުބަހައްޓާ ކަމަށެވެ.

ރާއްޖޭގެ ރާއްޖެއިން ބޭރުގައި ދިވެހިރާއްޖޭގެ އެތައް ރައްޔިތުންނެއް އެކިއެކި މުހުތާދުތައް ފުއްދުމަށްޓަކައި އެބަ އުޅުއްވާ ވަޒަން ވެރިވެގެން ޚާއްސަކޮށް، ސްރީލަންކާ، އިންޑިއާ، މެލޭޝިއާ ފަދަ ގައުމު ތަކުގައި ވަރަށް ގިނަ ރައްޔިތުން އެބަ ދިރިއުޅެމުން އެބަ ގެންދަވާ. އެހެންނަމަވެސް، މިއިން އެއްވެސް ރައްޔިތަކަށް މިއަދަކު ނެތް މި ވޯޓުގައި ބައިވެރިވުމުގެ ފުރުސަތެއް ނެތް މިއަދުގެ ސަރުކާރުން ދީފައެއް. މިއީ ހަމަހަމަކަމާއި އިންސާފުން އެއްކިބާއިން ކޮށްފައި އޮތް ކަމެއްކަން އަޅުގަނޑު ދަންނަވާނީ. ދެން ހަމަ އެއާއެކީގައި މި ސިނާއަތް މަސައްކަތްކުރާ ތަންތަން އަދި ހަމަ ގިނަ ރިސޯޓުތަކުގައި ވެސް ވޯޓު ފޮށި ނުބަހަށްޓާކަން އަޅުގަނޑުމެން ފާހަގަކުރަން. ދެން މި މައްސަލަތައް އަޅުގަނޑުމެން ވާނީ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފަ. އޭސީސީ އަށް އަދި ހަމަ ހިއުމަން ރައިޓްސް ކޮމިޝަނަށް މި މައްސަލަތައް ހުށަހަޅައި، އަދި މި ތަންތަނުގެ ބޭބޭފުޅުންނާ އަޅުގަނޑުމެން ވާނީ ބައްދަލު ވެސް ކޮށްފައި. އަޅުގަނޑުމެންގެ މިހިރަ ކަންބޮޑުވުންތައް. އަދި އެހެންނަމަވެސް، މިއަދާ ހަމަޔަށް ވެސް މިއިން އެއްވެސް ކަމަކަށް ހައްލެއް ނާދޭ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)

ވޯޓަށް ނުފޫޒު ފޯރުވުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ބޭނުންވާ ކެންޑިޑޭޓުން އިންތިޚާބު ކޮށްދީފި ކަމަށްވާނަމަ ބޮޑެތި އިނާމުތައް ވެސް ހުށަހަޅަމުންދާ ކަމަށެވެ.

ނަމަވެސް މިއިން އެއްވެސް މައްސަލައެއް ބަލާނެ މުއައްސަސާއެއް ގައުމުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީޚިޔާލު ހޯދުމުގެ ވޯޓުމާޒް ސަލީމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 މާރިޗު 2026

މުޅި ސަރުކާރުން ފާޅުގައި ރިޝްވަތު ބަހާއިރު، ހުރިހާ މިނިވަން މުއައްސަސާ އެއް އޮތީ ނިދާފައި: ޝާތިރު

29 މާރިޗު 2026
މުޅި ސަރުކާރުން ފާޅުގައި ރިޝްވަތު ބަހާއިރު، ހުރިހާ މިނިވަން މުއައްސަސާ އެއް އޮތީ ނިދާފައި: ޝާތިރު
29 މާރިޗު 2026

ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު

29 މާރިޗު 2026
ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު
29 މާރިޗު 2026

އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

29 މާރިޗު 2026
އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި
28 މާރިޗު 2026

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

28 މާރިޗު 2026
މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް
28 މާރިޗު 2026

އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ސުންނާފަތި ކޮށްފި: އީވާ

28 މާރިޗު 2026
އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ސުންނާފަތި ކޮށްފި: އީވާ
28 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި

28 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި
28 މާރިޗު 2026

އެމްއެމްއޭގެ ތިޖޫރީގައި އޮތީ ދެ ޕެކެޓް ކަރުބޮލަ، އަންނަ މަހު 4 ގެ ފަހުން ހުރިހާ ރަށަކުން ކަރަންޓު ކަނޑާނެ: ގަފޫރު

28 މާރިޗު 2026
އެމްއެމްއޭގެ ތިޖޫރީގައި އޮތީ ދެ ޕެކެޓް ކަރުބޮލަ، އަންނަ މަހު 4 ގެ ފަހުން ހުރިހާ ރަށަކުން ކަރަންޓު ކަނޑާނެ: ގަފޫރު
28 މާރިޗު 2026

އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

28 މާރިޗު 2026
އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު
28 މާރިޗު 2026

އިންތިޚާބަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށަައިފި

28 މާރިޗު 2026
އިންތިޚާބަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށަައިފި
28 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒުގެ ދައުރު ދަންމާލާނެ: ޑރ. ޖަމީލް

28 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒުގެ ދައުރު ދަންމާލާނެ: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް