Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2026

އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުން: އެމްޑީޕީ

29 މާރިޗު 2026 | އާދީއްތަ 13:21

އަބްދުﷲ ރަޝީދު ހަސަން ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި ވޯޓުލާނެ ގޮތުގެ ނުރަނގަޅު މައުލޫމާތު ފަތުރައި، ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް. އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ވޯޓު ބާތިލުކުރުވުމަށް ސަރުކާރުން ރާވައިގެން މަސައްކަތް ކުރަމުންދާއިރު، ދައުލަތުގެ މީޑިއާއިން ވެސް ރައްޔިތުން ހޭލުންތެރިކުރުވުމަށް އިހުމާލުވަމުންދާ ކަމަށް. އެހެންކަމުން، ސިނާއީ ރަށްތަކާއި ރިސޯޓުތަކުގައި ވޯޓު ފޮށި ނުބެހެއްޓި ނަމަވެސް، ސަރުކާރަށް "ނޫނެކޭ" ބުނުމަށްޓަކައި ހުރިހާ ރައްޔިތުން ވެސް ވޯޓުލުމަށް އޭނާ ގޮވާލެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 29 މާރިޗު 2026 | އާދީއްތަ 13:21
އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަބްދުﷲ ރަޝީދު ހަސަން ވާހަކަ ދައްކަވަނީ.

އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަބްދުﷲ ރަޝީދު ހަސަން ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

މިސަރުކާރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ވޯޓު ބާތިލުވާ ގޮތަށް ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުންދާ އެމްޑީޕީން ބުނެފި އެވެ. 

އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން އަބްދުﷲ ރަޝީދު ހަސަން ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދާ އިންތިޚާބުތައް ސަރުކާރުން ކާމިޔާބު ކުރުމަށް ފުރިހަމަ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށް ނުދޭ ކަމަށާއި، ރައްޔިތުން ހޭލުންތެރި ނުކުރުވާ ކަމަށެވެ. 

Advertisement - newsAdvertisement

 ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖަހާނެ ގޮތް ވަރަށް ބޮޑަށް އޮޅުވާލާފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ގިނަ ވޯޓުތަކެއް ބާތިލްވުމަކީ މިސަރުކާރުގެ ބޭފުޅުން ބޭނުންވާ ގޮތް ކަމަށާއި، ދައުލަތުގެ މީޑިއާއިން މިފަދަ މައުލޫމާތުތައް އާއްމު ނުކުރާ ކަމަށެވެ.

އެޕްރީލު މަހުގެ ހަތަރު ވަނަ ދުވަހު މި ނެގޭ ވޯޓުގައި ވަނީ ވޯޓު ކަރުދާސްކޮޅެއް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައި އާއްމުކޮށްފައި. މި ވޯޓު ބާތިލުވާނެ ގޮތާއި، ސައްހަވާނެ ގޮތްތަކުގެ މައުލޫމާތު ވެސް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ފެންނަން އެބަހުރި. އެހެންނަމަވެސް، އާއްމު ރައްޔިތުންނަށް މިކަމުގެ މައުލޫމާތާއި، ސަރުކާރަށް ނިސްބަތްވާ އެކިއެކި ބޭފުޅުން އެކިއެކި ބައްދަލުވުންތަކުގައާއި، އެކިއެކި ޖަލްސާތަކުގައި، ޚާއްސަކޮށް ޑޯޓުބްރޯތަކުގައި މި ދަނީ ދޮގު މައުލޫމާތުދީ، އެކަން އޮޅުވާލުމަށް މަސައްކަތްކުރަމުން.
އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުން އަބްދުﷲ ރަޝީދު ހަސަން

މީގެ އިތުރުން މި އިންތިޚާބުތަކުގައި ގިނަ ރައްޔިތުން ވޯޓުން މަހުރޫމްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި އަބްދުﷲ ރަޝީދު ހަސަން ވިދާޅުވީ ހީލަތްތެރިކަމާއެކު ވޯޓު ކާމިޔާބު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ރައްޔިތުން ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށެވެ. އަދި ސިނާއީ ރަށްތަކާއި ރިސޯޓުތަކުގައި ވޯޓު ފޮށި ނުބެހެއްޓި ނަމަވެސް ސަރުކާރަށް ނޫނެކޭ ބުނުމަށްޓަކައި ވޯޓު ލުމަށް އޭނާ ގޮވާލެއްވި އެވެ. 

އިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026ޚިޔާލު ހޯދުމުގެ ވޯޓުއެމްޑީޕީއަބްދުﷲ ރަޝީދު ހަސަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 މާރިޗު 2026

ރާއްޖެ މިއޮތީ ރިފެރެންޑަމް އެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން، އެކަން މި ކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމަށް މަގުފަހި ކުރަން: ބިގޭ

ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު

29 މާރިޗު 2026
ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު
29 މާރިޗު 2026

ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށް ގިނަ ރައްޔިތުން ވަނީ މި ވޯޓުން މަހުރޫމް ކޮށްފައި: މާޒް ސަލީމް

29 މާރިޗު 2026
ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށް ގިނަ ރައްޔިތުން ވަނީ މި ވޯޓުން މަހުރޫމް ކޮށްފައި: މާޒް ސަލީމް
29 މާރިޗު 2026

މުޅި ސަރުކާރުން ފާޅުގައި ރިޝްވަތު ބަހާއިރު، ހުރިހާ މިނިވަން މުއައްސަސާ އެއް އޮތީ ނިދާފައި: ޝާތިރު

29 މާރިޗު 2026
މުޅި ސަރުކާރުން ފާޅުގައި ރިޝްވަތު ބަހާއިރު، ހުރިހާ މިނިވަން މުއައްސަސާ އެއް އޮތީ ނިދާފައި: ޝާތިރު
29 މާރިޗު 2026

ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު

29 މާރިޗު 2026
ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު
29 މާރިޗު 2026

އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

29 މާރިޗު 2026
އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި
28 މާރިޗު 2026

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

28 މާރިޗު 2026
މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް
28 މާރިޗު 2026

އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ސުންނާފަތި ކޮށްފި: އީވާ

28 މާރިޗު 2026
އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ސުންނާފަތި ކޮށްފި: އީވާ
28 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި

28 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި
28 މާރިޗު 2026

އެމްއެމްއޭގެ ތިޖޫރީގައި އޮތީ ދެ ޕެކެޓް ކަރުބޮލަ، އަންނަ މަހު 4 ގެ ފަހުން ހުރިހާ ރަށަކުން ކަރަންޓު ކަނޑާނެ: ގަފޫރު

28 މާރިޗު 2026
އެމްއެމްއޭގެ ތިޖޫރީގައި އޮތީ ދެ ޕެކެޓް ކަރުބޮލަ، އަންނަ މަހު 4 ގެ ފަހުން ހުރިހާ ރަށަކުން ކަރަންޓު ކަނޑާނެ: ގަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް