Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫނެކޭ ޕްރެސް

މުޅި ސަރުކާރުން ފާޅުގައި ރިޝްވަތު ބަހާއިރު، ހުރިހާ މިނިވަން މުއައްސަސާ އެއް އޮތީ ނިދާފައި: ޝާތިރު

29 މާރިޗު 2026 | އާދީއްތަ 08:52

ކުރިއަށް އޮތް އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ފާޅުގައި ރިޝްވަތު ހުށަހަޅަމުންދާއިރު، މިނިވަން މުއައްސަސާތަކުން އެކަންކަން ނުބަލައި ހަނު ތިބޭތީ އެމްޑީޕީން ވަނީ ކަންބޮޑުވުންފާޅު ކޮށްފައި. އީސީއާއި އޭސީސީގެ ޒިންމާ އަދާނުކުރާކަން ފާހަގަކުރައްވައި، ޝާތިރު ވަނީ އެކަން ކުށްވެރި ކުރައްވާފައި. ޝާތިރު ވިދާޅުވީ މިއަދު މިނިވަން މުއައްސަސާތަކުން މިކަމާ ދެކޮޅަށް ބަހެއް ނުބުނާއިރު، މިކަން ބަދަލު ކުރުމުގެ ބާރު ވެސް ރައްޔިތުން އަތުގައި އެބަ އޮތް ކަމަށް. އަދި އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނުމަށް އޭނާ ގޮވާލެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 29 މާރިޗު 2026 | އާދީއްތަ 08:52
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން ވާހަކަ ދައްކަވަނީ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

އޭޕްރީލް މަހުގެ 4 ގައި ބާއްވާ އިންތިޚާބުތަކާ ގުޅިގެން ފާޅުގައި ސަރުކާރުން ރިޝްވަތު ހުށަހަޅަމުންދިޔަ ނަމަވެސް ހުރިހާ މިނިވަން މުއައްސަސާ އެއް އޮތީ ނިދާފައި ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާތިރު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބު މިސަރުކާރުން ކާމިޔާބު ކުރުމަށް އެކި ގޮތްގޮތަށް ރިޝްވަތު ބަހަމުންދާ ކަމަށާއި، އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ވެސް ވަރަށް ބޮޑަށް ކުރިއަށް ގެންދާ ކަމަށެވެ.

Advertisement - newsAdvertisement

ޝާތިރު ވިދާޅުވީ ފާޅުގައި ރިޝްވަތުގެ އަމަލުތައް ހިންގަމުން ދިޔަ ނަމަވެސް މިއަދު މި ގައުމުގައި މިނިވަންކަމާއެކު ބަސް ބުނާނެ އަދި އެކަން ކުށްވެރި ކުރުމަށްފަހު ބަޔާނެއް ނެރޭނެ މިނިވަން މުއައްސަސާއެއް ނެތް ކަަމަށެވެ. އަދި މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކުރިއަށް އޮތް އިންތިޚާބުތަކާމެދު ވެސް ސުވާލު އުފެދޭކަން ފާހަގަކުރައްވައި ޝާތިރު ވިދާޅުވީ ލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު އަކީ މިސަރުކާރުގެ އަޅެއް ކަމަށެވެ. 

އެހެންވީމާ، ޒާހިދަކަށް އެކަމެއް ނުފެންނާނެ. މަގުމައްޗަށް ނުކުތަސް އަޅުގަނޑަށް ހީވަނީ ފައިގެ ބޮޑުބައި އިނގިލީގެ ކުރިއަށް ބައްލަވައިގެންކަށް ނޭނގެ ހިންގަވާ ވަޑައިގަންނަވާނީ. އެ ހާލަތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އެ ހުންނެވީ. އިއްޔެ އަޅުގަނޑުމެންނަށް ފެނުނީ އަނެއްކާވެސް ރަށްރަށަށް ކެމްޕެއިނަށް ވަޑައިގަންނަވާފައި ޕީއެންސީގެ ޕީ.ޖީ ލީޑަރު ވިދާޅުވަނީ، އިންތިޚާބު ކާމިޔާބު ކޮށްދީފިއްޔާ މިވެނި ބަޔަކަށް، މިވެނި އަދަދަކަށް، އެވެނި ބަޔަކަށް، އެވެނި އަދަދަކަށް ތިމަންނަމެން ލާރި ދޭނަމޭ. ނަތީޖާ އެ އިއުލާނުކުރާއިރަށް ލާރި ދޭނަމޭ. މިއީ ކޮންވާހަކައެއްތޯ މި ދައްކަނީ؟ މިއީ ރިޝްވަތެއް ނޫންތޯ؟ ރިޝްވަތު ހުށަހަޅާފައި ވޯޓުދޭށޭ މި ބުނަނީ މީޑިއާގައި ޕަބްލިކުގައި މި ހިސާބަށް ދާއިރު، އޭސީސީއާއި އިލެކްޝަންގެ ކޮމިޝަން ނިދާފައި އޮތީމާ ދެން އެ ބޭފުޅުން މީޑިއާއިން ނުކުމެ ކޮންމެ ވާހަކައެއް ދެއްކިޔަސް، ރައްޔިތުން ކިހިނެއްތޯ އެކަން ގަބޫލުކުރަނީ؟ އެ ބޭފުޅުންގެ ގާނޫނުން ލާޒިމުކުރޭ އަޅުގަނޑުމެން ތަންޑިއާ ލާފައި ގެންގޮސް ބޮޑު ޕްރިންޓުކޮށްގެން ބޮޑު މައްސަލައެއް އެތަނަށް ހުށަނޭޅިޔަކަސް، ސަރުކާރުން ނުކުމެ ޕަބްލިކު މީޑިއާގައި ރިޝްވަތު ހުށަހަޅަން ފެށީމަ އެކަންކަން ބަލަން .އެއީ އެ ބޭފުޅުންނަށް ގާނޫނުން ލާޒިމުކުރާ ކަމެއް.
އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު އަބްދުއްރަހްމާން 

ޝާތިރު ވިދާޅުވީ މިސަރުކާރުން އިންތިޚާބަށް ހުރިހާ ގޮތަކުން ނުފޫޒު ފޯރުވުމަށް މިކުރަމުން ގެންދާ މަސައްކަތަކީ މުޑުދާރު އަމަލެއް ކަމަށެވެ. އަދި މިއަދު މިނިވަން މުއައްސަސާތަކުން މިކަމާ ދެކޮޅަށް ބަހެއް ނުބުނާއިރު، މިކަން ބަދަލު ކުރުމުގެ ބާރު ވެސް ރައްޔިތުން އަތުގައި އެބަ އޮތް ކަމަށާއި، އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނުމަށް އޭނާ ގޮވާލެއްވި އެވެ. 

ޝާތިރު އަބްދުއްރަހްމާންއެމްޑީޕީއިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026ރިޝްވަތު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 މާރިޗު 2026

ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު

29 މާރިޗު 2026
ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު
29 މާރިޗު 2026

އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

29 މާރިޗު 2026
އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި
28 މާރިޗު 2026

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

28 މާރިޗު 2026
މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް
28 މާރިޗު 2026

އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ސުންނާފަތި ކޮށްފި: އީވާ

28 މާރިޗު 2026
އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ސުންނާފަތި ކޮށްފި: އީވާ
28 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި

28 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި
28 މާރިޗު 2026

އެމްއެމްއޭގެ ތިޖޫރީގައި އޮތީ ދެ ޕެކެޓް ކަރުބޮލަ، އަންނަ މަހު 4 ގެ ފަހުން ހުރިހާ ރަށަކުން ކަރަންޓު ކަނޑާނެ: ގަފޫރު

28 މާރިޗު 2026
އެމްއެމްއޭގެ ތިޖޫރީގައި އޮތީ ދެ ޕެކެޓް ކަރުބޮލަ، އަންނަ މަހު 4 ގެ ފަހުން ހުރިހާ ރަށަކުން ކަރަންޓު ކަނޑާނެ: ގަފޫރު
28 މާރިޗު 2026

އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

28 މާރިޗު 2026
އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު
28 މާރިޗު 2026

މިފަހަރު ވާނެ އެމްޑީޕީ އަށް ކުޅި ދައްކާލަން: މިނިސްޓަރު ސަޢީދު

28 މާރިޗު 2026
މިފަހަރު ވާނެ އެމްޑީޕީ އަށް ކުޅި ދައްކާލަން: މިނިސްޓަރު ސަޢީދު
28 މާރިޗު 2026

އިންތިޚާބަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށަައިފި

28 މާރިޗު 2026
އިންތިޚާބަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށަައިފި
28 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒުގެ ދައުރު ދަންމާލާނެ: ޑރ. ޖަމީލް

28 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒުގެ ދައުރު ދަންމާލާނެ: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް