Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިނަދޫ ސިޓީ

ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު

ތިނަދޫ ސިޓީގައި 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު ހުއްޓިފައިވާތީ، އެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާޅުކޮށްފި. ސައުދީ ފަންޑުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވަމުންދާކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފަށާނެ ކަމަށް. މި މަޝްރޫއަކީ ހުވަދު އަތޮޅުގެ މަސްވެރިކަމަށް އަމާޒުކޮށްގެން، މަސް ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 13:15
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ގެ ވަގުތީ ޗެއާޕަރސަން އަބްދުލްޣަފޫރު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ގެ ވަގުތީ ޗެއާޕަރސަން އަބްދުލްޣަފޫރު މޫސާ | އެމްޑީޕީ ސެކްރިޓޭރިއެޓް

ތިނަދޫ ސިޓީގައި ގާއިމްކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފައި ކަމަށާ، އެޔެއް ނުހޭލި ކަމަށާ އަދި މި ސަރުކާރަށް އެ ނުވެސް ހޭލެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ގެ ވަގުތީ ޗެއާޕަރސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީ އިން ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ ތިނަދޫގައި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމަށް އެމްޑީޕީ ސަރުކާރުން އެ ސިޓީއަށް ހުރިހާ އެއްޗެއް ގެންދިއަ ކަމަށެވެ. ނަމަވެސް ގެންދިއަ ހުރިހާ އެއްޗެސް އަދިވެސް ހުރީ ހުރި ގޮތަށް ކަމަށާ އެތަން ވެސް ހުރީ ހަމަ ހުރި ގޮތަށް ކަމަށެވެ. 

Advertisement - newsAdvertisement

ޣަފޫރު ވިދާޅުވީ އެތަނުގައި މަސައްކަތް ކުރި އެކްސްކެވޭޓަރު އޮތީ ނިދާފައި ކަމަށެވެ. އަދި އެޔެއް ނުހޭލި ކަމަށާ މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

މިއީކީ ރައްޔިތުންނަށް މަސައްކަތް ކުރަން އައި ސަރުކާރެއް ނޫން. ރައްޔިތުންގެ ފައިސާ އިން ވައްކަން ކުރަން އައި ސަރުކާރެއް މިއީ. އެނޫން އެއްވެސް ކަމެއް މި މީހުން ނުކުރާނެ. މި ސަރުކާރު އައި ފަހުން 42 ބިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި. މި އަހަރުގެ ބަޖެޓާ އެއްކޮށް 174 ބިލިއަން ރުފިޔާ ރައްޔިތުންނަށް ދީފި. އޭގެ ތެރޭގަ މި ތިނަދޫގެ ރައްޔިތުންގެ ފައިސާ ވެސް ވާނެ. އެއްވެސް ކަމެއް މި ތިނަދޫގެ ފަސްގަނޑަށް ނުކޮށް ވޯޓު ހޯދަން ރައްޔިތުންގެ ކައިރިއަށް އަންނަން  ލަދެއް ނުގަނޭ މި މީހުން. އެއްވެސް ލަދެއް ނެތި އެ ބުނަނީ ވޯޓު ދޭން. 
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ގެ ވަގުތީ ޗެއާޕަރސަން އަބްދުލްޣަފޫރު މޫސާ

އެ ސިޓީގައި ގާއިމްކުރާ ކޯލްޑް ސްޓޯރޭޖްގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، މަސްވެރިން މާޔޫސްވެފައިވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވަނީ މިދިޔަ އަހަރު ވެސް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. 

ސަނީފު ވިދާޅުވީ ހުވަދު އަތޮޅުގެ މަސްވެރިކަމުގެ ސަރަހައްދަކަށްވުމާއެކު، އިތުރު ކޯލް ސްޓޯރޭޖެއް ތިނަދޫގައި ގާއިމްކުރުމަށް ބިމެއް ހިއްކި ކަމަށާއި، އެ ސްޓޯރޭޖް ގާއިމް ކުރުމަށް ސާމާނާ، އެކިއެކި އާލަތްތައް ތިނަދޫއަށް ގެންގޮސްފައިވާ ކަމަށެވެ. 

މީގެ އިތުރުން ސަނީފު ވިދާޅުވީ ވެރިކަން ނިމިގެންދިޔައިރު، އެ މަޝްރޫއު އެއްކޮށް ނުނިމޭ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ސްޕީޑް ލަސްވެ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރެއްވި ކަމަށެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ނުދާއިރު، 22 ސެޕްޓެންބަރު 2024 ގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެސިޓީގެ މަސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވިދާޅުވެފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގައި ތިނަދޫ ސިޓީގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިންމައި، ޚިދުމަތްދޭން ފަށާނެ ކަމަށެވެ.

ހުވަދު އަތޮޅަކީ ރާއްޖޭގެ ދޮށީ މަސްވެރިކަމުގެ މައި މަރުކަޒަށްވެފައި، ދޮށީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ރާއްޖޭގެ އެކި ސަރަހައްދަށް ނިސްބަތްވާ ގިނަ އޮޑިފަހަރުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދެ އެވެ.

ތިނަދޫ އިންޑަސްޓްރިއަލް ޒޯންގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ ފައުންޑޭޝަން މަސައްކަތާއި، ޑީސަލް ޓޭންކްގެ ފައުންޑޭޝަން މަސައްކަތާއި އެއް ފަންގިފިލާގެ 4,790 އަކަފޫޓުގެ އިދާރީ އޮފީސް އިމާރާތެއް ގާއިމްކުރުމާއި، އެއް ފަންގިފިލާގެ 261 އަކަފޫޓުގެ ކެމިކަލް ރައްކާކުރާ އިމާރާތެއް ގާއިމްކުރުމާއި، އެއް ފަންގިފިލާގެ 266 އަކަފޫޓުގެ ލޮނު ރައްކާކުރާ އިމާރާތެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި 3,050.363 އަކަފޫޓުގެ ސަރަހައްދެއްގައި ރ-ީއިންފޯރސްޑް ކޮންކްރީޓް ޕޭވިންގ އެޅުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

ސައުދީ ޑެވެލޮޕްމެންޓް ފަންޑް(އެސްޑީއެފް) ގެ އެހީގައި ކުރިޔަށްގެންދާ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 12 ޖުލައި 2023 ގަ އެވެ.

ތިނަދޫ ސިޓީއަބްދުލްޣަފޫރު މޫސާއެމްޑީޕީއަބްދުﷲ ސަނީފްއެމްޓީސީސީމަސްވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށް ގިނަ ރައްޔިތުން ވަނީ މި ވޯޓުން މަހުރޫމް ކޮށްފައި: މާޒް ސަލީމް

ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށް ގިނަ ރައްޔިތުން ވަނީ މި ވޯޓުން މަހުރޫމް ކޮށްފައި: މާޒް ސަލީމް

29 މާރިޗު 2026
މުޅި ސަރުކާރުން ފާޅުގައި ރިޝްވަތު ބަހާއިރު، ހުރިހާ މިނިވަން މުއައްސަސާ އެއް އޮތީ ނިދާފައި: ޝާތިރު

މުޅި ސަރުކާރުން ފާޅުގައި ރިޝްވަތު ބަހާއިރު، ހުރިހާ މިނިވަން މުއައްސަސާ އެއް އޮތީ ނިދާފައި: ޝާތިރު

29 މާރިޗު 2026
ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު

ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު

29 މާރިޗު 2026
އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

29 މާރިޗު 2026
މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

28 މާރިޗު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު