Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚިޔާލު ހޯދުމުގެ ވޯޓު

ރިފެރެންޑަމްގެ ވޯޓުން ވައްކަން ކުރުމުގެ ފުރުސަތު މިސަރުކާރަށް ދީގެން ނުވާނެ: ވަހީދު

30 މާރިޗު 2026 | ހޯމަ 09:13

ރިފެރެންޑަމް ވޯޓުގެ ނަތީޖާ އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކޮށްފާނެތީ، އެކަމަށް ފާރަވެރިވުމަށް އެމްޑީޕީން ވަނީ ރައްޔިތުންނަށް ގޮވާލާފައި. ނޫސްވެރިންގެ ބައްދަލުވުމުގައި ވަހީދު ވިދާޅުވީ އިންތިޚާބާ ގުޅޭ ކަންބޮޑުވުންތަކަށް އީސީން ހައްލު ހޯދައިދީފައި ނުވާ ކަމަށާއި، ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް. މީގެ އިތުރުން، އިންތިޚާބަށްފަހު ރައްޔިތުންނަށް ދަތިވާނެ ފަދަ އިގްތިސާދީ ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ ކަމަށް ބުނެ އެމްޑީޕީން ވަނީ ކަންބޮޑުވުންފާޅު ކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 30 މާރިޗު 2026 | ހޯމަ 09:13
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވާހަކަ ދައްކަވަނީ.

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވާހަކަ ދައްކަވަނީ. | އެމްޑީޕީ

މިސަރުކާރުން ރިފެރެންޑަމްގެ ވޯޓުން ވައްކަން ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، ރައްޔިތުން އެފުރުސަތު ދީގެން ނުވާނެ ކަމަށް އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހީދު ވިދާޅުވީ، އިންތިޚާބާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އެކަން އިލެކްޝަން ކޮމިޝަންއާ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މައްސަލައަކަށް ހައްލު ހޯދައިދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ވަހީދު ވިދާޅުވީ މިސަރުކާރުން ރިފެރެންޑަމް ވޯޓު ވަރަށް ބޮޑަށް އޮޅުވާލައި ވޯޓުން ވައްކަން ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އެކަމަށް ރައްޔިތުން ފާރަވެރިވާން ޖެހޭ ކަމަށާއި، އެ ފުރުސަތު އެއްވެސް ވަރަކަށް ރައްޔިތުން ދީގެންނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު 3 އިންތިޚާބެއް ކުރިއަށްދާއިރު، އެންމެފަހުން ގުނާ ވޯޓަކީ ރިފެރެންޑަމް ވޯޓު ކަމަށެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ ރިފެރެންޑަމް ސަރުކާރަށް ކާމިޔާބު ވެއްޖެނަމަ ހުދުމުހުތާރު ވެރިކަމެއް ގާއިމް ކުރާނެ ކަމަށާއި، ގައުމު އަނބުރާ ހޯދުމަށް ރިފެރެންޑަމަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

އަޅުގަނޑުމެން އިލެކްޝަންގައި އެދުނިން ރިފެރެންޑަމް ވޯޓުގެ ނަތީޖާ ގުނުމުގެ މަސައްކަތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރީން ގެންގޮސް ދިނުމަށް. އެހެންނަމަވެސް އެބޭފުޅުން އަޅުގަނޑުމެން އެދުނު އެދުމަށް އިޖާބައެއް ނުދެއްވާ. އެހެންވީމަ އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑުމެންގެ ހުރިހާ އޮބްޒާވަރުންނާ މޮނީޓަރުންގެ އަރިހުން އެ ރޭ ވޯޓު ގުނަމުންދާއިރު ވޯޓުގެ ކަންކަން ނިމެންދެން ތިބޭފުޅުން ވޯޓު ފޮށިތައް ކައިރީގައި ތިއްބަވާށޭ. މި ވޯޓުން ވައްކަން ކުރުމަށްޓަކައި އެކުރާ މަސައްކަތަށް ޖާގަ ނުދެއްވާ އެގޮތަށް އަޅުގަނޑުމެން ހުރިހާ ބޭފުޅުން ވެސް އަމަލުތައް ބަހައްޓަވައިގެން ކުރިއަށް ގެންދިއުމަށް އެދެން.
އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު

މިއީ އަމަލާއި ބަސް ދިމާނުވާ ސަރުކާރެއްކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ އެއްވެސް އިންތިޚާބަކާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިނުގަންވާނެ ކަމަށް ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ޝެޑިއުލްއާ އެއްގޮތަށް މުޅި ސަރުކާރުގެ ބޭފުޅުން ރަށްރަށުގައި ހަރަކާތްތެރިވާ ކަމަށާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ކެންޕޭން ދަތުރުފުޅުގައި އުޅުއްވާ ކަމަށެވެ. 

މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައާ ގުޅިގެން މުޅި ދުނިޔެ ކަންބޮޑުވެފައި އޮތް ނަމަވެސް ދިވެހި ސަރުކާރުން އެކަމަށް ފަރުވާލެއް ނުބަހައްޓާ ކަމަށާއި، ކެންޕޭންގައި ހޭބޯނާރާ އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ސިޔާސީ ގޮތުން ވަޒީފާތައް ބަހައި ބަޖެޓް ހުސްކުރަމުންދާ ކަމަށެވެ.

ނަމަވެސް އިންތިޚާބު ނިމުމާއެކު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާ ގޮތަށް ކުއްލިއަކަށް ފިޔަވަޅުތައް އަޅާނެ ކަމަށާއި، އެކަމަށް ރައްޔިތުން ތައްޔާރުވާން ޖެހޭ ކަމަށް ވަހީދު ވިދާޅުވި އެވެ.

އަބްދުﷲ ވަހީދުއެމްޑީޕީޚިޔާލު ހޯދުމުގެ ވޯޓުލޯކަލް ކައުންސިލް އިންތިޚާބު 2026

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 މާރިޗު 2026

ކުރިއަށްއޮތް އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ

30 މާރިޗު 2026
ކުރިއަށްއޮތް އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ
29 މާރިޗު 2026

އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުން: އެމްޑީޕީ

29 މާރިޗު 2026
އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުން: އެމްޑީޕީ
29 މާރިޗު 2026

ރާއްޖެ މިއޮތީ ރިފެރެންޑަމް އެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން، އެކަން މި ކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމަށް މަގުފަހި ކުރަން: ބިގޭ

ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު

29 މާރިޗު 2026
ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު
29 މާރިޗު 2026

ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށް ގިނަ ރައްޔިތުން ވަނީ މި ވޯޓުން މަހުރޫމް ކޮށްފައި: މާޒް ސަލީމް

29 މާރިޗު 2026
ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށް ގިނަ ރައްޔިތުން ވަނީ މި ވޯޓުން މަހުރޫމް ކޮށްފައި: މާޒް ސަލީމް
29 މާރިޗު 2026

މުޅި ސަރުކާރުން ފާޅުގައި ރިޝްވަތު ބަހާއިރު، ހުރިހާ މިނިވަން މުއައްސަސާ އެއް އޮތީ ނިދާފައި: ޝާތިރު

29 މާރިޗު 2026
މުޅި ސަރުކާރުން ފާޅުގައި ރިޝްވަތު ބަހާއިރު، ހުރިހާ މިނިވަން މުއައްސަސާ އެއް އޮތީ ނިދާފައި: ޝާތިރު
29 މާރިޗު 2026

ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު

29 މާރިޗު 2026
ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު
29 މާރިޗު 2026

އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

29 މާރިޗު 2026
އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި
28 މާރިޗު 2026

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

28 މާރިޗު 2026
މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް
28 މާރިޗު 2026

އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ސުންނާފަތި ކޮށްފި: އީވާ

28 މާރިޗު 2026
އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ސުންނާފަތި ކޮށްފި: އީވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް