Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ކުވެއިތުގެ ކަރަންޓު އުފައްދާ މަރުކަޒަކަށް އީރާން އިން ދިން ހަމަލާގައި އެކަކު މަރުވެއްޖެ

30 މާރިޗު 2026 | ހޯމަ 08:43

ކުވެއިތުގެ މިނިސްޓްރީ އޮފް އިލެކްޓްރިސިޓީގެ ތަރުޖަމާނު ފާތިމާ އައްބާސް ޖައުހަރު ހަޔާތު ވިދާޅުވީ، އީރާން އިން ކުވެއިތަށް ދެމުންދާ އުދުވާނީ ހަމަލާ ތަކުގެ ތެރެއިން ކަރަންޓު އުފެއްދުމާއި، ފެން މީރު ކުރާ މަރުކަޒެއްގެ ސާވިސް ބިލްޑިން އަށް ހަމަލާ އަމާޒުވެފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މާރިޗު 2026 | ހޯމަ 08:43
އީރާން އިން ކުވެއިތު ސިޓީ އަށް ދީފައިވާ ކަމަށް ބުނާ ހަމަލާއަކާ ގުޅިގެން އެ ސިޓީގެ މަގުތަކުން ދުން އަރަމުންދާއިރު، އުޅަނދު ފަހަރު ދަތުރު ކުރަނީ.

އީރާން އިން ކުވެއިތު ސިޓީ އަށް ދީފައިވާ ކަމަށް ބުނާ ހަމަލާއަކާ ގުޅިގެން އެ ސިޓީގެ މަގުތަކުން ދުން އަރަމުންދާއިރު، އުޅަނދު ފަހަރު ދަތުރު ކުރަނީ. | އޭއެފްޕީ

ކުވެއިތުގެ ކަރަންޓު އުފައްދާ މަރުކަޒަކަށް އީރާން އިން ދިން ހަމަލާއެއްގައި އިންޑިއާގެ މަސައްކަތްތެރިޔަކު މަރުވެފައިވާ ކަމަށާއި، އެތަނުގެ އިމާރާތަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް ކުވެއިތުގެ މިނިސްޓްރީ އޮފް އިލެކްޓްރިސިޓީ އިން ހޯމަ ދުވަހު ހާމަ ކޮށްފި އެވެ. 

ކުވެއިތުގެ މިނިސްޓްރީ އޮފް އިލެކްޓްރިސިޓީގެ ތަރުޖަމާނު ފާތިމާ އައްބާސް ޖައުހަރު ހަޔާތު ވިދާޅުވީ، އީރާން އިން ކުވެއިތަށް ދެމުންދާ އުދުވާނީ ހަމަލާ ތަކުގެ ތެރެއިން ކަރަންޓު އުފެއްދުމާއި، ފެން މީރު ކުރާ މަރުކަޒެއްގެ ސާވިސް ބިލްޑިން އަށް ހަމަލާ އަމާޒުވެފައިވާ ކަމަށެވެ. މި ހަމަލާގެ ސަބަބުން އެ ތަނުގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާގެ ރައްޔިތަކު މަރުވެފައިވާކަން އޭނާ ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.

މީގެ އިތުރުން މި ހަމަލާގެ ސަބަބުން އިމާރާތަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި މާއްދީ ގެއްލުން ތަކެއް ލިބިފައިވާ ކަމަށް ވެސް، ތަރުޖަމާނު ވަނީ ފާހަގަ ކުރައްވައިފަ އެވެ. މި ހާދިސާއާ ގުޅިގެން ކުވެއިތުގެ ކަމާ ބެހޭ އިދާރާ ތަކުން ދަނީ ލިބުނު ގެއްލުންތައް އިތުރަށް ވަޒަން ކުރަމުންނެވެ. 

މި ހަމަލާ އަކީ ސަރަހައްދީ ހަމަ ނުޖެހުން ތަކުގެ ތެރެއިން އީރާން އިން ކުވެއިތުގެ މުހިންމު އިންފްރާސްޓްރަކްޗާ އަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ކުވެއިތުގެ ސަރުކާރުން ވަނީ ސިފަ ކޮށްފަ އެވެ. މި ހާދިސާއާ ގުޅިގެން އީރާން އިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. 

ކުވެއިތުގެ ކަރަންޓާއި ފެނުގެ ނިޒާމަށް އަމާޒުކޮށް ދެވުނު މި ހަމަލާއާ ގުޅިގެން، އެ ޤައުމުގެ ސަލާމަތީ ފިތަވަޅުތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. އަދި މަރުވި އިންޑިއާ މީހާގެ އާއިލާާ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތް ތަކުން އަންނަނީ ކުރަމުންނެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-ކުވެއިތު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 މާރިޗު 2026

އެމެރިކާގެ ގިނަ ޝަރުތު ތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް

30 މާރިޗު 2026
އެމެރިކާގެ ގިނަ ޝަރުތު ތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް
30 މާރިޗު 2026

އީރާންގެ ވެރިކަން ބަދަލުވެއްޖެ، ވަރަށް އަވަހަށް ހަމަޖެހުން އަތުވެދާނެ: ޓްރަމްޕް

30 މާރިޗު 2026
އީރާންގެ ވެރިކަން ބަދަލުވެއްޖެ، ވަރަށް އަވަހަށް ހަމަޖެހުން އަތުވެދާނެ: ޓްރަމްޕް
29 މާރިޗު 2026

އީރާން ނިކަމެތި ކުރުމަށް، ހަނގުރާމަ ދިގު ދަންމާލަން ޖެހޭ: އެމެރިކާގެ ނައިބު ރައީސް ވޭންސް

29 މާރިޗު 2026
އީރާން ނިކަމެތި ކުރުމަށް، ހަނގުރާމަ ދިގު ދަންމާލަން ޖެހޭ: އެމެރިކާގެ ނައިބު ރައީސް ވޭންސް
29 މާރިޗު 2026

އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލްގައި މުޒާހަރާ ކޮށްފި

29 މާރިޗު 2026
އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލްގައި މުޒާހަރާ ކޮށްފި
29 މާރިޗު 2026

ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ

29 މާރިޗު 2026
ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ
29 މާރިޗު 2026

އީރާނުގެ ހަމަލާތަކުގައި 500 އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުން ވެއްޖެ: އަސްކަރީ ތަރުޖަމާނު

29 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި 500 އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުން ވެއްޖެ: އަސްކަރީ ތަރުޖަމާނު
29 މާރިޗު 2026

އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

29 މާރިޗު 2026
އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
29 މާރިޗު 2026

އިރާނަށް އެއްގަމު މަގުން އެރުމަށް އެމެރިކާގެ 3500 ސިފައިން މެދު އިރުމައްޗަށް އަތުވެއްޖެ

29 މާރިޗު 2026
އިރާނަށް އެއްގަމު މަގުން އެރުމަށް އެމެރިކާގެ 3500 ސިފައިން މެދު އިރުމައްޗަށް އަތުވެއްޖެ
29 މާރިޗު 2026

އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް، އީރާން ހަނގުރާމަ ކާމިޔާބު ކުރެވޭނެ: ރޫބިއޯ

29 މާރިޗު 2026
އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް، އީރާން ހަނގުރާމަ ކާމިޔާބު ކުރެވޭނެ: ރޫބިއޯ
29 މާރިޗު 2026

އީރާނުން އެމިރޭޓްސާއި ބަހްރައިންގެ ކާރުޚާނާތަކަށް މިސައިލް ހަމަލާދީފި

29 މާރިޗު 2026
އީރާނުން އެމިރޭޓްސާއި ބަހްރައިންގެ ކާރުޚާނާތަކަށް މިސައިލް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް