Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލްގައި މުޒާހަރާ ކޮށްފި

29 މާރިޗު 2026 | އާދީއްތަ 08:50

އިޒްރޭލްގައި ކުރިއަށް ދިޔަ މި މުޒާހަރާ ތަކާ ގުޅިގެން އިޒްރޭލްގެ ސަރުކާރުން ރަސްމީކޮށް ބަޔާނެއް ނެރެފައި ނުވޭ. ނަމަވެސް ސަލާމަތީ ބާރު ތަކުން ބުނީ ހުއްދަ ނުލިބި ބޭއްވޭ މުޒާހަރާ ތަކުގައި ޤާނޫނާ ޚިލާފަށް ޙަރަކާތްތެރިވާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 މާރިޗު 2026 | އާދީއްތަ 08:50
އިޒްރޭލްގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

އިޒްރޭލްގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން | ސޯޝަލް މީޑިއާ

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ ދެ ވަނަ މަހަށް ފެށިގެން ގޮސްފައިވާއިރު، އެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އެތައް ހާސް ބަޔަކު އިޒްރޭލްގެ ބޮޑެތި ސިޓީ ތަކުގައި މުޒާހަރާ ކޮށްފި އެވެ. 

އިޒްރޭލްގެ ވެރި ރަށް ތެލް އަވީވް އާއި، ޖެރޫސަލަމް އަދި ހައިފާ ފަދަ ބޮޑެތި ސިޓީ ތަކުގައި ބޭއްވި މުޒާހަރާ ތަކުގައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މުޒާހަރާ ކުރާ ފަރާތް ތަކާއި ފުލުހުންނާ ދެމެދު ހަމަ ނުޖެހުންތައް ހިނގައި، މިހާތަނަށް 21 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ދަ ޓައިމްސް އޮފް އިޒްރޭލްގައި ރިޕޯޓު ކޮށްފައިވެ އެވެ. 

މި މުޒާހަރާ ތަކަކީ ހަމަނުޖެހުން ތަކުން އެއްކިބާވެފައިވާ މުޒާހަރާ ތަކަކަށް ހެދުމަށް ސަލާމަތީ ބާރު ތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ. ހުއްދަ ނުލިބި ބޭއްވި މުޒާހަރާ ތަކެއް ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. ސަލާމަތީ ބާރު ތަކުން މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ނަމަވެސް، މުޒާހަރާ ކުރާ ފަރާތްތަކާ ފުލުހުންނާ ދެމެދު ގިނަ ކުރިމަތިލުން ތަކެއް ހިނގާފައިވެ އެވެ. 

އެ މުޒާހަރާ ތަކުގައި ބައިވެރިވި މީހުން ގޮވާލާފައި ވަނީ، އީރާންއާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމަ ވީހާ ވެސް އަވަހަކަށް ހުއްޓާލުމަށެވެ. ހަނގުރާމައިގެ ސަބަބުން އާންމު ރައްޔިތުންނަށް އިޒްރޭލްގެ ރައްޔިތުންނަށް ކުރިމަތި ވަމުންދާ ދަތިތައް ފާހަގަ ކުރަމުން، މުޒާހަރާ ކުރި މީހުން ބުނީ މި ހަނގުރާމައިގެ ސަބަބުން ދެ ފަރާތުގެ އާންމު ރައްޔިތުން ވަނީ ބަރަށް ބޮޑު އުނދަގުލެއްގެ ތެރޭގައި ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލް އިން މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އީރާންއާ ދެކޮޅަށް ފެށި ހަނގުރާމަ މިހާރު ވަނީ ދެ ވަނަ މަހަށް ފެށިފަ އެވެ. މި ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ސުލްޙަ އާއި އަމާންކަން ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާކަން ފާހަގަ ކުރެވެ އެވެ. ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ހަނގުރާމަ ހުއްޓާލުމަށް ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. 

އިޒްރޭލްގައި ކުރިއަށް ދިޔަ މި މުޒާހަރާ ތަކާ ގުޅިގެން އިޒްރޭލްގެ ސަރުކާރުން ރަސްމީކޮށް ބަޔާނެއް ނެރެފައި ނުވެ އެވެ. ނަމަވެސް ސަލާމަތީ ބާރު ތަކުން ބުނީ ހުއްދަ ނުލިބި ބޭއްވޭ މުޒާހަރާ ތަކުގައި ޤާނޫނާ ޚިލާފަށް ޙަރަކާތްތެރިވާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ހައްޔަރު ކުރި މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

އީރާން-އިޒްރޭލްއީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިޒްރޭލްބެންޖަމިން ނަތަންޔާހޫ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 މާރިޗު 2026

ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ

29 މާރިޗު 2026
ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ
29 މާރިޗު 2026

އީރާނުގެ ހަމަލާތަކުގައި 500 އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުން ވެއްޖެ: އަސްކަރީ ތަރުޖަމާނު

29 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި 500 އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުން ވެއްޖެ: އަސްކަރީ ތަރުޖަމާނު
29 މާރިޗު 2026

އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

29 މާރިޗު 2026
އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
29 މާރިޗު 2026

އިރާނަށް އެއްގަމު މަގުން އެރުމަށް އެމެރިކާގެ 3500 ސިފައިން މެދު އިރުމައްޗަށް އަތުވެއްޖެ

29 މާރިޗު 2026
އިރާނަށް އެއްގަމު މަގުން އެރުމަށް އެމެރިކާގެ 3500 ސިފައިން މެދު އިރުމައްޗަށް އަތުވެއްޖެ
29 މާރިޗު 2026

އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް، އީރާން ހަނގުރާމަ ކާމިޔާބު ކުރެވޭނެ: ރޫބިއޯ

29 މާރިޗު 2026
އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް، އީރާން ހަނގުރާމަ ކާމިޔާބު ކުރެވޭނެ: ރޫބިއޯ
29 މާރިޗު 2026

އީރާނުން އެމިރޭޓްސާއި ބަހްރައިންގެ ކާރުޚާނާތަކަށް މިސައިލް ހަމަލާދީފި

29 މާރިޗު 2026
އީރާނުން އެމިރޭޓްސާއި ބަހްރައިންގެ ކާރުޚާނާތަކަށް މިސައިލް ހަމަލާދީފި
29 މާރިޗު 2026

ޓްރަމްޕްއާ ދެކޮޅަށް "ނޯ ކިންގްސް"ގެ ނަމުގައި އެމެރިކާގެ 3،200 އަށް ވުރެ ގިނަ ސަރަހައްދު ތަކުގައި މުޒާހަރާ ކުރަނީ

29 މާރިޗު 2026
ޓްރަމްޕްއާ ދެކޮޅަށް "ނޯ ކިންގްސް"ގެ ނަމުގައި އެމެރިކާގެ 3،200 އަށް ވުރެ ގިނަ ސަރަހައްދު ތަކުގައި މުޒާހަރާ ކުރަނީ
28 މާރިޗު 2026

ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި

28 މާރިޗު 2026
ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި
28 މާރިޗު 2026

ވަލީ އަހުދު މުޙައްމަދަކީ ވަރަށް ގާތް އެކުވެރިއެއް، އެއީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް: ޓްރަމްޕް

28 މާރިޗު 2026
ވަލީ އަހުދު މުޙައްމަދަކީ ވަރަށް ގާތް އެކުވެރިއެއް، އެއީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް: ޓްރަމްޕް
28 މާރިޗު 2026

މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ

28 މާރިޗު 2026
މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް