Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ

ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އެންޕީޓީ) އިން ވަކިވުމާ މެދު އީރާނުގެ ކަމާބެހޭ މުއައްސަސާތަކުން ކުއްލި މުރާޖައާއެއް ފަށާފައިވަނީ، އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތަކަށް ދޭ ހަމަލާތަކުން އައިއޭއީއޭ އިން ރައްކާތެރިކަން ފޯރުކޮށްނުދޭ ކަމަށް ބުނެ. މި މުއާހަދާއިން ވަކިވުމުގެ މައިގަނޑު ބޭނުމަކީ އިންސްޕެކްޓަރުންގެ ނަމުގައި އެމެރިކާއާއި އިޒްރޭލުން ހިންގާ ޖާސޫސީ ހަރަކާތްތައް ހުއްޓުވުން ކަމަށް ރިޕޯޓުތައް ބުނޭ.

ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 02:14
2003 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު ވިއެންނާގައި ބޭއްވި އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) ގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ބައްދަލުވުމުގެ މަންޒަރެއް.

2003 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު ވިއެންނާގައި ބޭއްވި އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) ގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ބައްދަލުވުމުގެ މަންޒަރެއް. | ގެޓީ އިމޭޖަސް

ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ ނުވަތަ ނޮން-ޕްރޮލިފަރޭޝަން އޮފް ނިއުކްލިއާ ވެޕަންސް (އެންޕީޓީ) އިން ވަކިވުމުގެ މަސައްކަތް އީރާނުން ކުރަމުން ގެންދާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ އިތުރުން އެ ގައުމުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރު ދަނީ އެންޕީޓީ މުއާހަދާއިން ވަކިވުމާ ގުޅޭގޮތުން ކުއްލި މުރާޖައާއެއް ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި، އެ މުއާހަދާގައި އިތުރަށް ދެމިއޮތުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ބުނާ ވިސްނުން އީރާނުގެ ސަރުކާރުގެ ތެރޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ.

އެންޕީޓީ މުއާހަދާ ބުނާގޮތުން، ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއާ ޓެކްނޮލޮޖީއާއި ވަސީލަތްތައް ހޯދުމުގައި އީރާނަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މާހައުލެއް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ފަހިކޮށްދޭން ޖެހެއެވެ. ނަމަވެސް، އައިއޭއީއޭގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަށް ނުސީދާކޮށް ހިތްވަރުދެއްވާއިރު، އަދި އެމެރިކާއާއި އިޒްރޭލުން އީރާނުގެ މަރުކަޒުތަކަށް ހަމަލާދޭއިރު އައިއޭއީއޭ އިން އެކަން ހުއްޓުވުމަށް ނުވަތަ ކުށްވެރިކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާތީ، އެ މުއާހަދާގައި އީރާނުން ދެމިއޮތުމުގެ އެއްވެސް ހުއްޖަތެއް މިހާރު ނެތް ކަމަށް އެ ގައުމުން ދެކެއެވެ.

އެންޕީޓީ މުއާހަދާއިން ވަކިވުމަކީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދިމާލަށް މިސްރާބުޖެހުން ނޫން ކަމަށާއި، އެއީ އައިއޭއީއޭގެ އިންސްޕެކްޓަރުންގެ ނަމުގައި އެމެރިކާއާއި އިޒްރޭލުން ކުރިއަށްގެންދާ ޖާސޫސީ ހަރަކާތްތައް ހުއްޓުވުމަށް އަޅާ ފިޔަވަޅެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އީރާންއެންޕީޓީރަފައެލް ގްރޮސީއީރާން-އިޒްރޭލްއީރާން-އެމެރިކާއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުބާއީ ގައި ޔޫކްރެއިންގެ ޑްރޯން ހަމަލާތަކުން ދިފާއުވާ ނިޒާމުތައް ރައްކާކޮށްފައި ހުރި ގުދަނެއް ސުންނާފަތިކޮށްލާފައިވާ ކަމަށް އީރާނުން ބުނެފި

ދުބާއީ ގައި ޔޫކްރެއިންގެ ޑްރޯން ހަމަލާތަކުން ދިފާއުވާ ނިޒާމުތައް ރައްކާކޮށްފައި ހުރި ގުދަނެއް ސުންނާފަތިކޮށްލާފައިވާ ކަމަށް އީރާނުން ބުނެފި

29 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި 500 އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުން ވެއްޖެ: އަސްކަރީ ތަރުޖަމާނު

އީރާނުގެ ހަމަލާތަކުގައި 500 އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުން ވެއްޖެ: އަސްކަރީ ތަރުޖަމާނު

29 މާރިޗު 2026
އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

29 މާރިޗު 2026
އިރާނަށް އެއްގަމު މަގުން އެރުމަށް އެމެރިކާގެ 3500 ސިފައިން މެދު އިރުމައްޗަށް އަތުވެއްޖެ

އިރާނަށް އެއްގަމު މަގުން އެރުމަށް އެމެރިކާގެ 3500 ސިފައިން މެދު އިރުމައްޗަށް އަތުވެއްޖެ

29 މާރިޗު 2026
އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް، އީރާން ހަނގުރާމަ ކާމިޔާބު ކުރެވޭނެ: ރޫބިއޯ

އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް، އީރާން ހަނގުރާމަ ކާމިޔާބު ކުރެވޭނެ: ރޫބިއޯ

29 މާރިޗު 2026

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު