Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ ވެރިކަން ބަދަލުވެއްޖެ، ވަރަށް އަވަހަށް ހަމަޖެހުން އަތުވެދާނެ: ޓްރަމްޕް

އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންގެ ވެރިކަން މިހާރު ވަނީ ބަދަލުވެފައި ކަމަށް. އަދި މިހާރު އެމެރިކާ އިން މަޝްވަރާ ކުރަމުން އަންނަނީ ކުރިން އެއްވެސް މީހަކު ނުވަތަ ބަޔަކު މަޝްވަރާ ކޮށްފައި ނެތް ފަރާތްތަކާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 މާރިޗު 2026 | ހޯމަ 06:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އީރާންގެ ވެރިކަން ބަދަލުވެއްޖެ ކަމަށާއި، ވަރަށް އަވަހަށް ހަމަޖެހުން އަތުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

އީރާންގެ ކަރަންޓު ފެސިލިޓީ ތަކަށް އަމާޒުކޮށް އިޒްރޭލް އިން ހަމަލާ ދިނުމަށް ފަހު، އީރާންގެ ވެރި ރަށް ތެހެރާން އާ ވަށައިގެންވާ ސަރަހައްދު ތަކުން ކަރަންޓު ކަނޑާލާފައިވާއިރު، ރައްދުގައި އީރާން އިން ވެސް ވަނީ ހަމަލާ ތަކެއް ދީފަ އެވެ. 

ޓްރަމްޕް ވިދާޅުވީ އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ މަސް ދުވަހަށް ދެމިގެން ގޮސްފައިވާއިރު، އީރާންގެ ވަރަށް ގިނަ ލީޑަރުން މަރުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އީރާންގެ ވެރިކަން ބަދަލުވެފައިވާ ކަމަށާއި، އީރާންގެ އައު ލީޑަރުންނަކީ މާ ބުއްދިވެރި ބައެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންގެ ވެރިކަން މިހާރު ވަނީ ބަދަލުވެފައި ކަމަށެވެ. އަދި މިހާރު އެމެރިކާ އިން މަޝްވަރާ ކުރަމުން އަންނަނީ ކުރިން އެއްވެސް މީހަކު ނުވަތަ ބަޔަކު މަޝްވަރާ ކޮށްފައި ނެތް ފަރާތްތަކާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އެ ފަރާތް ތަކަކީ ވަރަށް ފުރިހަމަ އަދި ތަފާތު ބައެއްް ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. 

އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރަމުން އަންނަ ހަނގުރާމައިގައި މި ހަފުތާގެ ތެރޭގައި އެއްބަސްވުމަކަށް އަތުވެދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އީރާން އާއެކު ހަމަޖެހުމެއް ލިބޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި ވަރަށް އަވަސް މުސްތަޤުބަލެއްގައި އެކަން ހާސިލު ކުރެވޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، ޕާކިސްތާން އިން އަންނަނީ އެމެރިކާ އާއި އީރާންއާ ދެމެދު މެސެޖުތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޕާކިސްތާން އިން އޮތީ ދެ ޤައުމުގެ ދެމެދުގައި ސުލްޙަ ޤާއިމު ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށް ތައްޔާރަށް ކަމަށް ވެސް އެ ޤައުމުން ހާމަ ކޮށްފައިވެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން ނިކަމެތި ކުރުމަށް، ހަނގުރާމަ ދިގު ދަންމާލަން ޖެހޭ: އެމެރިކާގެ ނައިބު ރައީސް ވޭންސް

އީރާން ނިކަމެތި ކުރުމަށް، ހަނގުރާމަ ދިގު ދަންމާލަން ޖެހޭ: އެމެރިކާގެ ނައިބު ރައީސް ވޭންސް

29 މާރިޗު 2026
ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި ބޮޑެތި އެއްވުން ތަކެއް ބާއްވައިފި

ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި ބޮޑެތި އެއްވުން ތަކެއް ބާއްވައިފި

29 މާރިޗު 2026
އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލްގައި މުޒާހަރާ ކޮށްފި

އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލްގައި މުޒާހަރާ ކޮށްފި

29 މާރިޗު 2026
ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ

ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ

29 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި 500 އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުން ވެއްޖެ: އަސްކަރީ ތަރުޖަމާނު

އީރާނުގެ ހަމަލާތަކުގައި 500 އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުން ވެއްޖެ: އަސްކަރީ ތަރުޖަމާނު

29 މާރިޗު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު