Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް، އީރާން ހަނގުރާމަ ކާމިޔާބު ކުރެވޭނެ: ރޫބިއޯ

29 މާރިޗު 2026 | އާދީއްތަ 01:19

އެއާ އެކު ރޫބިއޯ ވިދާޅުވީ، އެއްގަމު މަގުން އީރާން އަށް ސިފައިން ނުފޮނުވާ ވެސް، އޮޕަރޭޝަންގެ މަޤުސަދުތައް ހާސިލު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް. މީގެ ކުރިން އެމެރިކާ އިން ވަނީ، އެއްގަމު މަގުން ވެސް އީރާން އަށް ސިފައިން ފޮނުވަން ޖެހިދާނެ ކަމުގެ އިންޒާރު އެކި ފަަހަރު މަތިން ދީފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 މާރިޗު 2026 | އާދީއްތަ 01:19
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި، އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް ހަނގުރާމަ ކާމިޔާބު ކުރެވޭނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ. 

ފްރާންސްގައި ކުރިއަށް ދިޔަ ޖީ7 ޤައުމު ތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، އީރާންއާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލް އިން ފެބްރުވަރީ މަހު ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގެ މަޤުސަދުތައް ހާސިލު ކުރަމުން އަންނަ ކަމަށެވެ. 

އެ އޮޕަރޭޝަންގެ މަޤުސަދަކީ އީރާާންގެ މިސައިލް އަދި ޑްރޯން އުފައްދާ ފެކްޓަރީތައް ނައްތާލުމާއި، އެ ހަތިޔާރުތައް އުފައްދާ ޤާބިލުކަން ނައްތާލުމާއި، އީރާންގެ ނޭވީ އަދި އެއާފޯސް ނައްތާލުން ކަމަށް ރޫބިއޯ ވިދާޅުވި އެވެ. އެ މަޤުސަދުތައް ޙާސިލު ކުރުމުގައި ލަފާ ކުރި ވަގުތަށް ވުރެ އަވަހަށް ކަންކަން ހާސިލުވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ކުރިއަށް އޮތް ހަފުތާ ތަކެއްގެ ތެރޭގައި މި އޮޕަރޭޝަން ނިންމާލެވޭނެ ކަމަށް ވެސް ރޫބިއޯ ވަނީ ވިދާޅުވެފަ އެވެ. 

އެއާ އެކު ރޫބިއޯ ވިދާޅުވީ، އެއްގަމު މަގުން އީރާން އަށް ސިފައިން ނުފޮނުވާ ވެސް، އޮޕަރޭޝަންގެ މަޤުސަދުތައް ހާސިލު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. މީގެ ކުރިން އެމެރިކާ އިން ވަނީ، އެއްގަމު މަގުން ވެސް އީރާން އަށް ސިފައިން ފޮނުވަން ޖެހިދާނެ ކަމުގެ އިންޒާރު އެކި ފަަހަރު މަތިން ދީފަ އެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ އުޅަނދު ފަހަރު ތަކުން ފީއެއް ނެގުމުގެ ނިޒާމު، އީރާން އިން ޤާއިމު ކުރަން ނިންމުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެ ކަނޑު އޮޅިން ދަތުރު ކޮށްގެން ވިޔަފާރީ ކުރާ ޔޫރަޕާއި އޭޝިއާގެ ޤައުމު ތަކުން، އެ ކަނޑު އޮޅި ސަލާމަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވުން މުހިންމު ކަމަށް ވެސް ރޫބިއޯ ފާހަގަ ކުރެއްވި އެވެ. ހަމަ އެހެންމެ، ހަނގުރާމަ ނިންމުމަށް ފަހު އެ ކަނޑު އޮޅި މިނިވަންކަމާ އެކު ބޭނުން ކުރެވޭނެ ގޮތް ހަމަޖެއްސުމަށް އެ ޤައުމު ތަކުން އެހީތެރިވާން ޖެހޭ ކަމަށް ވެސް ރޫބިއޯ ވިދާޅުވި އެވެ.

އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާންއާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެމެރިކާ އިން މިހާރު ބޮޑަށް ބާރު އަޅަމުން ދަނީ ހަނގުރާމަ ނިންމުމަށް ކަމަށް، މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ގެންދަވަނީ އީރާން އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޖީ7މާކޯ ރޫބިއޯ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 މާރިޗު 2026

އީރާނުން އެމިރޭޓްސާއި ބަހްރައިންގެ ކާރުޚާނާތަކަށް މިސައިލް ހަމަލާދީފި

29 މާރިޗު 2026
އީރާނުން އެމިރޭޓްސާއި ބަހްރައިންގެ ކާރުޚާނާތަކަށް މިސައިލް ހަމަލާދީފި
29 މާރިޗު 2026

ޓްރަމްޕްއާ ދެކޮޅަށް "ނޯ ކިންގްސް"ގެ ނަމުގައި އެމެރިކާގެ 3،200 އަށް ވުރެ ގިނަ ސަރަހައްދު ތަކުގައި މުޒާހަރާ ކުރަނީ

29 މާރިޗު 2026
ޓްރަމްޕްއާ ދެކޮޅަށް "ނޯ ކިންގްސް"ގެ ނަމުގައި އެމެރިކާގެ 3،200 އަށް ވުރެ ގިނަ ސަރަހައްދު ތަކުގައި މުޒާހަރާ ކުރަނީ
28 މާރިޗު 2026

ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި

28 މާރިޗު 2026
ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި
28 މާރިޗު 2026

ވަލީ އަހުދު މުޙައްމަދަކީ ވަރަށް ގާތް އެކުވެރިއެއް، އެއީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް: ޓްރަމްޕް

28 މާރިޗު 2026
ވަލީ އަހުދު މުޙައްމަދަކީ ވަރަށް ގާތް އެކުވެރިއެއް، އެއީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް: ޓްރަމްޕް
28 މާރިޗު 2026

މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ

28 މާރިޗު 2026
މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ
28 މާރިޗު 2026

އީރާނާ އެކު އެއްބަސްވުމެއް ބޭނުން، 3،554 އަމާޒެއް ހުރީ އެމެރިކާގެ ރާޑަރުގައި: ޓްރަމްޕް

28 މާރިޗު 2026
އީރާނާ އެކު އެއްބަސްވުމެއް ބޭނުން، 3،554 އަމާޒެއް ހުރީ އެމެރިކާގެ ރާޑަރުގައި: ޓްރަމްޕް
28 މާރިޗު 2026

އީރާނުގެ ހެކަރުން، އެފްބީއައިގެ ޑިރެކްޓަރުގެ އީމެއިލް ހެކްކޮށްފި

28 މާރިޗު 2026
އީރާނުގެ ހެކަރުން، އެފްބީއައިގެ ޑިރެކްޓަރުގެ އީމެއިލް ހެކްކޮށްފި
26 މާރިޗު 2026

އެމެރިކާ އާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި

26 މާރިޗު 2026
އެމެރިކާ އާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި
26 މާރިޗު 2026

ހޮރްމޫޒް ކަނޑު އޮޅީގެ ޒިންމާ އޮތް އީރާންގެ ނޭވީ ކޮމާންޑަރު އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

26 މާރިޗު 2026
ހޮރްމޫޒް ކަނޑު އޮޅީގެ ޒިންމާ އޮތް އީރާންގެ ނޭވީ ކޮމާންޑަރު އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
26 މާރިޗު 2026

އީރާން އިން ބޭނުންވީ ރޫހީ ލީޑަރަކަށް އަހަރެން ގެންނަން: ޓްރަމްޕް

26 މާރިޗު 2026
އީރާން އިން ބޭނުންވީ ރޫހީ ލީޑަރަކަށް އަހަރެން ގެންނަން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް