Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ ހަމަލާތަކުގައި 500 އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުން ވެއްޖެ: އަސްކަރީ ތަރުޖަމާނު

29 މާރިޗު 2026 | އާދީއްތަ 01:52

އެމެރިކާ ސިފައިން ފިލައިގެން އުޅުނު ދެ ތަނެއް ދެނެގަނެވިފައިވާ ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ތަނުގައި 400 އަށްވުރެ ގިނަ މީހުން އަދި ދުބާއީގައި ހުރި ދެވަނަ ތަނުގައި 100 އަށްވުރެ ގިނަ މީހުން ތިބި ކަމަށާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އެއިރޯސްޕޭސް ފޯސް އަދި ކަނޑުގެ ސިފައިން ދިން އަމާޒަށް ވާސިލްވާ މިސައިލް އަދި ޑްރޯން ހަމަލާތަކުގައި އެމެރިކާ ސިފައިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުން ބުނޭ.

ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 01:52
އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްގެ ތަރުޖަމާނު.

އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްގެ ތަރުޖަމާނު. | ތަސްނީމް ނިއުސް އޭޖެންސީ

އީރާނުން ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 500 އަށްވުރެ ގިނަ މީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުގެ ޚާތަމުލް އަންބިއާ ސެންޓްރަލް ހެޑްކުއާޓާސްގެ ތަރުޖަމާނު ރިޕޯޓްކޮށްފިއެވެ.

މާރޗް މަހުގެ 28 ވީ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި އީރާނުގެ ތަރުޖަމާނު ވިދާޅުވީ، އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ދެމުންދާ ވަރުގަދަ ހަމަލާތަކާއި، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ސުންނާފަތި ކުރަމުންދާތީ، އިސްތިއުމާރީ އެމެރިކާ ސިފައިން އެ މަރުކަޒުތަކުން ފިލައިގެން ގޮސް އެހެން ތަންތަނުގައި ފޮރުވިފައިވާ ކަމުގެ އިންޒާރު މީގެ ކުރިންވެސް ދީފައިވާނެ ކަމަށެވެ.

އީރާނުގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ، އެމެރިކާ ސިފައިން ފިލައިގެން އުޅުނު ދެ ތަނެއް ދެނެގަނެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ތަނުގައި 400 އަށްވުރެ ގިނަ މީހުން އަދި ދުބާއީގައި ހުރި ދެވަނަ ތަނުގައި 100 އަށްވުރެ ގިނަ މީހުން ތިބި ކަމަށާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އެއިރޯސްޕޭސް ފޯސް އަދި ކަނޑުގެ ސިފައިން ދިން އަމާޒަށް ވާސިލްވާ މިސައިލް އަދި ޑްރޯން ހަމަލާތަކުގައި އެމެރިކާ ސިފައިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި، ހަމަލާތަކުގައި މަރުވި އަދި އަނިޔާވި އެމެރިކާގެ ކޮމާންޑަރުންނާއި ސިފައިން އުފުލުމުގައި އެމްބިއުލާންސްތައް އެތައް ގަޑިއިރެއް ވަންދެން ހަރަކާތްތެރިވެފައިވެއެވެ.

އީރާނުގެ ތަރުޖަމާނު އިންޒާރު ދެއްވަމުން ވިދާޅުވީ، މި ސަރަހައްދަކީ އެމެރިކާ ސިފައިންގެ ގަބުރުސްތާނަކަށް ވެގެންދާނެ ކަމާއި، އިސްލާމީ މުޖާހިދުންނާއި ހިތްވަރުގަދަ ރައްޔިތުންގެ ކުރިމަތީގައި ކަނޑައެޅިފައިވާ އިލާހީ ނިންމެވުމަށް ބޯލެނބުން ނޫން އިތުރު ގޮތެއް އެމެރިކާއަށް ނޯންނާނެކަން ޑޮނަލްޑް ޓްރަމްޕާއި އެމެރިކާގެ އަސްކަރީ ކޮމާންޑަރުންނަށް ވަރަށް ސާފުކޮށް އެނގެންޖެހޭނެ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ޣައިރު ގާނޫނީ އަސްކަރީ ހަމަލާތަކެއް ދޭން ފަށާފައިވަނީ، ފެބްރުއަރީ 28 ވަނަ ދުވަހު އެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނުގެ އަސްކަރީ އަދި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދެމުންދާ ވައިގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެ ގައުމުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ދަނީ އިޒްރޭލުން ހިފާފައިވާ ބިންތަކަށާއި ސަރަހައްދީ އެކި މަރުކަޒުތަކުގައި ތިބި އެމެރިކާ އަދި އިޒްރޭލުގެ ސިފައިންނަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ.

އީރާން-އެމެރިކާއީރާން-އިޒްރޭލްދުބާއީއީރާން-ޔޫއެސްއޭ-އިޒްރޭލް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

29 މާރިޗު 2026

އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

29 މާރިޗު 2026
އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
29 މާރިޗު 2026

އިރާނަށް އެއްގަމު މަގުން އެރުމަށް އެމެރިކާގެ 3500 ސިފައިން މެދު އިރުމައްޗަށް އަތުވެއްޖެ

29 މާރިޗު 2026
އިރާނަށް އެއްގަމު މަގުން އެރުމަށް އެމެރިކާގެ 3500 ސިފައިން މެދު އިރުމައްޗަށް އަތުވެއްޖެ
29 މާރިޗު 2026

އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް، އީރާން ހަނގުރާމަ ކާމިޔާބު ކުރެވޭނެ: ރޫބިއޯ

29 މާރިޗު 2026
އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް، އީރާން ހަނގުރާމަ ކާމިޔާބު ކުރެވޭނެ: ރޫބިއޯ
29 މާރިޗު 2026

އީރާނުން އެމިރޭޓްސާއި ބަހްރައިންގެ ކާރުޚާނާތަކަށް މިސައިލް ހަމަލާދީފި

29 މާރިޗު 2026
އީރާނުން އެމިރޭޓްސާއި ބަހްރައިންގެ ކާރުޚާނާތަކަށް މިސައިލް ހަމަލާދީފި
28 މާރިޗު 2026

ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި

28 މާރިޗު 2026
ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި
28 މާރިޗު 2026

މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ

28 މާރިޗު 2026
މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ
28 މާރިޗު 2026

އީރާނާ އެކު އެއްބަސްވުމެއް ބޭނުން، 3،554 އަމާޒެއް ހުރީ އެމެރިކާގެ ރާޑަރުގައި: ޓްރަމްޕް

28 މާރިޗު 2026
އީރާނާ އެކު އެއްބަސްވުމެއް ބޭނުން، 3،554 އަމާޒެއް ހުރީ އެމެރިކާގެ ރާޑަރުގައި: ޓްރަމްޕް
28 މާރިޗު 2026

އީރާނުގެ ހެކަރުން، އެފްބީއައިގެ ޑިރެކްޓަރުގެ އީމެއިލް ހެކްކޮށްފި

28 މާރިޗު 2026
އީރާނުގެ ހެކަރުން، އެފްބީއައިގެ ޑިރެކްޓަރުގެ އީމެއިލް ހެކްކޮށްފި
26 މާރިޗު 2026

އެމެރިކާ އާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި

26 މާރިޗު 2026
އެމެރިކާ އާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި
26 މާރިޗު 2026

ހޮރްމޫޒް ކަނޑު އޮޅީގެ ޒިންމާ އޮތް އީރާންގެ ނޭވީ ކޮމާންޑަރު އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

26 މާރިޗު 2026
ހޮރްމޫޒް ކަނޑު އޮޅީގެ ޒިންމާ އޮތް އީރާންގެ ނޭވީ ކޮމާންޑަރު އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް