Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން ނިކަމެތި ކުރުމަށް، ހަނގުރާމަ ދިގު ދަންމާލަން ޖެހޭ: އެމެރިކާގެ ނައިބު ރައީސް ވޭންސް

އެމެރިކާގެ ނައިބު ރައީސް ވޭންސް އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު މިހާރަށް އީރާން އިން އެމެރިކާގެ ފައުޖުތައް ބޭރުކޮށް ހަނގުރާމަ ނިންމާލައިފި ނަމަ، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އީރާން އަލުން ބާރުވެރިވެ، ކުރީގެ ނުރައްކާތެރި ޙާލަތަށް ރުޖޫއަވުމުގެ ފުރުސަތު އޮތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 މާރިޗު 2026 | އާދީއްތަ 13:24
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ، އީރާން ނިކަމެތި ވަންދެން ދިގު ދަންމާލަން ޖެހޭ ކަމަަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނައިބު ރައީސް ވޭންސް މިހެން ވިދާޅުވީ، އީރާން ހަނގުރާމައިގެ މަޝްރަހާ ގުޅޭ ގޮތުން ދެއްވި ބަޔާނެއްގަ އެވެ. އެގޮތުން ވޭންސް ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާ އިން އީރާންގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން ތަކުގެ ތެރެއިނަ ކަނޑައެޅިފައިވާ މައިގަނޑު ލަނޑު ދަނޑިތައް މިހާރު ވަނީ ކާމިޔާބު ކަމާ އެކު ނިންމާލެވިފައި ކަމަށެވެ.

އެހެން ނަމަވެސް، ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި، އިތުރު މުއްދަތަކަށް އަސްކަރީ ޙަރަކާތްތައް ކުރިއަށް ގެންދަން ޖެހެނީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ވެސް ވޭންސް ވަނީ ވިދާޅުވެފަ އެވެ. 

އެކަމުގެ ތަފްސީލު ދެއްވަމުން ވޭންސް ވިދާޅުވީ، ހަނގުރާމަ އިތުރު މުއްދަތަކަށް ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ އީރާން އަކީ އެމެެރިކާ އާއި، އެމެރިކާގެ އިއްތިހާދީ ޤައުމު ތަކަށް ނުރައްކަލެއް ކުރިމަތި ނުކުރެވޭ ފަދަ "ނިކަމެތި" ޙާލަތެއްގައި އޮތް ޤައުމެއްކަން ކަށަވަރު ކުރުމަށް ކަމަށެވެ. އަދި މިހާރު ހޯދާފައިވާ އަސްކަރީ ކާމިޔާބީ ތަކުގެ ނަތީޖާ ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

އެމެރިކާގެ ނައިބު ރައީސް ވޭންސް އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު މިހާރަށް އީރާން އިން އެމެރިކާގެ ފައުޖުތައް ބޭރުކޮށް ހަނގުރާމަ ނިންމާލައިފި ނަމަ، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އީރާން އަލުން ބާރުވެރިވެ، ކުރީގެ ނުރައްކާތެރި ޙާލަތަށް ރުޖޫއަވުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންކަމުން، އެފަދަ ޙާލަތެއް މެދުވެރި ވިޔަ ނުދިނުމަށްޓަކައި އަސްކަރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް، ކުޑަ ދުވަސް ކޮޅަކު މަޑު ކުރަން ޖެހޭ ކަމަށް ވެސް ވޭންސް ވަނީ ވިދާޅުވެފަ އެވެ. 

އެމެރިކާ ސަރުކާރުގެ މި ނިންމުމަކީ އީރާންގެ އަސްކަރީ ޤާބިލުކަން އެއްކޮށް ނައްތާލައި، އެ ޤައުމުގެ ފަރާތުން ކުރިމަތި ވެދާނެ އެއްވެސް ހަަމަލާ އަކުން ދިފާއު ވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވައިޓް ހައުސް އިން ސިފަ ކޮށްފައިވެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޖޭޑީ ވޭންސް

އިތުރަށް ކިޔާލަން

29 މާރިޗު 2026

އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލްގައި މުޒާހަރާ ކޮށްފި

29 މާރިޗު 2026
އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލްގައި މުޒާހަރާ ކޮށްފި
29 މާރިޗު 2026

ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ

29 މާރިޗު 2026
ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ
29 މާރިޗު 2026

އީރާނުގެ ހަމަލާތަކުގައި 500 އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުން ވެއްޖެ: އަސްކަރީ ތަރުޖަމާނު

29 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި 500 އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުން ވެއްޖެ: އަސްކަރީ ތަރުޖަމާނު
29 މާރިޗު 2026

އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

29 މާރިޗު 2026
އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
29 މާރިޗު 2026

އިރާނަށް އެއްގަމު މަގުން އެރުމަށް އެމެރިކާގެ 3500 ސިފައިން މެދު އިރުމައްޗަށް އަތުވެއްޖެ

29 މާރިޗު 2026
އިރާނަށް އެއްގަމު މަގުން އެރުމަށް އެމެރިކާގެ 3500 ސިފައިން މެދު އިރުމައްޗަށް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު