Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން ހަނގުރާމާ

އިރާނަށް އެއްގަމު މަގުން އެރުމަށް އެމެރިކާގެ 3500 ސިފައިން މެދު އިރުމައްޗަށް އަތުވެއްޖެ

29 މާރިޗު 2026 | އާދީއްތަ 01:28

އިރާނުގެ ފަސްގަނޑުގައި ހަފުތާތަކަކަށް ދެމިގެންދާ އެއްގަމު އަސްކަރީ އޮޕަރޭޝަންތަކެއް ހިންގުމަށް އެމެރިކާގެ ޕެންޓަގަނުން ތައްޔާރުވަމުންދާކަމުގެ ރިޕޯޓްތަކެއް ވަނީ ފެންމަތިވެފައި. މި ރޭވުންތަކުގެ ދަށުން އެމެރިކާގެ ހާއްސަ ފައުޖުތަކުން ކުއްލި ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދެއްވާފައި.

ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 01:28
ޔޫއެސްއެސް ޓްރިޕޮލީ (އެލް.އެޗް.އޭ 7) ގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންނާއި މެރިންސް، މާރިޗު މަހުގެ 27 ވަނަ ދުވަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ޔޫ.އެސް ސެންޓްކޮމް) ގެ ބެލުމުގެ ދަށުގައިވާ ސަރަހައްދަށް ވަނީ އައިސްފައި.

ޔޫއެސްއެސް ޓްރިޕޮލީ (އެލް.އެޗް.އޭ 7) ގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންނާއި މެރިންސް، މާރިޗު މަހުގެ 27 ވަނަ ދުވަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ޔޫ.އެސް ސެންޓްކޮމް) ގެ ބެލުމުގެ ދަށުގައިވާ ސަރަހައްދަށް ވަނީ އައިސްފައި. | ސެންޓްކޮމް

އިރާނުގައި ހަފުތާތަކަކަށް ދެމިގެންދާ އެއްގަމުގެ އަސްކަރީ އޮޕަރޭޝަނަކަށް އެމެރިކާގެ އެތައް ހާސް މެރިން ސިފައިން މެދުއިރުމައްޗަށް އަތުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކޮށްފައިވާ ގޮތުގައި، ޔޫއެސްއެސް ޓްރިޕޮލީ މަނަވަރުގައި އިތުރު 3،500 ސިފައިން މިހާރު ވަނީ މެދުއިރުމައްޗަށް އައިސްފައެވެ.

މާޗް މަހުގެ 27 ވަނަ ދުވަހު މެދުއިރުމައްޗަށް އައި މި ސިފައިންނަކީ އެމެރިކާގެ 31 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓަށް ނިސްބަތްވާ ފަޅުވެރިންނާއި މެރިން ސިފައިންނެވެ. މި ސިފައިންނާއެކު މުދާ އުފުލާ ބޯޓުފަހަރާއި، ހަމަލާދޭ ފައިޓަރު ޖެޓްތަކުގެ އިތުރުން، އެއްގަމާއި ކަނޑުގައި ބޭނުންކުރެވޭ އުޅަނދުފަހަރާއި ހަނގުރާމަވެރި ވަސީލަތްތައް ވެސް ވަނީ އެ ސަރަހައްދަށް ގެނެސްފައެވެ.

އިރާނާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުންދާއިރު، އެމެރިކާގެ އަސްކަރިއްޔާއިން މިވަނީ  އިތުރު ސިފައިން ފޮނުވަން ފަށާފައެވެ. މީގެ އިތުރުން، އެމެރިކާގެ 82 ވަނަ އެއަރބޯން ޑިވިޜަނަށް ނިސްބަތްވާ އެތައް ހާސް ސިފައިންނެއް ވެސް ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދަށް ފޮނުވާނެ ކަމަށް ބެލެވެއެވެ.

ވޮޝިންގޓަން ޕޯސްޓުން އެމެރިކާ ސަރުކާރުގެ ނަން ހާމަކުރަން ބޭނުންނުވާ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕެންޓަގަނުން ދަނީ އިރާނުގެ ފަސްގަނޑުގައި ހަފުތާތަކަކަށް ދެމިގެންދާ އެއްގަމު އޮޕަރޭޝަންތަކެއް ހިންގުމަށް ތައްޔާރުވަމުންނެވެ.

އޮފިޝަލުން ވޮޝިންގޓަން ޕޯސްޓަށް މައުލޫމާތު ދިން ގޮތުގައި، މި އެއްގަމު އޮޕަރޭޝަނަކީ މުޅި ގައުމަށް އަރައިގަތުން ފަދަ ފުރިހަމަ އުދުވާނަކަށް ނުވި ނަމަވެސް، މީގެ ތެރޭގައި އެމެރިކާގެ ހާއްސަ ފައުޖުތަކުން (ސްޕެޝަލް ފޯސަސް) ދޭ ކުއްލި ހަމަލާތަކާއި ފައިމަގުގައި ހަރަކާތްތެރިވާ ސިފައިންގެ އޮޕަރޭޝަންތައް ހިމެނިދާނެއެވެ.

ޕެންޓަގަނުން އެކުލަވާލާފައިވާ މި ރޭވުންތަކުގެ ތެރެއިން ޑޮނަލްޑް ޓްރަމްޕް ހުއްދަ ދެއްވާނީ ކޮން ކަންތައްތަކަކަށް ކަމެއް ނުވަތަ އެއްވެސް ކަމަކަށް ހުއްދަ ދެއްވާނެ ކަމެއް އަދި ސާފުނުވާ ކަމަށް ވޮޝިންގޓަން ޕޯސްޓުން ބުނެފައިވެއެވެ.

މި ރިޕޯޓްތައް ފެންމަތިވެފައި މިވަނީ، އެމެރިކާގެ 31 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓްގެ 3،500 ސިފައިން މެދުއިރުމައްޗަށް އައިސްފައިވާކަން އެމެރިކާގެ އަސްކަރިއްޔާއިން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ހަމައެއާއެކު، އިރާނުން ބަލި ގަބޫލުކުރުމަށް ޑޮނަލްޑް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުން އިރާނުން ކުރިއަށްގެންދާނަމަ، އެ ގައުމަށް "ނަރަކައިގެ އަޒާބު" ދައްކާލާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްހޮރްމޫޒް ކަނޑުއޮޅިޕެންޓަގަންޔޫއެސް މެރިންއީރާން-ޔޫއެސްއޭ-އިޒްރޭލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 މާރިޗު 2026

އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް، އީރާން ހަނގުރާމަ ކާމިޔާބު ކުރެވޭނެ: ރޫބިއޯ

29 މާރިޗު 2026
އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް، އީރާން ހަނގުރާމަ ކާމިޔާބު ކުރެވޭނެ: ރޫބިއޯ
29 މާރިޗު 2026

އީރާނުން އެމިރޭޓްސާއި ބަހްރައިންގެ ކާރުޚާނާތަކަށް މިސައިލް ހަމަލާދީފި

29 މާރިޗު 2026
އީރާނުން އެމިރޭޓްސާއި ބަހްރައިންގެ ކާރުޚާނާތަކަށް މިސައިލް ހަމަލާދީފި
28 މާރިޗު 2026

މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ

28 މާރިޗު 2026
މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ
28 މާރިޗު 2026

އީރާނާ އެކު އެއްބަސްވުމެއް ބޭނުން، 3،554 އަމާޒެއް ހުރީ އެމެރިކާގެ ރާޑަރުގައި: ޓްރަމްޕް

28 މާރިޗު 2026
އީރާނާ އެކު އެއްބަސްވުމެއް ބޭނުން، 3،554 އަމާޒެއް ހުރީ އެމެރިކާގެ ރާޑަރުގައި: ޓްރަމްޕް
28 މާރިޗު 2026

އީރާނުގެ ހެކަރުން، އެފްބީއައިގެ ޑިރެކްޓަރުގެ އީމެއިލް ހެކްކޮށްފި

28 މާރިޗު 2026
އީރާނުގެ ހެކަރުން، އެފްބީއައިގެ ޑިރެކްޓަރުގެ އީމެއިލް ހެކްކޮށްފި
26 މާރިޗު 2026

އެމެރިކާ އާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި

26 މާރިޗު 2026
އެމެރިކާ އާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި
26 މާރިޗު 2026

ހޮރްމޫޒް ކަނޑު އޮޅީގެ ޒިންމާ އޮތް އީރާންގެ ނޭވީ ކޮމާންޑަރު އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

26 މާރިޗު 2026
ހޮރްމޫޒް ކަނޑު އޮޅީގެ ޒިންމާ އޮތް އީރާންގެ ނޭވީ ކޮމާންޑަރު އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
26 މާރިޗު 2026

އީރާން އިން ބޭނުންވީ ރޫހީ ލީޑަރަކަށް އަހަރެން ގެންނަން: ޓްރަމްޕް

26 މާރިޗު 2026
އީރާން އިން ބޭނުންވީ ރޫހީ ލީޑަރަކަށް އަހަރެން ގެންނަން: ޓްރަމްޕް
26 މާރިޗު 2026

އިރާގު ހަނގުރާމަ އަށް ވުރެ، މެދު އިރުމަތީގެ ހަނގުރާމަ ނުރައްކާތެރި: ސްޕެއިންގެ ބޮޑު ވަޒީރު

26 މާރިޗު 2026
އިރާގު ހަނގުރާމަ އަށް ވުރެ، މެދު އިރުމަތީގެ ހަނގުރާމަ ނުރައްކާތެރި: ސްޕެއިންގެ ބޮޑު ވަޒީރު
26 މާރިޗު 2026

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އަވަހާރަ ކޮށްލަން ހަމަލާ ދޭން އުޅުނު، އެކަން ހުއްޓުވީ ޕާކިސްތާން އިން އެދިގެން

26 މާރިޗު 2026
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އަވަހާރަ ކޮށްލަން ހަމަލާ ދޭން އުޅުނު، އެކަން ހުއްޓުވީ ޕާކިސްތާން އިން އެދިގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް