Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިސްކިތް މަޝްރޫއު ލަސްވުން

މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!

މި މަޝްރޫއުތަކުގެ ތެރެއިން ގިނަ މިސްކިތްތަކެއްގެ މަސައްކަތް ބިން ސާފުކުރުމާއި ފައުންޑޭޝަނާ ހަމައިން ހުއްޓިފައިވާއިރު، ބައެއް ރަށްރަށުގެ ރައްޔިތުން ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައި. ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، މިސްކިތްތައް އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު މިހާރު ރަށްރަށަށް ގެންދަން ފަށާފައިވާ ކަމަށް މައުލޫމާތު ލިބޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 30 މާރިޗު 2026 | ހޯމަ 08:40
ބ.އޭދަފުށީ އިސްލާމީ މަރުކަޒު އިމާރާތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން.

ބ.އޭދަފުށީ އިސްލާމީ މަރުކަޒު އިމާރާތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން. | އިސްލާމިކް މިނިސްޓްރީ

 ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ރާއްޖެއެމްވީއަށް އިސްލާމިކް މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 15 މާޗް 2025 ގައި 15 މިސްކިތެއް އިމާރާތް ކުރުމަށް ފެނަކަ ކޯޕްރޭޝަން ލިމިޓެޑްއާ ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެ އެވެ. 

އެއީ، ލ. މާބައިދޫ ގުރުއާން ސެންޓަރު، ޅ. އޮޅުވެލިފުށި ގުރުއާން ސެންޓަރު، ށ. ފޯކައިދޫ މިސްކިތް، ށ. ނޫމަރާ މިސްކިތް، ތ. ވޭމަންޑޫ މިސްކިތް، ބ. ކުޑަރިކިލު މިސްކިތް، ނ. ހެނބަދޫ މިސްކިތް، ހދ. ނެއްލައިދޫ މިސްކިތް، ތ. ހިރިލަންދޫ މިސްކިތް، ރ. އިނގުރައިދޫ މިސްކިތް، ސ. ފޭދޫ މިސްކިތުގެ މަޝްރޫއު އެވެ. 

ށ. ފޯކައިދޫ މިސްކިތް 900 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރިއިރު، ށ.ނޫމަރާ އަދި ތ.ވޭމަންޑޫގެ މިސްކިތުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ބާކީ ހުރި މިސްކިތްތައް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 

މީގެ އިތުރުން ހއ. ބާރަށު މިސްކިތް، ބ.މާޅޮސް މިސްކިތް އަދި އއ.ފެރިދޫގެ މިސްކިތުގެ މަޝްރޫއު 365 ދުވަހުގެ ތެރޭގައި ނިންމާ  ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވެ އެވެ. އަދި އާރްޑީސީއާ އއ.މާޅޮސް މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވާއިރު، ގއ.ގެމަނަފުށީގައި އިމާރާތް ކޮށްފައިވާ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ކުރުމަށް ވެސް ހަވާލުކޮށްފައިވެ އެވެ.

15 ރަށެއްގައި މިސްކިތްތައް އިމާރާތް ކުރުމަށް މިދިޔަ އަހަރު ވަނީ ހަވާލުކޮށްފައި
15 ރަށެއްގައި މިސްކިތްތައް އިމާރާތް ކުރުމަށް މިދިޔަ އަހަރު ވަނީ ހަވާލުކޮށްފައި

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ، މިމަޝްރޫއުތައް ހަވާލުކުރި ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު އެކަށީގެންވާ ގޮޮތުގައި އަމަލީ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. އަދި މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، ބިން ސާފު ކުރުމާއި، ފައުންޑޭޝަން އެޅުން ފިޔަވައި އިތުރު މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު، ބައެއް ރަށްރަށުގައި މިސްކިތްތައް ތަޅާލުމަށްފަހު އަމަލީ މަސައްކަތް ކުރިއަށް ނުގެންދާތީ އެރަށްރަށުގެ ރައްޔިތުން މީގެ ކުރިން ކަންބޮޑުވުން ވެސް ފާޅު ކޮށްފައިވެ އެވެ. ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މިސްކިތްތައް އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ރަށްރަށަށް ގެންދާ ކަމަށް މައުލޫމާތު ލިބެ އެވެ. 

ފެނަކަ ކޯޕަރޭޝަންއެމްޓީސީސީއާރްޑީސީއިސްލާމިކް މިނިސްޓްރީމިސްކިތް

އިތުރަށް ކިޔާލަން

30 މާރިޗު 2026

ރައީސް ވިދާޅުވީ ފީއަލީގެ ފެނަކަ މުވައްޒަފުންގެ އަދަދާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދެއްވީ ފެނަކަ އެމްޑީ ކަމަށް!

30 މާރިޗު 2026
ރައީސް ވިދާޅުވީ ފީއަލީގެ ފެނަކަ މުވައްޒަފުންގެ އަދަދާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދެއްވީ ފެނަކަ އެމްޑީ ކަމަށް!
29 މާރިޗު 2026

ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު

29 މާރިޗު 2026
ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު
28 މާރިޗު 2026

ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި

28 މާރިޗު 2026
ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި
26 މާރިޗު 2026

ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ އެ ވާހަކަތައް ދައްކައިގެން ނުވާނެ: މިނިސްޓަރު ޝަހީމް

26 މާރިޗު 2026
ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ އެ ވާހަކަތައް ދައްކައިގެން ނުވާނެ: މިނިސްޓަރު ޝަހީމް
25 މާރިޗު 2026

މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު

25 މާރިޗު 2026
މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު