Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޓްރަމްޕްއާ ދެކޮޅަށް "ނޯ ކިންގްސް"ގެ ނަމުގައި އެމެރިކާގެ 3،200 އަށް ވުރެ ގިނަ ސަރަހައްދު ތަކުގައި މުޒާހަރާ ކުރަނީ

މި މުޒާހަރާއާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ތަރުޖަމާނު އެބިގޭލް ޖެކްސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ހަަމައެކަނި ނޫސްވެރިންގެ ޝައުޤުވެރިކަން އޮތް "ޓްރަމްޕް ޑިރޭންޖްމަންޓް ތެރަޕީ ސެޝަން ތަކެއް" ކަމަށް. މި ހޮނހިރު ދުވަހަކީ ނޯ ކިންގްސް ހަރަކާތުގެ ތިން ވަނަ ބޮޑު އެއްވުމެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 01:10
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އޭނާގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް "ނޯ ކިންގްސް"ގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާ ތަކުގެ ތެރެއިން މި އަންނަ ހޮނިހިރު ދުވަހު އެއްވުން ތަކެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެމެރިކާގެ އެކި ކަންކޮޅު ތަކުގައި މި އަންނަ ހޮނިހިރު ދުވަހު މި އެއްވުން އޮންނައިރު، ޙަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުނެފައިވާ ގޮތުގައި ހުރިހާ ސްޓޭޓެއް ހިމެނޭ ގޮތަަށް، 3،200 އަށް ވުރެ ގިނަ ސަރަަހއްދުގައި އެއްވުންތައް ބޭއްވުމަށް ރޭވިފައިވާ ކަމަށެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް، އެއް ދުވަހެއްގެ ތެރޭގައި ބާއްވާ އެންމެ ބޮޑު ސުލްޙަވެރި އިހުތިޖާޖަށް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް، މި ޙަރަކާތް އިންތިޒާމު ކުރާ ފަރާތް ތަކުން ވަނީ ބުނެފަ އެވެ. 

މި ޙަރަކާތުގެ މައި އެއްވުންތައް ނިއުޔޯކް، ލޮސް އެންޖެލިސް، ވޮޝިންޓަން ޑީސީ އަދި މިނެސޯޓާގެ ޓްވިން ސިޓީސްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް، މިފަހަރުގެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މީހުންނަކީ ބޮޑެތި ސިޓީ ތަކުން ބޭރުގައި ދިރިއުޅޭ މީހުން ކަމަށް ލަފާ ކުރެވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ފުރަތަމަ މުޒާހަރާއާ އަޅާ ބަލާއިރު، ކުދި އަވަށް ތަކުން ބައިވެރިވާ މީހުންގެ އަދަދު 40 އިންސައްތަ އިތުރުވުމެވެ. 

މި ޙަރަކާތް ފެށި "އިންޑިވިޒިބަލް" ގްރޫޕުގެ ކޯ ފައުންޑާ ލިއާ ގްރީންބާގް ވިދާޅުވީ، މި ހޮނިހިރު ދުވަހުގެ މުޒާހަރާގެ އެންމެ މުހިންމު ކަމަކީ މުޒަހަރާ ކުރާ މީހުންގެ އަދަދު އެކަނި ނޫން ކަަމަށާއި، މުޒާހަރާ ކުރިއަށްދާ ސަރަހައްދުތައް ވެސް މުހިންމު ކަމަށެވެ. 

މިއަހަރުގެ ފަހު ކޮޅު އެމެރިކާގެ މިޑްޓާމް އިންތިޚާބު އޮންނައިރު، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ބާރުގަދަ އައިޑަހޯ، ވައޯމިން، މޮންޓާނާ އަދި ޔޫޓާ ފަދަ ސްޓޭޓް ތަކުގައި ވެސް މުޒާހަރާ އިިންތިޒާމު ކުރުމާއި، ބައިވެރިވުމަށް ރަޖިސްޓްރީވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އިންތިޒާމު ކުރާ ފަރާތް ތަކުން ފާހަގަ ކުރެ އެވެ. 

މީގެ އިތުރުން އިންތިޚާބުގެ ނަތީޖާ އަނބުރާލުމުގައި މުހިންމު ދައުރެއް އަދާ ކުރާ ޕެންސިލްވޭނިއާ އާއި، ޖޯޖިއާ އަދި އެރިޒޯނާގެ ސަބާބަން ސަރަހައްދު ތަކުގައި ވެސް މި ޙަރަކާތަށް އޮތް ޝައުޤުވެރިކަން ބޮޑުވެފައިވާ ކަމަށް ގްރީންބާގް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އިންތިޚާބު ތަކުގެ ނަތީޖާ ކަނޑައަޅާ ވޯޓުލާ މީހުން މިހާރު ތިބީ ވަރަށް ބޮޑަށް ކޯފާވެފައި ކަމަށާއި، އެ މީހުން މަގު ތަކަށް ނިކުމެ އިހުތިޖާޖު ކުރަމުންދާ ކަމަށެވެ. 

މި މުޒާހަރާއާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ތަރުޖަމާނު އެބިގޭލް ޖެކްސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ހަަމައެކަނި ނޫސްވެރިންގެ ޝައުޤުވެރިކަން އޮތް "ޓްރަމްޕް ޑިރޭންޖްމަންޓް ތެރަޕީ ސެޝަން ތަކެއް" ކަމަށެވެ. މި ހޮނހިރު ދުވަހަކީ ނޯ ކިންގްސް ހަރަކާތުގެ ތިން ވަނަ ބޮޑު އެއްވުމެވެ. މި ޙަރަކާތް ފުރަތަމަ ފަށާފައި ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. އެ އަހަރު ޙަރަކާތް ފަށާފައި ވަނީ ޓްރަމްޕްގެ އުފަން ދުވަހާ ދިމާކޮށެވެ. 

އެފަހަރު 2،100 ސަރަހައްދެއްގައި ހަތަރު މިލިއަނާއި، ހަ މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވި އެވެ. އަދި އޮކްޓޫބަރު މަހު ބޭއްވި ދެ ފަހަ މުޒާހަރާގައި 2،700 އަށް ވުރެ ސިޓީ އިން ހަތް މިލިއަނެއްހާ މީހުން ބައިވެރިވި ކަމަށް ތަފާސް ހިސާބު ތަކުން ދައްކަ އެވެ. 

އޮކްޓޫބަރު މަހުގެ މުޒާހަރާ ބޮޑަށް އަމާޒުވީ ސަރުކާރު ބަންދު ކުރުމާއި، އިމިގްރޭޝަން އިދާރާ ތަކުން ހިންގި ހަރުކަށި އޮޕަރޭޝަން ތަކާއި، ބޮޑެތި ސިޓީ ތަކަށް ނެޝަނަލް ގާޑް ސިފައިން ފޮނުވުމާ ދެކޮޅަށެވެ. ނަމަވެސް، މިފަހަރުގެ މުޒާހަރާގެ މައިގަނޑު ސަބަބަކީ، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައާ ދެކޮޅަށް އަޑު އުފުލުމެވެ. 

އެމެރިކާގެ ސިވިލް ލިބަޓީސް ޔޫނިއަން (އޭސީއެލްޔޫ)ގެ ޗީފް ޕޮލިޓިކަލް އެންޑް އެޑްވޮކަސީ އޮފިސަރު ޑިއާޑްރާ ޝިޕެލިން ވިދާޅުވީ، މިފަދަ މުޒާހަރާ ތަކުގެ ސަބަބުން ހެޔި ބަދަލު ތަކެއް އަންނަ ކަމަށެވެ. އޭނާ މިސާލު ދެއްކެވީ ލިސް އެންޖެލިސް އަށް ނެޝަނަލް ގާޑް ފޮނުވުމާއި، މިނިއަޕޮލިސްގައި އައިސީއީ އެޖެންޓުން އެމެރިކާގެ ދެ ރައްޔިތަކު މަރާލުމާ ގުޅިގެން ކުރި މުޒާހަރާ ތަކަށް ފަހު، ސަރުކާރުން އެ ނިންމުންތައް ބަދަލު ކުރި ކުރުމަށެވެ. ޝިޕެލިން ވިދާޅުވީ، ރައީސް ޓްރަމްޕް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވާއިރު، އެކަމާ ދެކޮޅަށް ތެދުވުމުން ޓްރަމްޕް ފަހަތަށް ޖެހިވަޑައިގަންނަވާ ކަަމަށެވެ.

މަސްދަރު: ރޮއިޓާސް

އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްނޯ ކިންގްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ސޮއި އެމެރިކާގެ ޑޮލަރުގައި ހިމެނުމަށް ނިންމައިފި

ޓްރަމްޕްގެ ސޮއި އެމެރިކާގެ ޑޮލަރުގައި ހިމެނުމަށް ނިންމައިފި

29 މާރިޗު 2026
ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި

ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި

28 މާރިޗު 2026
ވަލީ އަހުދު މުޙައްމަދަކީ ވަރަށް ގާތް އެކުވެރިއެއް، އެއީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް: ޓްރަމްޕް

ވަލީ އަހުދު މުޙައްމަދަކީ ވަރަށް ގާތް އެކުވެރިއެއް، އެއީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް: ޓްރަމްޕް

28 މާރިޗު 2026
މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ

މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ

28 މާރިޗު 2026
އީރާނާ އެކު އެއްބަސްވުމެއް ބޭނުން، 3،554 އަމާޒެއް ހުރީ އެމެރިކާގެ ރާޑަރުގައި: ޓްރަމްޕް

އީރާނާ އެކު އެއްބަސްވުމެއް ބޭނުން، 3،554 އަމާޒެއް ހުރީ އެމެރިކާގެ ރާޑަރުގައި: ޓްރަމްޕް

28 މާރިޗު 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު