Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުދޫ މީދޫގެ ތަރައްގީ މަޑުޖެހިފައި

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ކުރުނީސްކުރުން ފިޔަވައި، ހުޅުދޫއަށް ޓަކައި ދާއިރާގެ މެންބަރު ބުނި ބަހެއް އަޑެއް ނީވޭ: މީކާއިލް

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުންވެސް އައްޑޫ ސިޓީގެ ތަރައްޤީއަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ވިދާޅުވެ، މެންބަރު މީކާއިލް އަހުމަދު ނަސީމް މިހާރު އޮތް ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުންނަކީ އަމިއްލަ ބާރުތައް ދޫކޮށްލައިގެން ތިބި ބައެއް ކަމަށާއި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރާނެ މަންދޫބުން ހޮވުމަކީ މުހިންމު ކަމެއް ކަމަށް. އަދި ރަށްރަށުގެ ކަންކަން ނިންމުމުގެ ބާރު އޮންނަންވާނީ ސަރުކާރުގެ ބަދަލުގައި ރައްޔިތުން އިންތިޚާބުކުރާ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށްވެސް މީކާއިލް ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 10:09
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅުގެ ވާހަކަ އާއި، އެމަނިކުފާނަށް ކުރުނީސްކުރުން ފިޔަވައި، ހުޅުދޫގެ ތަރައްޤީއަށްޓަކައި އެ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ބަހެއް ވިދާޅުވާ އަޑު ނީވޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް މިހެން ވިދާޅުވީ އެމްޑީޕީން އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ބޭއްވި "އުންމީދެއްގައި" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާންދާއިރު، ލާމަރުކަޒީ ނިޒާމުން ރަށްތައް ހިންގުމަށް ގަބޫލުނުކުރާ ޕާޓީއެއްގެ ބަޔަކު ހޮވަންޖެހޭތޯ ސުވާލު އުފެދޭ ކަމަށެވެ. ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ބާރަށް ގޮވަމުންދާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވެސް އެ ބޭފުޅުން ރަށްރަށަށް ގޮސް އޭރުގެ ސަރުކާރު ކަމުނުދާ ކަމަށް ބުނެ، ރައްޔިތުންގެ ވޯޓުން އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުޞަތު ހޯދިކަން މީކާއިލް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މީކާއިލް ވިދާޅުވީ، ސަރުކާރު ބަދަލުވިތާ ހަ މަސް ފަހުން އަނެއްކާވެސް ރަށްރަށަށް އައިސް، މަޖިލީހުގެ މެޖޯރިޓީ ނެތި ސަރުކާރު ނުހިންގޭނެ ކަމަށާއި، ބްރިޖާއި މަގުތަކުގެ މަޝްރޫޢުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ރައްޔިތުންނަށް ބިރުދެއްކި ކަމަށެވެ. އެއާއެކު، ރައްޔިތުން އެ ބޭފުޅުން ބޭނުންވި މަންދޫބުންނާއި މަޖިލީހުގެ މެޖޯރިޓީ ދިނުމުން ވެސް، ހުޅުދޫ އާއި މީދޫގެ އިތުރުން މުޅި އައްޑު އަތޮޅަށް ވެސް އައި އެއްވެސް ބަދަލެއް ނެތް ކަމަށާއި، އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަ ވެސް، ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އަޅުގަނޑު ދެރަ ވެސް ވޭ، ދާދި ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަޅުގަނޑު ނިސްބަތްވާ މުއައްސަސާއަކަށް ނިސްބަތްކޮށް، އެހެން ބުނަންޖެހުނީމާ ދެރަ ވެސް ވޭ. އެހެންނަމަވެސް، އަޅުގަނޑު ބުނިން އަޅުގަނޑު ދެންނެވިން، މިއީ ގަމާރުންގެ މަޖިލީހެކޭ. ހަމަ ޙަޤީޤަތުގައި ވެސް މިއީ ގަމާރުންގެ މަޖިލީހެކޭ. އެއީ އަމިއްލަ ފިޔަ އަމިއްލައަށް ކޮށާލައިގެން ކުޑަކުޑަ ކޮށްޓަކަށް ވަދެ ތިބި ބައެއް މިނޫނިއްޔާ ނެތޭ. ދެރަ ކަމަކީ އެ ވިދާޅުވާ ރައްޔިތުންގެ މަޖިލީހުގައި މި ހުޅުދޫއަށް ނިސްބަތްވާ މަންދޫބެއް ވެސް އެބަ އިންނަވާ. އެހެންނަމަވެސް، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާއި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ކުރުނީސްކުރުން ފިޔަވައި، މި ހުޅުދޫއަށް ޓަކައި ކުރައްވާ ވަކާލާތެއް، މި ހުޅުދޫއަށް ޓަކައި ބުނާ ބަހެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އަޅުގަނޑުމެންނަކަށް ނީވޭ. 
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުގައި ރައްޔިތުން ނިންމަންވީ އަނެއްކާވެސް "މަންމަނު، ބީރު އަދި ކަނުވެފައި އޮތް" މަޖިލީހެއް ފަދަ ކައުންސިލެއް ހޮވަންތޯ ނުވަތަ ނޫންތޯ ކަމަށެވެ. ހުޅުދޫގެ ކަންކަން ނިންމަންވާނީ އެ ރަށުގެ ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަކުން ކަމަށާއި، އެއީ "ދިމްޔަތުން" ނިންމާ ގޮތަކަށް ވާންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުމީކާއިލް އަހުމަދު ނަސީމްސ. ހުޅުދޫމީދޫއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ރައީސް ސޯލިހު

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ރައީސް ސޯލިހު

26 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން: މައުރޫފް

ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން: މައުރޫފް

25 މާރިޗު 2026
ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

25 މާރިޗު 2026
ރައީސް މުއިއްޒު އަށް "ރީތި ބޮނޑިއެއް" ނުލިބެނީސް ނޫނެކޭ ގޮޅިގައި ހެޔޮ ފާހަގަ ޖައްސަވަންޖެހޭ!

ރައީސް މުއިއްޒު އަށް "ރީތި ބޮނޑިއެއް" ނުލިބެނީސް ނޫނެކޭ ގޮޅިގައި ހެޔޮ ފާހަގަ ޖައްސަވަންޖެހޭ!

25 މާރިޗު 2026
"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"

"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"

25 މާރިޗު 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު