Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ސޯލިހް އައްޑޫ ދަތުރުފުޅު

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ރައީސް ސޯލިހު

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން ޚިދުމަތް ދެވޭނީ އެކަން ގަބޫލުކުރާ އެމްޑީޕީގެ ކައުންސިލަރުން ތިބެގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ. މި ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް ރަށްރަށަށް އެއްވެސް ހެޔޮ ބަދަލެއް ނާންނަކަން ފާހަގަކުރައްވައި، ކުރީ ސަރުކާރުން ފެށި މަޝްރޫއުތައް ވެސް މިހާރު ހުއްޓިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި. އެހެންކަމުން ކުރިއަށް އޮތްއިލެކްޝަންގައި މި ހާލަތަށް ވިސްނައި ގޮތް ނިންމުމަށް ރައީސް ސޯލިހު ވަނީ ރައްޔިތުންނަށް ގޮވާލައްވާފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 03:10
ރައީސް ސޯލިހު ހުޅުދޫއަށް ވަޑައިގަތުމުން ރައްޔިތުން ނުކުމެ އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ.

ރައީސް ސޯލިހު ހުޅުދޫއަށް ވަޑައިގަތުމުން ރައްޔިތުން ނުކުމެ އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. | އެމްޑީޕީ

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

އައްޑޫ ހުޅުދޫ މީދޫ "އުންމީދެއްގައި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރަން މިއުޅޭ ކަމަކީ ރަށްރަށް ހިންގުމަށްޓަކައި ރައްޔިތުންނާ ކައިރިން ރައްޔިތުންގެ އަޑުއަހައިގެން މަސައްކަތް ކުރާނެ ބަޔަކު އިންތިހާބު ކުރަން ކަމަށެވެ. އަދި އެކަން ކުރެވޭނީ އެކަންކަން ހިތުގެ އަޑިން ގަބޫލުކޮށްގެން އެކަން ކުރަން ހިތުއަޅައިގެން ތިބި ބަޔަކަށް ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އެއީ އެމްޑީޕީ ކަމަށާއި، އެއީ އެމްޑީޕީގެ ސިޔާސަތު ކަމަށެވެ. 

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ އެއީ އެމްޑީޕީ ކެންޑިޑޭޓުންގެ ސިޔާސަތު ކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގަން ބޭނުން ކަމުގައިވާނަމަ، ހާއްސަކޮށް ރަށްރަށުގެ ކައުންސިލްތަކުގައި ތިބެންވާނީ، ވެރިކަމުގައި އެމްޑީޕީ އޮތަސް ނެތަސް އެމްޑީޕީގެ މެންބަރު ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

އެއީ ރަަށްރަށް ހިންގޭނެ ގޮތަކީ. މިހާރު ވެރިކަމުގައި ތިބި ބޭފުޅުން ވެރިކަމަށް ވަޑައިގެންނެވިތާ މިހާރު  2 އަހަރާއި 4 މަސް ވެއްޖެ. ވެރިކަމާ ހަވާލުވިތާ. މިއަދު އަޅުގަނޑުމެން ކުރިމަތީގައި އޮތީ އެންމެ ސުވާލެއް. އެއީ އެބޭފުޅުން އެ ވަޑައިގެންނެވި ވައުދުތައް، އެއާ އެއްގޮތަށް މިއިން ރަށަކަށް އައި ހެޔޮ ބަދަލަކީ ކޮބައިތޯ؟ މި ހުޅުދޫ އަށް އެއްވެސް ރަނގަޅު ބަދަލެއް އަތުވެއްޖެތޯ؟ މީދޫއަށް އެއްވެސް ބަދަލެއް އަތުވެއްޖެތޯ؟ މި ސުވާލާ އެކީގައި ތިބޭފުޅުން އިންތިހާބަށް 4 ވަނަ ދުވަހު ނުކުންނަވާ. ވަރަށް ސާފު. ވައުދުވެއްޖެ އިނގޭތޯ. ވައުދު މައްޗަށް ވައުދުވެއްޖެ. ރިޔާސީ އިންތިހާބުގައި ނުކުމެވަޑައިގެން އެ ހެއްދެވި ދޮގުތަކާ އެކީގައި ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކި ބޭފުޅުން ވިދާޅުވިހެން ބޮޑެތި ވައުދުތައް ވެފައި އެބަހުރި. އަދި އެއާއެކީގައި މަޖިލިސް އިންތިހާބުގައި ވިދާޅުވީ އެބަހުއްޓޭ ތިމަންނަމެން ވައުދުވެފައި، އެކަމަކު ކިހިނެއްހޭ ކަންކުރާނީ. 
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން ވިސްނަވަންވީ ސަރުކާރުންވި ވައުދުތަކުގެ ތެރެއިން ކޮން ރަށަކަށް ކުރެވެނީ ކޮންކަމެއްތޯ ކަމަށެވެ.  ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވިދާޅުވީ ކުރީ ސަރުކާރުން ފެށި އެއްވެސް މަޝްރޫއެއް ނުހުއްޓާނެ ކަމަށާއި، ނަމަވެސް އެއިން އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

ރައީސް ސޯލިހު ވިދާޅުވީ އެފަހުން އެޅި ބިންގާތައް ހުރީ ގާވެފައި ކަމަށާއި، މިއީ މިއަދުގެ ހާލަތު ކަމަށެވެ. އެހެންކަމުން 4 ވަނަ ދުވަހު އޮންނަ ވޯޓުގައި ރައްޔިތުން ވިސްނާފައި ގޮތެއް ނިންމުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވި އެވެ. 

އިބްރާހިމް މުހައްމަދު ސޯލިހުއެމްޑީޕީއައްޑޫ ހުޅުދޫމީދޫޑރ. މުޙައްމަދު މުޢިއްޒުލާމަރުކަޒުކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން: މައުރޫފް

ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން: މައުރޫފް

25 މާރިޗު 2026
ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

25 މާރިޗު 2026
ރައީސް މުއިއްޒު އަށް "ރީތި ބޮނޑިއެއް" ނުލިބެނީސް ނޫނެކޭ ގޮޅިގައި ހެޔޮ ފާހަގަ ޖައްސަވަންޖެހޭ!

ރައީސް މުއިއްޒު އަށް "ރީތި ބޮނޑިއެއް" ނުލިބެނީސް ނޫނެކޭ ގޮޅިގައި ހެޔޮ ފާހަގަ ޖައްސަވަންޖެހޭ!

25 މާރިޗު 2026
"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"

"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"

25 މާރިޗު 2026
މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު

މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު

25 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު