Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕް ވިދާޅުވީ އެމެރިކާ އަތުން އީރާންގެ ރައްޔިތުން މަރުވެދާނެތީ އެ ޤައުމުގެ ވެރިން ބިރު ގަންނަ ކަމަށް، އީރާން އިން ދަނީ އެމެރިކާގެ ޕްލޭން ދިރާސާ ކުރަމުން

އީރާންގެ އަމިއްލަ ރައްޔިތުން އެމެރިކާާގެ އަތުން މަރުވެދާނެތީ، އެއްބަސްވުމަކަށް އަންނަން ބޭނުންވާ ވާހަކަ ބުނަން އެ ޤައުމުގެ ވެރިން ބިރު ގަންނަނީ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މާރިޗު 2026 | ބުރާސްފަތި 07:46
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ސީދާ ގޮތުން މަޝްވަރާތައް ކުރިއަށް ނުގެންދިޔަ ނަމަވެސް، އެމެރިކާ އިން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން ދިރާސާ ކުރަމުން ގެންދާ ކަމަށް އީރާން އިން ބުނެފި އެވެ. 

އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާން އޮތީ އެއްބަސްވުމަކަށް އަންނަން ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. ނަމަވެސް، އީރާން އިން ބުނެފައި ވަނީ އެމެރިކާ އާއެކު އެއްބަސްވުމަކަށް އަންނަން އެ ޤައުމުން ހުށަހަޅާފައި ނުވާނެ ކަމަށެވެ. 

ބުދަ ދުވަހު އީރާންގެ ދައުލަތުގެ ޓީވީ އަށް ދެއްވި އިންޓަވިޔުއެއްގައި އެ ޤައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، އެމެރިކާ އާއެކު އެއްވެސް ސީދާ ވާހަކަ ތަކެއް ނުވަތަ، މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް، މެދުވެރިން މެދުވެރިކޮށް، އެކި ކަހަލަ މެސެޖުތައް ބަދަލު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަން ފާހަގަ ކުރައްވައި އަރާގްޗީ ވިދާޅުވީ، ރަޙުމަތްތެރި ޤައުމުތައް މެދުވެރިކޮށް މެސެޖުތައް ފޮނުވުމާއި، އެ ޤައުމުގެ މަޤާމުތައް ސާފު ކޮށްދީ އިންޒާރުތައް ދިނުމަކީ މަޝްވަރާ ކުރުން ނޫން ކަމަށެވެ.

އެކަމާ ގުޅިގެން އެމެރިކާގެ ވެރި ރަށް ވޮޝިންޓަންގައި ބޭއްވި ޙަރަކާތެއްގައި ވާހަކަ ދައްކަވަމުން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާންގެ ލީޑަރުން މަޝްވަރާ ކުރަމުން ދާ ކަމަށާއި، އެ ޤައުމުން އެއްބަސްވުމަކަށް އަންނަން ބޭނުން ވެފައިވާ މިންވަރު ވަރަށް ބޮޑު ކަަމށެވެ. ނަމަވެސް، އީރާންގެ އަމިއްލަ ރައްޔިތުން އެމެރިކާާގެ އަތުން މަރުވެދާނެތީ، އެއްބަސްވުމަކަށް އަންނަން ބޭނުންވާ ވާހަކަ ބުނަން އެ ޤައުމުގެ ވެރިން ބިރު ގަންނަނީ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާން އަށް ހަމަލާ ދީފައިވާއިރު، އޭގެ ރައްދުގައި އީރާން އިން ވެސް ގެންދަނީ ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. އެގޮތުން އީރާން އިން ގެންދަނީ އިޒްރޭލްގެ އިތުރުން، އެމެރިކާގެ އަމާޒު ތަަކަށް ގިނަ ހަމަލާ ތަކެއް ދެމުންނެވެ. 

އެމެރިކާ އިން ދިން ހަމަލާ ތަކުގައި އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލާފައިވާއިރު، އީރާންގެ އަސްކަރިއްޔާގެ ބައެއް އިސްވެރިން ވެސް ވަނީ އަވަހާރަވެފަ އެވެ. އީރާ އިން ބުނެފައި ވަނީ އެ ޤައުމުން އެކަމުގެ ބަދަލު ފުރިހަމަ އަށް ހިފާާނެ ކަމަށެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

26 މާރިޗު 2026

އިޒްރޭލްގެ ސިފައިންގެ މަރުކަޒަކަށް ހިޒްބުﷲ އިން މިސައިލް ހަމަލާ ދީފި

26 މާރިޗު 2026
އިޒްރޭލްގެ ސިފައިންގެ މަރުކަޒަކަށް ހިޒްބުﷲ އިން މިސައިލް ހަމަލާ ދީފި
26 މާރިޗު 2026

އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑް ހިފުމަށް މަސައްކަތް ކުރަނީ

26 މާރިޗު 2026
އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑް ހިފުމަށް މަސައްކަތް ކުރަނީ
26 މާރިޗު 2026

އީރާނުން އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އަބްރަހަމް ލިންކަން އަށް ކްރޫޒް މިސައިލް ހަމަލާދީފި

26 މާރިޗު 2026
އީރާނުން އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އަބްރަހަމް ލިންކަން އަށް ކްރޫޒް މިސައިލް ހަމަލާދީފި
26 މާރިޗު 2026

ހަނގުރާމަ ނިމުމަކަށް އަންނާނީ ޓްރަމްޕް ބޭނުންވާ ވަގުތަކު ނޫން ކަމަށާއި، އެކަން ނިމޭނީ އީރާނުން އެގޮތަށް ނިންމުމުން ކަމަށް އީރާނުން ބުނެފި

26 މާރިޗު 2026
ހަނގުރާމަ ނިމުމަކަށް އަންނާނީ ޓްރަމްޕް ބޭނުންވާ ވަގުތަކު ނޫން ކަމަށާއި، އެކަން ނިމޭނީ އީރާނުން އެގޮތަށް ނިންމުމުން ކަމަށް އީރާނުން ބުނެފި
25 މާރިޗު 2026

ޓްރަމްޕްގެ ޑިޕްލޮމެސީ އަށް އިތުބާރު ނުކުރެވޭ ކަމަށް އީރާން އިން ބުނެފި

25 މާރިޗު 2026
ޓްރަމްޕްގެ ޑިޕްލޮމެސީ އަށް އިތުބާރު ނުކުރެވޭ ކަމަށް އީރާން އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު