Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޓްރަމްޕްގެ ސޮއި އެމެރިކާގެ ޑޮލަރުގައި ހިމެނުމަށް ނިންމައިފި

މި ނިންމުމުގެ ދަށުން ޓްރަމްޕް އާއި، ބެސެންޓުގެ ސޮއި ހިމެނޭ ފުރަތަމަ 100 ޑޮލަރުގެ ނޫޓޫތައް ޗާޕު ކުރަން ފަށާނީ މިއަހަރުގެ ޖޫން މަހު. އޭގެ ފަހުން އެހެނިހެން އަދަދު ތަކުގެ ނޫޓުތައް ޗާޕު ކުރާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 މާރިޗު 2026 | އާދީއްތަ 01:09
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮއި އެ ޤައުމުގެ ފައިސާ ނުވަތަ ޑޮލަރުގައި ހިމެނުމަށް ނިންމައިފި އެވެ. 

މިއީ އެމެރިކާގެ ތާރީޚުގައި ވެސް މަގާމުގައި ހުންނެވި ރައީސެއްގެ ސޮއި، އެ ޤައުމުގެ ފައިސާގައި ހިމަނާ ފުރަތަމަ ފަހަރެވެ. އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓް އިން ހާމަ ކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ ސޮއި ފައިސާގައި ހިމެނުމަށް ނިންމާފައި ވަނީ އެމެރިކާގެ މިނިވަން ކަމަށް 250 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. 

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، އެމެރިކާގެ ފަޚުރުވެރި ކާމިޔާބީ ތަކާއި، ރައީސް ޓްރަމްޕްގެ ޚިދުމަތްތައް ފާހަގަ ކުރުމަށްޓަކައި އެމެރިކާގެ ޑޮލަރުގައި އޭނާގެ ނަން ހިމެނުމަށް ވުރެ ވަކިން ބާރުގަދަ ގޮތެއް ނެތް ކަމަށެވެ. އާންމު އުސޫލުން އެމެރިކާގެ ފައިސާގައި ސޮއި ކުރައްވަނީ ޓްރެޒަރީގެ އިސް އޮފިޝަލުންނެވެ. ނަމަވެސް، އައު ނިންމުމާ އެކު ޓްރަމްޕްގެ ސޮއި ފެންނަން ހުންނާނީ ޓްރެޒަރީ ސެކްރެޓަރީ ބެސެންޓުގެ ސޮޔާ އެކު އެވެ.

މި ނިންމުމުގެ ދަށުން ޓްރަމްޕް އާއި، ބެސެންޓުގެ ސޮއި ހިމެނޭ ފުރަތަމަ 100 ޑޮލަރުގެ ނޫޓޫތައް ޗާޕު ކުރަން ފަށާނީ މިއަހަރުގެ ޖޫން މަހު އެވެ. އޭގެ ފަހުން އެހެނިހެން އަދަދު ތަކުގެ ނޫޓުތައް ޗާޕު ކުރާނެ އެވެ. މިހާރު ބޭނުން ކުރަމުންދާ ނޯޓު ތަކުގައި ހުންނަނީ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ ޓްރެޒަރީ ސެކްރެޓަރީ ޖެނެޓް ޔެލެން އަދި ޓްރެޒަރާ ލިން މަލާބާގެ ސޮއެ އެވެ. 1861 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ފައިސާގައި ޓްރެޒަރާގެ ސޮއި ހިމެނުމަށް އޮންނަ ސަގާފަތް، ޓްރަމްޕްގެ ސަރުކާރުގެ މި ނިންމުމާ އެކު ނިމުމަކަށް އަންނާނެ އެވެ. 

އެމެރިކާގެ މިހާރުގެ ޓްރެޒަރާ ބްރެންޑަން ބީޗް ވިދާޅުވީ، އެމެރިކާގެ ފައިސާ އަކީ އެ ޤައުމުގެ ތަނަވަސްކަމާއި، ވަރުގަދަކަމާއި، އަދި އެމެރިކާގެ ރައްޔިތުންގެ ގުޑުމެއް ނެތް އަޒުމު ރަމްޒު ކޮށްދޭ އެއްޗެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ. މިއަހަަރަކީ އިނގިރޭސިވިލާތުގެ ކިބައިން އެމެރިކާގެ 13 ކޮލޮނީ އަކުން މިނިވަންކަން އިއުލާން ކުރިތާ 250 އަހަރު ފުރޭ އަހަރެވެ. މި މުނާސަބަތާ ގުޅުވައިގެން ޓްރަމްޕްގެ ސޫރަ ހިމެނޭ 24 ކެރަޓްގެ ރަނުގެ ފައިސާ ފޮއްޗެއް ނެރުމަށް ވެސް ފެޑަރަލް އާޓްސް ކޮމިޝަން އިން މި މަހުގެ ކުރީ ކޮޅު ހުއްދަ ދީފަ އެވެ. 

މި ނިންމުމާ ގުޅިގެން އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވާ ކެލެފޯނިއާގެ ގަވަރުނަރު އަދި ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ގެވިން ނިއުސަމް ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ކާބޯ ތަކެއްޗާއި، ތެލާއި، ކުއްޔާއި، އަދި ޞިއްޙީ ޚިދުމަތް ތަކުގެ އަގު ބޮޑުވަމުންދާއިރު އެކަމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ ކާކުކަން މިހާރު އެމެރިކާގެ ރައްޔިތުންނަށް ސާފު ނުވާ ކަމަށެވެ. 

މިއީ ސަރުކާރުގެ އެކި މަޝްރޫއު ތަކާއި، އިމާރާތް ތަކުގައި ޓްރަމްޕް ނަން ބޭނުން ކުރުމަށް އޭނާގެ ސަރުކާރުން ކުރަމުންދާ މަަސައްކަތް ތަކުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މީގެ ކުރިން ޓްރަމްޕް ރިޔާސީ ފުރަތަމަ ދައުރުގައި، ކޮވިޑް-19 ގެ ބަލި މަޑުކަމާ ގުޅިގެން އެމެރިކާގެ އެތައް މިލިއަން ރައްޔިތުންނަށް ފޮނުވި އެހީގެ ޗެކް ތަކުގައި ވެސް ޓްރަމްޕްގެ ނަން ހިމަނާފައިވެ އެވެ.

މަސްދަރު: ބީބީސީ

އެމެރިކާޑޮލަރުއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްސްކޮޓް ބެސެންޓްގެވިން ނިއުސަމް

އިތުރަށް ކިޔާލަން

28 މާރިޗު 2026

ވަލީ އަހުދު މުޙައްމަދަކީ ވަރަށް ގާތް އެކުވެރިއެއް، އެއީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް: ޓްރަމްޕް

28 މާރިޗު 2026
ވަލީ އަހުދު މުޙައްމަދަކީ ވަރަށް ގާތް އެކުވެރިއެއް، އެއީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް: ޓްރަމްޕް
28 މާރިޗު 2026

މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ

28 މާރިޗު 2026
މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ
28 މާރިޗު 2026

އީރާނާ އެކު އެއްބަސްވުމެއް ބޭނުން، 3،554 އަމާޒެއް ހުރީ އެމެރިކާގެ ރާޑަރުގައި: ޓްރަމްޕް

28 މާރިޗު 2026
އީރާނާ އެކު އެއްބަސްވުމެއް ބޭނުން، 3،554 އަމާޒެއް ހުރީ އެމެރިކާގެ ރާޑަރުގައި: ޓްރަމްޕް
28 މާރިޗު 2026

އީރާނުގެ ހެކަރުން، އެފްބީއައިގެ ޑިރެކްޓަރުގެ އީމެއިލް ހެކްކޮށްފި

28 މާރިޗު 2026
އީރާނުގެ ހެކަރުން، އެފްބީއައިގެ ޑިރެކްޓަރުގެ އީމެއިލް ހެކްކޮށްފި
26 މާރިޗު 2026

އީރާން އިން ބޭނުންވީ ރޫހީ ލީޑަރަކަށް އަހަރެން ގެންނަން: ޓްރަމްޕް

26 މާރިޗު 2026
އީރާން އިން ބޭނުންވީ ރޫހީ ލީޑަރަކަށް އަހަރެން ގެންނަން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު