Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ވަލީ އަހުދު މުޙައްމަދަކީ ވަރަށް ގާތް އެކުވެރިއެއް، އެއީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް: ޓްރަމްޕް

2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ވެރި ކަމުގެ ހުވާ ކުރެއްވި ފަހުން، ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވެސް ޓްރަމްޕް ވަޑައިގެންނެވި މެދު އިރުމަތީގެ ޤައުމު ތަކަށް. އެ ދަތުރުފުޅުގައި ޓްރަމްޕް ވަނީ ސައުދީ އާއި، ޤަތަރު އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ވަޑައިގެންފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މާރިޗު 2026 | ހޮނިހިރު 07:53
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން. | ގެޓީ އިމޭޖަސް

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި، އޭނާ އަކީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

އެމެރިކާގެ ފްލޮރިޑާގެ މިއާމީގައި އޮތް އެފްއައިއައި ސަމިޓުގައި ދެއްވި ތަޤުރީރުގައި ޓްރަމްޕް ވަނީ، ސައުދީގެ ވަލީ އަހުދު މުޙައްމަދާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ، މުޙައްމަދު ބިން ސަލްމާން އަކީ ސައުދީ އަރަބިއްޔާ ފަޚުރުވެރިވާން ޖެހޭ ފަދަ ލީޑަރެއް ކަމަށެވެ. އަދި އީރާންގެ މައްސަލައިގައި އެމެރިކާ އިން ގެން ގުޅޭ ހަރުކަށި ސިޔާސަތު ތަކަށް ގަލްފުގެ ޤައުމު ތަކުން ދެމުން އަންނަ އެއްބާރުލުން ވެސް ޓްރަމްޕް ވަނީ ސިފަ ކުރައްވައިފަ އެވެ. 

ޓްރަމްޕްގެ ވާހަަކަފުޅުގައި އޭނާ ވަނީ، ސައުދީގެ ވަލީ އަހުދު މުޙައްމަދަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށް ސިފަ ކުރައްވައިފަ އެވެ. މިއީ ޓްރަމްޕް މިފަދައިން ވިދާޅުވި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މީގެ ކުރިން ވެސް ޓްރަމްޕް ވަނީ، ވަލީ އަހުދު މުޙައްމަދަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަަމަށް ވިދާޅުވެ، މުޙައްމަދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. 

އެމެރިކާާގެ ރައީސް ކަމުގެ ދެ ވަނަ ދައުރެއް ޓްރަމްޕް ފުރުއްވަމުން ގެންދަވާއިރު، ޓްރަމްޕް އާއި ސައުދީގެ ވަލީ އަހުދު މުޙައްމަދާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ވެރި ކަމުގެ ހުވާ ކުރެއްވި ފަހުން، ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވެސް ޓްރަމްޕް ވަޑައިގެންނެވި މެދު އިރުމަތީގެ ޤައުމު ތަކަށެވެ. އެ ދަތުރުފުޅުގައި ޓްރަމްޕް ވަނީ ސައުދީ އާއި، ޤަތަރު އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ވަޑައިގެންފަ އެެވެ.

އޭގެ ފަހުން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަލީ އަހުދު މުޙައްމަދު ވަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އަށް ވަޑައިގެން ޓްރަމްޕްއާ ބައްދަލު ކުރައްވައިފަ އެވެ. ގިނަ ކަންކަމުގައި ޓްރަމްޕް އާއި މުޙައްމަދު މަޝްވަރާ ކުރައްވާއިރު، ސައުދީ އަކީ އެމެރިކާގެ ގާތް އެކުވެރި އެކެވެ.

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާ-ސައުދީ ގުޅުންސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

28 މާރިޗު 2026

މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ

28 މާރިޗު 2026
މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ
28 މާރިޗު 2026

އީރާނާ އެކު އެއްބަސްވުމެއް ބޭނުން، 3،554 އަމާޒެއް ހުރީ އެމެރިކާގެ ރާޑަރުގައި: ޓްރަމްޕް

28 މާރިޗު 2026
އީރާނާ އެކު އެއްބަސްވުމެއް ބޭނުން، 3،554 އަމާޒެއް ހުރީ އެމެރިކާގެ ރާޑަރުގައި: ޓްރަމްޕް
28 މާރިޗު 2026

އީރާނުގެ ހެކަރުން، އެފްބީއައިގެ ޑިރެކްޓަރުގެ އީމެއިލް ހެކްކޮށްފި

28 މާރިޗު 2026
އީރާނުގެ ހެކަރުން، އެފްބީއައިގެ ޑިރެކްޓަރުގެ އީމެއިލް ހެކްކޮށްފި
26 މާރިޗު 2026

އެމެރިކާ އާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި

26 މާރިޗު 2026
އެމެރިކާ އާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި
26 މާރިޗު 2026

ހޮރްމޫޒް ކަނޑު އޮޅީގެ ޒިންމާ އޮތް އީރާންގެ ނޭވީ ކޮމާންޑަރު އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

26 މާރިޗު 2026
ހޮރްމޫޒް ކަނޑު އޮޅީގެ ޒިންމާ އޮތް އީރާންގެ ނޭވީ ކޮމާންޑަރު އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު