Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އީރާނުގެ ހެކަރުން، އެފްބީއައިގެ ޑިރެކްޓަރުގެ އީމެއިލް ހެކްކޮށްފި

މިކަމާ ގުޅިގެން އެފްބީއައި އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޑިރެކްޓަރު ޕަޓޭލްގެ އަމިއްލަ އީމެއިލް މައުލޫމާތަށް އަމާޒު ކޮށްގެން ހިންގި މި އަމަލު އެ އިދާރާގެ ސަމާލު ކަމަށް އައިސްފައިވާ ކަަމަށް. އަދި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ކުޑަ ކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށާއި، ސަރުކާރުގެ ސިއްރު އެއްވެސް މައުލޫމާތެއް ހެކަރުންނަށް ލިބިފައި ނުވާ ކަމަށް ވެސް އެފްބީއައި އިން ކަށަވަރު ކޮށްދީފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 މާރިޗު 2026 | ހޮނިހިރު 03:29
އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލް

އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލް | ގެޓީ އިމޭޖަސް

އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ޑިރެކްޓަރު ކޭޝް ޕަޓޭލްގެ އަމިއްލަ އީމެއިލް އެކައުންޓުތައް، އީރާންއާ ގުޅުން އޮންނަ ހެކަރުންގެ ގުރޫޕަކުން ހެކްކޮށް، އޭގައި ހުރި ބައެއް ފޮޓޯ ތަކާއި، ލިޔެ ކިޔުންތައް އާންމު ކޮށްފި އެވެ. 

މިކަން ސީއެންއެން އަށް ކަށަވަރު ކޮށްދިން މަސްދަރަކުން ބުނެފައިވާ ގޮތުގައި، ހެކަރުން އާންމު ކޮށްފައި ވަނީ ޕަޓޭލް އެފްބީއައިގެ ޑިރެކްޓަރުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރީގެ ފޮޓޯ ތަކެކެވެ. 

ސީއެންއެން އާއި މިނިވަން ސައިބާ ސެކިއުރިޓީ ދިރާސާވެރިޔަކު ކުރި ތަހުގީގުން އެނގޭ ގޮތުގައި، ވަގަށް ނަގާފައިވާ އީމެއިލް ތަކަކީ، 2011 ވަނަ އަހަރާއި، 2022 ވަނަ އަހަރާ ދެމެދުގެ މުއްދަތެއްގައި ހުރި ތަކެއްޗެވެ. އޭގެ ތެރޭގައި ޕަޓޭލްގެ އަމިއްލަ ދިރިއުޅުމާ ގުޅޭ މައުލޫމާތު ތަކާއި، ވިޔަފާރި އަދި ދަތުރު ފަތުރުގެ މައުލޫމާތު ވެސް ހިމެނެ އެވެ. 

ސައިބާ ސެކިއުރިޓީ ދިރާސާވެރިޔާ ރޮން ފަބޭލާ ބުނި ގޮތުގައި، މިއީ އެފްބީއައިގެ ވަރުގަދަ ނިޒާމަށް ދިން ހަމަލާއެއްގެ ގޮތުގައި ހެކަރުން ސިފަ ކުރި ނަމަވެސް، އެއީ ހަމައެކަނި އަމިއްލަ މީހެއްގެ މެއިލްގައި ހުރި އާންމު މައުލޫމާތު ތަކެވެ. އޭގެ ތެރޭގައި އާއިލީ ފޮޓޯ ތަކާއި، ކުރިން އެޕާޓްމަންޓެއް ހޯދުމަށް ކޮށްފައިވާ މުއާމަލާތް ފަދަ، ބޭކާރު ތަކެތި ހިމެނޭ ކަމަށް އޭނާ ފާހަގަ ކުރި އެވެ. 

މިކަމާ ގުޅިގެން އެފްބީއައި އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޑިރެކްޓަރު ޕަޓޭލްގެ އަމިއްލަ އީމެއިލުގެ މައުލޫމާތަށް އަމާޒު ކޮށްގެން ހިންގި މި އަމަލު އެ އިދާރާގެ ސަމާލު ކަމަށް އައިސްފައިވާ ކަަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ކުޑަ ކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށާއި، ސަރުކާރުގެ ސިއްރު އެއްވެސް މައުލޫމާތެއް ހެކަރުންނަށް ލިބިފައި ނުވާ ކަމަށް ވެސް އެފްބީއައި އިން ކަށަވަރު ކޮށްދީފައިވެ އެވެ. 

މީގެ އިތުރުން މި ހަމަލާގެ ފަހަތުގައިވާ "ހަންޑަލާ ހެކް ޓީމު" ދެނެ ގަތުމަށް އެހީތެރިވާ މައުލޫމާތު ފޯރުކޮށްދޭ ފަރާތް ތަކަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އިނާމެއް ދޭނެ ކަަމަށް ވެސް، އެފްބީއައި އިން ވަނީ އިއުލާން ކޮށްފަ އެވެ. 

އެމެރިކާގެ އިންޓެލިޖެންސް އިދާރާ ތަކުން މީގެ ކުރިން ވެސް ވަނީ، އީރާނަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލުން ދިން ޙަމަލާ ތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާންއާ ގުޅުން ހުރި ހެކަރުން ހަމަލާ ދީފާނެ ކަމުގެ އިންޒާރު ދީފަ އެވެ. މިއީ ޕަޓޭލްގެ އަމިއްލަ މައުލޫމާތަށް އީރާންގެ ހެކަރުން އަމާޒު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. 2024 ވަނަ އަހަރުގެ ފަހު ކޮޅު، ޕަޓޭލް އެފްބީއައިގެ ވެރިޔަކަށް އައްޔަން ކުރުމުގެ ހަފުތާ ތަކެއް ކުރިން ވެސް، އޭނާގެ މައުލޫމާތު ތަކަށް ހެކަރުން ވަދެފައިވާ ކަމުގެ މައުލޫމާތު އޮފިޝަލުންނަށް ވަނީ އޭނާ ދީފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-އެމެރިކާއެމެރިކާއެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންކޭޝް ޕެޓެލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި

އެމެރިކާ އާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި

26 މާރިޗު 2026
ހޮރްމޫޒް ކަނޑު އޮޅީގެ ޒިންމާ އޮތް އީރާންގެ ނޭވީ ކޮމާންޑަރު އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

ހޮރްމޫޒް ކަނޑު އޮޅީގެ ޒިންމާ އޮތް އީރާންގެ ނޭވީ ކޮމާންޑަރު އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

26 މާރިޗު 2026
އީރާން އިން ބޭނުންވީ ރޫހީ ލީޑަރަކަށް އަހަރެން ގެންނަން: ޓްރަމްޕް

އީރާން އިން ބޭނުންވީ ރޫހީ ލީޑަރަކަށް އަހަރެން ގެންނަން: ޓްރަމްޕް

26 މާރިޗު 2026
އިރާގު ހަނގުރާމަ އަށް ވުރެ، މެދު އިރުމަތީގެ ހަނގުރާމަ ނުރައްކާތެރި: ސްޕެއިންގެ ބޮޑު ވަޒީރު

އިރާގު ހަނގުރާމަ އަށް ވުރެ، މެދު އިރުމަތީގެ ހަނގުރާމަ ނުރައްކާތެރި: ސްޕެއިންގެ ބޮޑު ވަޒީރު

26 މާރިޗު 2026
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އަވަހާރަ ކޮށްލަން ހަމަލާ ދޭން އުޅުނު، އެކަން ހުއްޓުވީ ޕާކިސްތާން އިން އެދިގެން

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އަވަހާރަ ކޮށްލަން ހަމަލާ ދޭން އުޅުނު، އެކަން ހުއްޓުވީ ޕާކިސްތާން އިން އެދިގެން

26 މާރިޗު 2026

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު