Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ

28 މާރިޗު 2026 | ހޮނިހިރު 07:50

ޓްކޮފް ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުންފުޅު ވަނީ ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރަން ކަމަށް. ނަމަވެސް، އެ ސުލްޙަ އަކީ ބާރުވެރިކަމާ އެކު ހޯދާ ސުލްޙަ އަކަށް ވާން ޖެހޭނެ ކަމަށް ޓްރަމްޕް ޤަބޫލުފުޅު ކުރައްވާ ކަމަށާއި، ޕްރެޝަރެއް ނެތި އެއްވެސް ބަޔަކު މަޝްވަރާގެ މޭޒަށް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މާރިޗު 2026 | ހޮނިހިރު 07:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް. | ގެޓީ އިމޭޖަސް

އީރާން އާއެކު މި ހަފުތާގެ ތެރޭގައި ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވެއްޖެ އެވެ. 

އެފްއައިއައި ސަމިޓުގައި ވާހަކަ ދައްކަވަމުން ވިޓްކޮފް ވިދާޅުވީ، އީރާން އާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް އެ ޤައުމުގެ ބައެއް ފަރާތް ތަކުން ބުނި ނަމަވެސް، ދެ ޤައުމުގެ ދެ މެދުގައި މަޝްވަރާތައް ކުރިއަށްދާކަން އެންމެނަށް ވެސް އިނގޭ ކަމަށެވެ. 

އެ ސަމިޓުގައި ވާހަކަ ދައްކަވަމުން ވިޓްކޮފް ވަނީ، ހޮރްމޫޒް ކަނޑު އޮޅިން ބައެއް އުޅަނދު ފަހަރު ދަތުރު ކުރުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ވަރަށް ރަނގަޅު ނިޝާނެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އެއާ އެކު ވިޓްކޮފް ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުންފުޅު ވަނީ ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރަން ކަމަށެވެ. ނަމަވެސް، އެ ސުލްޙަ އަކީ ބާރުވެރިކަމާ އެކު ހޯދާ ސުލްޙަ އަކަށް ވާން ޖެހޭނެ ކަމަށް ޓްރަމްޕް ޤަބޫލުފުޅު ކުރައްވާ ކަމަށާއި، ޕްރެޝަރެއް ނެތި އެއްވެސް ބަޔަކު މަޝްވަރާގެ މޭޒަށް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ވިޓްކޮފް އަކީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ވަރަށް އަރިސް ބޭފުޅަކަށް ވާއިރު، އޭނާ ވަނީ އީރާން އާއެކު ކުރިއަށްދާ މަޝްވަރާ ތަކުގައި އެމެރިކާ އިން ދޫ ނުދޭނެ ބައެއް ކަންކަން، ނުވަތަ ބައެއް ރަތް ރޮނގުތައް ހާމަ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އީރާން އިން ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލުމާއި، އެކި ޤައުމު ތަކުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތް ތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލުން ހިމެނެ އެވެ. 

މީގެ އިތުރުން އީރާންގެ މައްސަލަ ތަކަށް ހަލެއް ހޯދުމަށްޓަކައި، 15 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނެއް އެމެރިކާ އިން ހުށަހަޅާފައިވާ ކަމަށާއި، އެ ޕްލޭން އީރާން އަށް ލިބިފައިވާތާ ދުވަސް ކޮޅެއް ވެފައިވާ ކަމަށް ވިޓްކޮފް ވިދާޅުވި އެވެ. އެމެރިކާ އިން އުންމީދު ކުރަނީ އީރާން އިން އެ ޕްލޭން އަށް ޖަވާބު ދޭނެ ކަމަށާއި، އޭގެ ސަބަބުން ހުރިހާ މައްސަލަ ތަަކަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

ވިޓްކޮފްގެ ވާހަކަ ނިންމާލަމުން އޭނާ ވިދާޅުވީ، މި ހަފުތާގެ ތެރޭގައި ދެ ޤައުމުގެ ދެ މެދުގައި ބައްދަލުވުން ތަކެއް ބޭއްވޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އެކަމަށް އެމެރިކާ ސަރުކާރުން ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަށް ވެސް އޭޏާ ވިދާޅުވި އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއެމެރިކާ-އިސްރާއީލު-އިރާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްސްޓީވް ވިޓްކޮފް

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

18 އޯގަސްޓު 2026

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

18 އޯގަސްޓު 2026
އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި
17 އޯގަސްޓު 2026

އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
17 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

17 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ
17 އޯގަސްޓު 2026

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟

17 އޯގަސްޓު 2026
އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟
17 އޯގަސްޓު 2026

އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި

17 އޯގަސްޓު 2026
އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި
17 އޯގަސްޓު 2026

އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ
16 އޯގަސްޓު 2026

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

16 އޯގަސްޓު 2026
މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި
16 އޯގަސްޓު 2026

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

16 އޯގަސްޓު 2026
ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި
16 އޯގަސްޓު 2026

އީރާނުގެ ބޮންއަޅާ ބޯޓުތަކުގެ ޕައިލެޓުން ގަތަރުން ހިފަހައްޓާފައިވާ ކަމަށް ބުނެ ތެހެރާނުން ކުރާ ތުހުމަތުތައް ގަތަރުން ދޮގުކޮށްފި

16 އޯގަސްޓު 2026
އީރާނުގެ ބޮންއަޅާ ބޯޓުތަކުގެ ޕައިލެޓުން ގަތަރުން ހިފަހައްޓާފައިވާ ކަމަށް ބުނެ ތެހެރާނުން ކުރާ ތުހުމަތުތައް ގަތަރުން ދޮގުކޮށްފި
16 އޯގަސްޓު 2026

ލުބުނާން ހަނގުރާމަ ނިންމުމަށް ޓްރަމްޕް އަށް ބާރުއަޅުއްވާފައިވާ ކަމަށް އުރުދުޣާން ވިދާޅުވެއްޖެ

16 އޯގަސްޓު 2026
ލުބުނާން ހަނގުރާމަ ނިންމުމަށް ޓްރަމްޕް އަށް ބާރުއަޅުއްވާފައިވާ ކަމަށް އުރުދުޣާން ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް