Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން ބޭނުންވީ ރޫހީ ލީޑަރަކަށް އަހަރެން ގެންނަން: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ، އީރާންގެ ވެރިޔަކަށް ވުމުގެ ފުރުސަތު ލިބި، އެކަން ބޭނުން ނުވި މީހަކު އޭނާ ނޫނީ ނުހުންނަވާނެ ކަމަށް. އަދި އީރާން އިން ބޭނުން ވަނީ އެ ޤައުމުގެ ވެރިޔަކަށް އޭނާ ވަޑައިގަންނަވަން ކަަމަށް ބުނާ ވާހަކަ ވަރަށް ސާފުކޮށް އަޑު އިވޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މާރިޗު 2026 | ބުރާސްފަތި 11:45
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާން އިން ބޭނުންވީ އެ ޤައުމުގެ ރޫހީ ލީޑަރުގެ މަޤާމަށް އޭނާ ގެންނަން ކަމަށާއި، ނަމަވެސް އޭނާ އެކަމަށް އިންކާރު ކުރެއްވީ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ވެރި ރަށް ވޮޝިންޓަންގައި އޮތް ރިޕަބްލިކަލް ޕާޓީގެ ޙަރަކާތެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާލުވީ، މަސް ދުވަހަށް ދެމިގެންދާ މި ހަނގުރާމަ ނިންމުމަށް އީރާން އިން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. 

ޓްރަމްޕް ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލް ގުޅިގެން ދިން ހަމަލާ ތަކެއްގައި އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމަށް ފަހު، އީރާންގެ އިސްވެރިން ބޭނުންވީ އެ ޤައުމުގެ ރޫހީ ލީޑަރަކަށް އޭނާ ގެންނަން ކަމަށެވެ. އެގޮތުން އީރާންގެ ރޫހީ ލީޑަރަކަށް ވުމުގެ ފުރުސަތު ނުރަސްމީ ގޮތެއްގައި އޭނާ އަށް ދެއްވި ކަމަށާއި، ނަމަވެސް އޭނާ އެ ހުށަހެޅުން ބަލައިނުގަތީ ކަމަށް ޓްރަމްޕް ވިދާޅުވި ެވެ. 

އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އީރާންގެ ވެރިޔަކަށް ވުމުގެ ފުރުސަތު ލިބި، އެކަން ބޭނުން ނުވި މީހަކު އޭނާ ނޫނީ ނުހުންނަވާނެ ކަމަށެވެ. އަދި އީރާން އިން ބޭނުން ވަނީ އެ ޤައުމުގެ ވެރިޔަކަށް އޭނާ ވަޑައިގަންނަވަން ކަަމަށް ބުނާ ވާހަކަ ވަރަށް ސާފުކޮށް އަޑު އިވޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

Your browser does not support the video tag.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ދެއްކެވި ވާހަކަ

އެމެރިކާ އާއި އިޒްރޭލް އިން ދިން ހަމަލާ ތަކެއްގައި އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލިއިރު، އޭގެ ހަފުތާއެއް ފަހުން އީރާން އިން ވަނީ އައު ރޫހީ ލީޑަރަކު އައްޔަން ކޮށްފަ އެވެ. އެގޮތުން އައު ރޫހީ ލީޑަރުގެ ގޮތުގައި އައްޔަން ކުރައްވާފައި ވަނީ އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އެވެ. 

މީގެ ކުރިން ޓްރަމްޕް ވަނީ، އީރާންގެ ރޫހީ ލީޑަރަަކަށް ހަމަޖައްސަން ޖެހޭނީ ވެސް، އޭނާ އާއި އެމެރިކާ އިން ރުހޭ މީހެއް ކަމަށް ވިދާޅުވެފަ އެވެ. އެހެން ނޫން ނަމަ، އެ މީހަކަށް ވެސް މާ ގިނަ ދުވަހު އެ މަގާމުގައި ނުހުންނެވޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވާފައިވެ އެވެ. ނަމަވެސް އީރާން އިން ބުނެފައި ވަނީ، އެ ޤައުމުގެ ރޫހީ ލީޑަރަކަށް ގެންނާނެ މީހަކު ކަނޑަ އަޅާނީ އެ ޤައުމުން ކަމަށެވެ.

މަސްދަރު: އެންޑީ ޓީވީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ

އިތުރަށް ކިޔާލަން

26 މާރިޗު 2026

އިރާގު ހަނގުރާމަ އަށް ވުރެ، މެދު އިރުމަތީގެ ހަނގުރާމަ ނުރައްކާތެރި: ސްޕެއިންގެ ބޮޑު ވަޒީރު

26 މާރިޗު 2026
އިރާގު ހަނގުރާމަ އަށް ވުރެ، މެދު އިރުމަތީގެ ހަނގުރާމަ ނުރައްކާތެރި: ސްޕެއިންގެ ބޮޑު ވަޒީރު
26 މާރިޗު 2026

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އަވަހާރަ ކޮށްލަން ހަމަލާ ދޭން އުޅުނު، އެކަން ހުއްޓުވީ ޕާކިސްތާން އިން އެދިގެން

26 މާރިޗު 2026
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އަވަހާރަ ކޮށްލަން ހަމަލާ ދޭން އުޅުނު، އެކަން ހުއްޓުވީ ޕާކިސްތާން އިން އެދިގެން
26 މާރިޗު 2026

ދެ ވަނަ ފަހަރަށް މަދޫރޯ ޝަރީއަތަށް ހާޒިރު ކުރަނީ

26 މާރިޗު 2026
ދެ ވަނަ ފަހަރަށް މަދޫރޯ ޝަރީއަތަށް ހާޒިރު ކުރަނީ
26 މާރިޗު 2026

ޓްރަމްޕް ވިދާޅުވީ އެމެރިކާ އަތުން އީރާންގެ ރައްޔިތުން މަރުވެދާނެތީ އެ ޤައުމުގެ ވެރިން ބިރު ގަންނަ ކަމަށް، އީރާން އިން ދަނީ އެމެރިކާގެ ޕްލޭން ދިރާސާ ކުރަމުން

26 މާރިޗު 2026
ޓްރަމްޕް ވިދާޅުވީ އެމެރިކާ އަތުން އީރާންގެ ރައްޔިތުން މަރުވެދާނެތީ އެ ޤައުމުގެ ވެރިން ބިރު ގަންނަ ކަމަށް، އީރާން އިން ދަނީ އެމެރިކާގެ ޕްލޭން ދިރާސާ ކުރަމުން
26 މާރިޗު 2026

އިޒްރޭލްގެ ސިފައިންގެ މަރުކަޒަކަށް ހިޒްބުﷲ އިން މިސައިލް ހަމަލާ ދީފި

26 މާރިޗު 2026
އިޒްރޭލްގެ ސިފައިންގެ މަރުކަޒަކަށް ހިޒްބުﷲ އިން މިސައިލް ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު