Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ވެނެޒުއެލާ

ދެ ވަނަ ފަހަރަށް މަދޫރޯ ޝަރީއަތަށް ހާޒިރު ކުރަނީ

26 މާރިޗު 2026 | ބުރާސްފަތި 07:46

މަދޫރޯއާ ދެކޮޅަށް އެމެރިކާ އިން ވަނީ ހަތަރު ދައުވާއެއް އުފުލާފައި އޭގެ ތެރޭގައި ނާާކޯ ޓެރަރިޒަމްގެ ރޭވުންތައް ރޭވުމާއި، ކޮކެއިން އެތެރެ ކުރުމަށް ރޭވުމާއި، މެޝިން ބަޑި އާއި ގޮވާ ތަކެތި ގެންގުޅުމުގެ އިތުރުން، އެފަދަ ހަތިޔާރު ހޯދުމަށް ރޭވުމުގެ ދައުވާ ހިމެނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މާރިޗު 2026 | ބުރާސްފަތި 07:46
އެމެރިކާގެ ސިފައިންގެ ބެލުމުގެ ދަށުން މީގެ ކުރިން އޮތް އަޑު އެހުމަށް މަދޫރޯ ހާޒިރު ކުރަނީ.

އެމެރިކާގެ ސިފައިންގެ ބެލުމުގެ ދަށުން މީގެ ކުރިން އޮތް އަޑު އެހުމަށް މަދޫރޯ ހާޒިރު ކުރަނީ. | ގެޓީ އިމޭޖަސް

އެމެރިކާގެ އަސްކަރިއްޔާ އިން ވެނެޒުއެލާގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވާ އެ ޤައުމުގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯ، ދެ ވަނަ ފަހަރަށް ނިއުޔޯކްގެ ކޯޓަކަށް ހާޒިރު ކުރަން ނިންމައިފި އެވެ. 

މި އަޑު އެހުން އޮތީ ބުދަ ދުވަހުގެ މެންދުނު އެމެރިކާ ގަޑިން 11:00 ޖަހާއިރު އެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް މަދޫރޯ ހައްޔަރު ކުރި ފަހުން، އޭނާ ކޯޓަށް ހާޒިރު ކުރާ ދެ ވަނަ ފަހަރެވެ. 

އުމުރުން 63 އަހަރުގެ މަދޫރޯ އާއި، އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޯރެސް ހައްޔަރު ކޮށްފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ކުރީ ކޮޅު އެވެ. އެއީ ވެނެޒުއެލާގައި ރިޔާސީ ގަނޑުވަރަށް ވަދެ، އަސްކަރިއްޔާ އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަނަށް ފަހ، ފާއިތުވި ތިން މަސް ދުވަހު މަދޫރޯ ހައްޔަރު ކޮށްފައި ހުރީ ބްރޫކްލިންގެ ޖަލެއްގަ އެވެ. 

2013 ވަނަ އަހަރުން ފެށިގެން ވެނެޒުއެލާގައި ވެރިކަން ކުރަމުން އައި މަދޫރޯ މަގާމުން ދުރު ކުރުމާ އެކު، ތެލުގެ މުއްސަނދިކަން ލިބިފައިވާ އެ ޤައުމު މިހާރު އޮތީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒުގެ ދަށުގަ އެވެ. މަދޫރޯ ހައްޔަރު ކުރުމާ އެކު، އޭނާގެ ނައިބު ރައީސާގެ މަގާމުގައި ހުންނެވި ޑެލްސީ ރޮޑްރިގޭޒް ވަނީ ވެނެޒުއެލާގެ ވަގުތީ ރައީސާގެ މަގާމާ ހަވާލުވެ ވަޑައިގެންފަ އެވެ. 

މަދޫރޯއާ ދެކޮޅަށް އެމެރިކާ އިން ވަނީ ހަތަރު ދައުވާއެއް އުފުލައިފަ އެވެ. އޭގެ ތެރޭގައި ނާާކޯ ޓެރަރިޒަމްގެ ރޭވުންތައް ރޭވުމާއި، ކޮކެއިން އެތެރެ ކުރުމަށް ރޭވުމާއި، މެޝިން ބަޑި އާއި ގޮވާ ތަކެތި ގެންގުޅުމުގެ އިތުރުން، އެފަދަ ހަތިޔާރު ހޯދުމަށް ރޭވުމުގެ ދައުވާ ހިމެނެ އެވެ. ނަމަވެސް މަދޫރޯ ވަނީ، އޭނާ އަކީ ހަނގުރާމައިގެ އަސީރެއް ކަަމަށް ވިދާޅުވެ، ހުރިހާ ދައުވާ ތަކަކަށް އިންކާރު ކުރައްވައިފަ އެވެ. 

ބުރާސްފަތި ދުވަހު އޮންނަ އަޑު އެހުމުގައި މަދޫރޯގެ ފަރާތުން މި މައްސަލަ ބާތިލު ކުރުމަށް އެދޭނެ ކަމަށް ބެލެވެ އެވެ. މަދޫރޯގެ ޤާނޫނީ ވަކީލު، ބެރީ ޕޮލަކް ވިދާޅުވި ގޮތުގައި، ވެނެޒުއެލާގެ ސަރުކާރުން ވަކީލުންގެ ފީ ދައްކަން ބޭނުންވި ނަމަވެސް، އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން އެކަމަށް ބޭނުންވާ ހުއްދަ މިހާތަނަށް ލިބިފައި ނުވެ އެވެ. މިއީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް މަދޫރޯ އަށް ލިބިގެންދާ ދުސްތޫރީ ހައްގަށް އަރައި ގަތުން ކަމަށް ބުނެ، އިޖުރާއީ ގޮތުން މައްސަލަ ބޭރު ކޮށްލުމަށް ވަކީލުން ދަނީ ވަކާލާތު ކުރަމުންނެވެ. 

މަސްދަރު: އޭއެފްޕީ

އެމެރިކާވެނެޒުއޭލާއެމެރިކާ-ވެނެޒުއެލާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލަސް މަދޫރޯ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

26 މާރިޗު 2026

ޓްރަމްޕް ވިދާޅުވީ އެމެރިކާ އަތުން އީރާންގެ ރައްޔިތުން މަރުވެދާނެތީ އެ ޤައުމުގެ ވެރިން ބިރު ގަންނަ ކަމަށް، އީރާން އިން ދަނީ އެމެރިކާގެ ޕްލޭން ދިރާސާ ކުރަމުން

26 މާރިޗު 2026
ޓްރަމްޕް ވިދާޅުވީ އެމެރިކާ އަތުން އީރާންގެ ރައްޔިތުން މަރުވެދާނެތީ އެ ޤައުމުގެ ވެރިން ބިރު ގަންނަ ކަމަށް، އީރާން އިން ދަނީ އެމެރިކާގެ ޕްލޭން ދިރާސާ ކުރަމުން
26 މާރިޗު 2026

ރާއްޖެ އިން އެމެރިކާގެ ވައިގެ ސިފައިންނާ ގުޅިގެން ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަނީ

26 މާރިޗު 2026
ރާއްޖެ އިން އެމެރިކާގެ ވައިގެ ސިފައިންނާ ގުޅިގެން ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަނީ
25 މާރިޗު 2026

އީރާނުގެ މަލާމާތް ޓްރަމްޕަށް، އެމެރިކާ އިން މަޝްވަރާ ކުރަނީ އެމީހުން އަމިއްލަ އަށް އެކަނި ތިބެގެން

25 މާރިޗު 2026
އީރާނުގެ މަލާމާތް ޓްރަމްޕަށް، އެމެރިކާ އިން މަޝްވަރާ ކުރަނީ އެމީހުން އަމިއްލަ އަށް އެކަނި ތިބެގެން
25 މާރިޗު 2026

ޓްރަމްްޕްގެ އަމިއްލަ ރިސޯޓު މާ އަ ލާގޯ ހިމެނޭ ފްލޮރިޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑި، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ކާމިޔާބު ކޮށްފި

25 މާރިޗު 2026
ޓްރަމްްޕްގެ އަމިއްލަ ރިސޯޓު މާ އަ ލާގޯ ހިމެނޭ ފްލޮރިޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑި، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ކާމިޔާބު ކޮށްފި
25 މާރިޗު 2026

ސުލްޙައިގެ މަޝްވަރާ ތަކުގައި މެދުވެރިއްގެ ދައުރު އަދާ ކުރަން ޕާކިސްތާން އޮތީ ތައްޔާރަށް

25 މާރިޗު 2026
ސުލްޙައިގެ މަޝްވަރާ ތަކުގައި މެދުވެރިއްގެ ދައުރު އަދާ ކުރަން ޕާކިސްތާން އޮތީ ތައްޔާރަށް
25 މާރިޗު 2026

އީރާނުން އަހަރެންނަށް ތެލާގައި ގޭހުގެ ހަދިޔާއެއް ދީފި. އީރާނުގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރަން: ޓްރަމްޕް

25 މާރިޗު 2026
އީރާނުން އަހަރެންނަށް ތެލާގައި ގޭހުގެ ހަދިޔާއެއް ދީފި. އީރާނުގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރަން: ޓްރަމްޕް
24 މާރިޗު 2026

އިޒްރޭލްގެ މަސްހަލަތު ހިމާޔަތް ކުރުމަށް، ނަތަންޔާހޫ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

24 މާރިޗު 2026
އިޒްރޭލްގެ މަސްހަލަތު ހިމާޔަތް ކުރުމަށް، ނަތަންޔާހޫ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި
24 މާރިޗު 2026

ރައީސް މުޢިއްޒުގެ ބައްދަލުވުން ކެންސަލް ކުރެއްވުމަށް ފަހު، ޓްރަމްޕްގެ މަންދޫބު ސާޖިއޯ ފުރާވަޑައިގެންފި

24 މާރިޗު 2026
ރައީސް މުޢިއްޒުގެ ބައްދަލުވުން ކެންސަލް ކުރެއްވުމަށް ފަހު، ޓްރަމްޕްގެ މަންދޫބު ސާޖިއޯ ފުރާވަޑައިގެންފި
23 މާރިޗު 2026

ޓްރަމްޕްގެ މަންދޫބު ސާޖިއޯގެ ދަތުރު ރާއްޖެ އިން ސިއްރު ކޮށްގެން އުޅުމަށް ފަހު، ނޫސްވެރިން ސުވާލު ކުރުމުން ރާއްޖޭގައި އޭނާ ހުންނެވި ކަަމަށް ސަރުކާރުން އެއްބަސްވެއްޖެ

23 މާރިޗު 2026
ޓްރަމްޕްގެ މަންދޫބު ސާޖިއޯގެ ދަތުރު ރާއްޖެ އިން ސިއްރު ކޮށްގެން އުޅުމަށް ފަހު، ނޫސްވެރިން ސުވާލު ކުރުމުން ރާއްޖޭގައި އޭނާ ހުންނެވި ކަަމަށް ސަރުކާރުން އެއްބަސްވެއްޖެ
22 މާރިޗު 2026

ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

22 މާރިޗު 2026
ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް