Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި

ހޫތީން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިޒްރޭލް އަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލް ހަމަލާ ތަކެއް ދީފައި ވަނީ، އީރާން އާއި، ލުބުނާން އާއި، އިރާގުގެ އިތުރުން ފަލަސްޠީނުގެ ބިން ތަކުގެ އުމްރާނީ ވަސީލަތް ތަކަށް އިޒްރޭލް އިން މެދު ނުކެނޑި ދެމުންދާ ހަމަލާ ތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 މާރިޗު 2026 | ހޮނިހިރު 11:18
ޔަމަނުން ފޮނުވާލި ކަމަށް އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނާ މިސައިލެއް

ޔަމަނުން ފޮނުވާލި ކަމަށް އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނާ މިސައިލެއް | އޭއެފްޕީ

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް ރަސްމީކޮށް ވަދެ، ޔަމަންގެ ހޫޘީން ފުރަތަމަ ފަހަރަށް އިޒްރޭލް އަށް ވަރުގަދަ މިސައިލް ހަމަލާ ތަކެއް ދީފައިވާކަން އެ ޖަމާއަތުން ކަށަވަރު ކޮށްދީފި އެވެ.

މި ހަމަލާ ދީފައިވާކަން ހޮނިހިރު ދުވަހު ހޫތީން އިއުލާން ކުރިއިރު، އިޒްރޭލްގެ އަސްކަރިއްޔާ އިން ވެސް ވަނީ ޔަމަން އިން ފޮނުވާލި މިސައިލެއް ދެނެގަނެވިފައިވާ ކަމަށް ބުނެފަ އެވެ. މިއީ މި ހަނގުރާމަ ފެށުނު ފަހުން ޔަމަން އިން އިޒްރޭލް އަށް މިސައިލް ހަމަލާއެއް އަމާޒު ކުރި ފުރަތަމަ ފަހަރެވެ. 

ހޫތީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިޒްރޭލް އަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލް ހަމަލާ ތަކެއް ދީފައި ވަނީ، އީރާން އާއި، ލުބުނާން އާއި، އިރާގުގެ އިތުރުން ފަލަސްޠީނުގެ ބިން ތަކުގެ އުމްރާނީ ވަސީލަތް ތަކަށް އިޒްރޭލް އިން މެދު ނުކެނޑި ދެމުންދާ ހަމަލާ ތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. އަދި ހުރިހާ ފްރަންޓު ތަކެއްގައި އިޒްރޭލް އިން ހިންގަމުންދާ އުދުވާާންތައް ހުއްޓާލަންދެން، އެ ޖަމާއަތުގެ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ދާނެ ކަމުގެ އިންޒާރު ވެސް ހޫތީން ވަނީ ދީފަ އެވެ. 

މި ހަމަލާ ދިނުމުގެ މަދު ގަޑިއިރު ތަކެއް ކުރިން، ހުކުރު ދުވަހު ހޫތީން ވަނީ އީރާާން އާއި، "އެކްސިސް އޮފް ރެސިޓެންސް"އާ ދެކޮޅަށް އިޒްރޭލް އިން ހިންގާ ހަރަކާތްތައް ވަރުގަދަ ކުރާ ނަމަ، އެކަމަށް ރައްދު ދިނުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ. ނަމަވެސް، އެ ރައްދު އަންނާނެ ގޮތެއް އޭރު ހާމަ ކޮށްފައި ނުވެ އެވެ. އިޒްރޭލްގެ އަސްކަރިއްޔާ އިން ހޮނިހިރު ދުވަހުގެ ހެނދުނު ބުނި ގޮތުގައި، ޔަމަން އިން ފޮނުވާލި މިސައިލް ދެނެ ގަނެވިފައި ވަނީ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށެވެ. 

މި ހަނގުރާމައިގެ ތެރެއަށް ހޫތީން ރަސްމީކޮށް ވަނުމާ އެކު، މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިގެން ދިޔުމުގެ ބިރު މި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޚާއްސަކޮށް ޔަމަންއާ ދުރުގައި ހުންނަ އަމާޒު ތަަކަށް ހަަމަލާ ދިނުމުގެ ޤާބިލުކަން ހޫތީންގެ ކިބައިގައި ހުރުމާއި، އަރަބި ކަނޑާއި، ރަތް ކަނޑުގެ ދަތުރު ފަތުރުގެ މަގު ތަކަށް ހުރަސް އެޅުމުގެ ބާރު އެ ޖަމާއަތަށް ލިބިފައިވުމުން، މިއީ ބައިނަލްއަޤުވާމީ މުޖުތަމައުން ކަންބޮޑުވާ ކަމެކެވެ. 

މަސްދަރު: އެޖެންސީސް

އީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޔަމަން-އިސްރާއިލް ހަނގުރާމަ ހޫޡީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވަލީ އަހުދު މުޙައްމަދަކީ ވަރަށް ގާތް އެކުވެރިއެއް، އެއީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް: ޓްރަމްޕް

ވަލީ އަހުދު މުޙައްމަދަކީ ވަރަށް ގާތް އެކުވެރިއެއް، އެއީ ސައުދީ އިން ފަޚުރުވެރިވާން ޖެހޭ ލީޑަރެއް: ޓްރަމްޕް

28 މާރިޗު 2026
މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ

މި ހަފުތާގެ ތެރޭގައި އީރާންއާ އެކު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އެމެރިކާ ސަރުކާރުން އުންމީދު ކުރޭ

28 މާރިޗު 2026
އީރާނާ އެކު އެއްބަސްވުމެއް ބޭނުން، 3،554 އަމާޒެއް ހުރީ އެމެރިކާގެ ރާޑަރުގައި: ޓްރަމްޕް

އީރާނާ އެކު އެއްބަސްވުމެއް ބޭނުން، 3،554 އަމާޒެއް ހުރީ އެމެރިކާގެ ރާޑަރުގައި: ޓްރަމްޕް

28 މާރިޗު 2026
އީރާނުގެ ހެކަރުން، އެފްބީއައިގެ ޑިރެކްޓަރުގެ އީމެއިލް ހެކްކޮށްފި

އީރާނުގެ ހެކަރުން، އެފްބީއައިގެ ޑިރެކްޓަރުގެ އީމެއިލް ހެކްކޮށްފި

28 މާރިޗު 2026
އެމެރިކާ އާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި

އެމެރިކާ އާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި

26 މާރިޗު 2026

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު