Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ދުބާއީ ގައި ޔޫކްރެއިންގެ ޑްރޯން ހަމަލާތަކުން ދިފާއުވާ ނިޒާމުތައް ރައްކާކޮށްފައި ހުރި ގުދަނެއް ސުންނާފަތިކޮށްލާފައިވާ ކަމަށް އީރާނުން ބުނެފި

ދުބާއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ޔޫކްރެއިންގެ އެންޓި-ޑްރޯން ނިޒާމުތައް ރައްކާކޮށްފައި ހުރި ގުދަނަކަށް އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި. އީރާނުން ދިން މި ހަމަލާގައި ޔޫކްރެއިންގެ 21 މީހަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އައި.އާރު.ޖީ.ސީ އިން ބުނޭ. މި އޮޕަރޭޝަނަކީ އެމެރިކާގެ އަސްކަރީ ބާރުތަކަށް އަމާޒުކޮށް އީރާނުގެ ކަނޑުގެ ސިފައިންނާއި އެއިރޯސްޕޭސް ފޯސް ގުޅިގެން ހިންގި ހައިބްރިޑް ހަރަކާތެއް.

ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 02:02
އީރާނުން ފޮނުވާލި މިސައިލެއް، ދުބާއީގެ ޕާމް ޖުމެއިރާގެ އަގުބޮޑު ސަރަހައްދަކަށް އަމާޒުވެފައި.

އީރާނުން ފޮނުވާލި މިސައިލެއް، ދުބާއީގެ ޕާމް ޖުމެއިރާގެ އަގުބޮޑު ސަރަހައްދަކަށް އަމާޒުވެފައި. | އެކްސް

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ހިންގި މިސައިލް އޮޕަރޭޝަނެއްގައި ޔޫކްރެއިންގެ ޑްރޯން ހަމަލާތަކުން ދިފާއުވާ ނިޒާމުތައް ރައްކާކޮށްފައި ހުރި ގުދަނެއް، ސުންނާފަތިކޮށްލާފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އިއުލާނުކޮށްފިއެވެ.

އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްގެ ތަރުޖަމާނު ހޮނިހިރު ދުވަހު ވިދާޅުވީ، ދުބާއީގައި ތިބި އެމެރިކާގެ ކޮމާންޑަރުންނާއި ސިފައިން ތިބޭ ތަންތަނަށް އަމާޒުކޮށް ދިން ހަމަލާތަކާ އެކުއެކީގައި، އެމެރިކާ ސިފައިންނަށް އެހީތެރިވުމަށް ޔޫކްރެއިންއާ ގުޅުންހުރި އެންޓި-ޑްރޯން ނިޒާމުތައް ރައްކާކޮށްފައި ހުރި ގުދަނަކަށް ވެސް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާތަކުގައި އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޔޫކްރެއިންގެ މި ގުދަން ހަލާކުކޮށްލާފައިވަނީ އައި.އާރު.ޖީ.ސީގެ އެއިރޯސްޕޭސް ފޯސް އާއި ކަނޑުގެ ސިފައިން ގުޅިގެން ހިންގި ހައިބްރިޑް އޮޕަރޭޝަނެއްގައެވެ. އަދި އެ ވަގުތު އެ ސަރަހައްދުގައި ޔޫކްރެއިންގެ 21 މީހަކު ތިބިކަން ވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، އެ ގުދަނުގައި ތިބި ޔޫކްރެއިންގެ ސިފައިންނަށް ވީނުވީއެއް އެނގެން ނެތް ނަމަވެސް، ބޮޑަށް ބެލެވެނީ އެ އެންމެން ވެސް މި ހަމަލާގައި މަރުވެފައިވާ ކަމަށެވެ.

ޔޫކްރެއިންދުބާއީއީރާންއައިއާރުޖީސީއީރާން-ޔޫއެސްއޭ-އިޒްރޭލް

އިތުރަށް ކިޔާލަން

29 މާރިޗު 2026

އީރާނުގެ ހަމަލާތަކުގައި 500 އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުން ވެއްޖެ: އަސްކަރީ ތަރުޖަމާނު

29 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި 500 އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުން ވެއްޖެ: އަސްކަރީ ތަރުޖަމާނު
29 މާރިޗު 2026

އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

29 މާރިޗު 2026
އިޒްރޭލާއި އެމެރިކާގެ ޔުނިވަރސިޓީ ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
29 މާރިޗު 2026

އިރާނަށް އެއްގަމު މަގުން އެރުމަށް އެމެރިކާގެ 3500 ސިފައިން މެދު އިރުމައްޗަށް އަތުވެއްޖެ

29 މާރިޗު 2026
އިރާނަށް އެއްގަމު މަގުން އެރުމަށް އެމެރިކާގެ 3500 ސިފައިން މެދު އިރުމައްޗަށް އަތުވެއްޖެ
29 މާރިޗު 2026

އީރާނުން އެމިރޭޓްސާއި ބަހްރައިންގެ ކާރުޚާނާތަކަށް މިސައިލް ހަމަލާދީފި

29 މާރިޗު 2026
އީރާނުން އެމިރޭޓްސާއި ބަހްރައިންގެ ކާރުޚާނާތަކަށް މިސައިލް ހަމަލާދީފި
26 މާރިޗު 2026

އީރާނުގެ ރަށެއް ހިފުމަށް ދުޝްމަނުންނަށް އެހީތެރިވެއްޖެ ކޮންމެ ގައުމަކަށް އެއްވެސް ބެލުމެއް، މެދުކެނޑުމެއް ނެތި ހަމަލާ ދޭނަން: އީރާން

26 މާރިޗު 2026
އީރާނުގެ ރަށެއް ހިފުމަށް ދުޝްމަނުންނަށް އެހީތެރިވެއްޖެ ކޮންމެ ގައުމަކަށް އެއްވެސް ބެލުމެއް، މެދުކެނޑުމެއް ނެތި ހަމަލާ ދޭނަން: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު