Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރްޑީސީ

އިންތިޚާބާ ދިމާކޮށް "ހަމައެއް ލަމައެއް" ނެތި އާރްޑީސީގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދޭތީ މަޖިލީހަށް މައްސަލަ އެއް ހުށަހަޅައިފި

މީގެ އިތުރުން، ކޮރަޕްޝަންގެ ތުހުމަތުތަކެއް އާރްޑީސީ އަށް ކުރެވެމުންދާ ދަނޑިވަޅެއްގައި އެކި ރަށްރަށުން 150 މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވާތީ، އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. އާރްޑީސީން ކުރި އިއުލާނުތަކަށް ބަލާއިރު، އެންމެ ގިނަ މުވައްޒަފުން ހޯދަނީ ހއ. އުލިގަމާއި އއ. ރަސްދޫ އަށް. އެއިން ކޮންމެ ރަށަކަށް 50 މުވައްޒަފުން ހޯދުމަށް ވަނީ އިއުލާނުކޮށް . މީގެ އިތުރުން ކ. ކާށިދޫ އަށް 24 މުވައްޒަފުން، ތ. މަޑިފުށްޓަށް 13 މުވައްޒަފުން، ޅ. ނައިފަރަށް 12 މުވައްޒަފުން އަދި ޅ. ހިންނަވަރަށް އެއް މުވައްޒަފަކު ހޯދުމަށް ވަނީ ހަމަޖެހިފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 27 މާރިޗު 2026 | ހުކުރު 14:22
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ރައީސް މުއިއްޒު އާ ސަލާމް ކުރައްވަނީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ރައީސް މުއިއްޒު އާ ސަލާމް ކުރައްވަނީ | އާރްޑީސީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މުވައްޒަފުންނަށް އެއްވެސް އުސޫލެއް ނެތި ކުރިއެރުން ނުވަތަ ޕްރޮމޯޝަން ދެމުންދާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް މީކާއީލް ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާ ދިމާކޮށް، އާރްޑީސީގެ މުވައްޒަފުންނަށް އެއްވެސް ހަމައެއް ލަމައެއް ނެތި ޕްރޮމޯޝަން ދެމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މެދުވެރިކޮށް އެ ކުންފުނީގެ ގިނަ މައުލޫމާތުތަކެއް ސާފުކޮށްދިނުމަށް މީކާއީލް ވަނީ އެދިވަޑައިގެންފަ އެވެ.

މީކާއީލް އެދިވަޑައިގެންފައިވަނީ 28 ނޮވެންބަރު 2023 އިން ފެށިގެން މި ހިނގާ މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިންގުމާ ގުޅޭ މުހިންމު ތަފުސީލުތައް ހޯދުމަށެވެ. އޭގެ ތެރޭގައި އާރްޑީސީގައި ޕްރޮމޯޝަން ދޭ އުސޫލުތަކާއި މިންގަނޑުތަކުގެ އިތުރުން، ކުންފުނީގެ ހިންގުމުގެ އޮނިގަނޑާއި، މުވައްޒަފުންގެ އަދަދާއި، ވަޒީފާތަކުގެ ގިންތިތައް ކަނޑައަޅާފައިވާ ގޮތް ހިމެނެ އެވެ. އަދި ވޭތުވެދިޔަ ދެ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ކުންފުނީގެ ބޯޑުން ނިންމާފައިވާ ނިންމުންތައް ހޯދުމަށްވެސް ވަނީ އެދިފަ އެވެ.

މީގެ އިތުރުން، ކުރީގެ މުވައްޒަފުންގެ ތަފުސީލާއި، ޕްރޮމޯޝަން ދިން ގޮތުގެ ތަފުސީލާއި، މެނޭޖިން ޑިރެކްޓަރުގެ ބިއުރޯގައި ތިބި މުވައްޒަފުންގެ މައުލޫމާތު ހޯދުމަށްވެސް މީކާއީލް ވަނީ ހުށަހަޅުއްވާފަ އެވެ. ހަމައެއާއެކު، އެކި ސެކްޝަންތަކާއި ޑިޕާޓްމަންޓުތަކުގެ ވެރިންގެ ތަފުސީލާއި، މިދިޔަ ޖުލައި މަހުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ބޯޑުން ނިންމި ހުރިހާ ނިންމުންތަކެއް ހޯދައި، މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގެ ބައްދަލުވުމެއް ވީހާވެސް އަވަހަށް ބާއްވައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އާރްޑީސީ އަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި، އެ ކުންފުނިން ވަނީ މި މަހުގެ 14 ވަނަ ދުވަހު ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށްވެސް އިއުލާނުކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ ހަ ރަށެއްގެ ސައިޓުތަކަށް ބޭނުންވާ 150 ވަޒީފާއަކަށް މުވައްޒަފުން ހޯދުމަށް ވަނީ ހުޅުވާލާފަ އެވެ. މިއީވެސް އިންތިޚާބާ ދިމާކޮށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

އާރްޑީސީން ކުރި އިއުލާނުތަކަށް ބަލާއިރު، އެންމެ ގިނަ މުވައްޒަފުން ހޯދަނީ ހއ. އުލިގަމާއި އއ. ރަސްދޫ އަށެވެ. އެއިން ކޮންމެ ރަށަކަށް 50 މުވައްޒަފުން ހޯދުމަށް ވަނީ އިއުލާނުކޮށް ފައެވެ. މީގެ އިތުރުން ކ. ކާށިދޫ އަށް 24 މުވައްޒަފުން، ތ. މަޑިފުށްޓަށް 13 މުވައްޒަފުން، ޅ. ނައިފަރަށް 12 މުވައްޒަފުން އަދި ޅ. ހިންނަވަރަށް އެއް މުވައްޒަފަކު ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ.

އެޕްރީލް 4 ވަނަ ދުވަހު ބާއްވާ ލޯކަލްކައުސިލްް ތަކުގެ އިންތިހާބާއި، ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރުމަށްޓަކާ، ރައީސް މުއިއްޒު ގެންދަވަނީ ސަރުކާރުގެ ވަސީލަތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން، ވޯޓަށް ނުފޫޒު ފޯރުވުމުގެ އެތައް އަމަލެއް ހިންގަމުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންމީކާއިލް އަހުމަދު ނަސީމްކަރަޕްޝަން ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ސިޓީ އިން ރައީސް ސޯލިހް އާއި އެމްޑީޕީގެ ޓީމަށް ހޫނު މަރުހަބާ އެއް

ފުވައްމުލަކު ސިޓީ އިން ރައީސް ސޯލިހް އާއި އެމްޑީޕީގެ ޓީމަށް ހޫނު މަރުހަބާ އެއް

27 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު

ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު

27 މާރިޗު 2026
ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

27 މާރިޗު 2026
ޚަރަދު ކުޑަ ކުރަން ސަރުކާރުގެ ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ-ފިޔަވަޅުތައް އިއުލާން ކުރާނީ އިންތިޚާބަށް ފަހު

ޚަރަދު ކުޑަ ކުރަން ސަރުކާރުގެ ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ-ފިޔަވަޅުތައް އިއުލާން ކުރާނީ އިންތިޚާބަށް ފަހު

27 މާރިޗު 2026
ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް

ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް

27 މާރިޗު 2026

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު