Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚަރަދު ކުޑަކުރުމުގެ ފިޔަވަޅު

ޚަރަދު ކުޑަ ކުރަން ސަރުކާރުގެ ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ-ފިޔަވަޅުތައް އިއުލާން ކުރާނީ އިންތިޚާބަށް ފަހު

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ރަސްމީ ހަފުލާތަކާއި ބޭރުގެ ދަތުރުތައް މަދުކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ ކަމަށް އަދަދު ނޫހުން ރިޕޯޓްކޮށްފައިވޭ. ނަމަވެސް ކުރިއަށް އޮތް އިންތިޚާބާ ގުޅިގެން މި ފިޔަވަޅުތައް އިއުލާނުކުރުން ލަސްކުރަމުންދާ ކަމަށް ރިޕޯޓްކޮށްފައިވޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 27 މާރިޗު 2026 | ހުކުރު 02:10
ރައީސް މުއިއްޒު ކެބިނެޓް ވަޒީރުންނާއެކު

ރައީސް މުއިއްޒު ކެބިނެޓް ވަޒީރުންނާއެކު | ރައީސް އޮފީސް

ރާއްޖޭގެ މާލީ ހާލަތު ގޯސްވިޔަ ނުދިނުމަށް، ޚަރަދުކުޑަ ކުރަން ސަރުކާރުގެ ޚާއްސަ ފިޔަވަޅުތަކެއް އަޅަން މަޝްވަރާ ކޮށްފި އެވެ.

މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާ ގޮތް ނުވެފަ އެވެ. އެހެންނަމަވެސް "އަދަދު" ނޫހަށް މައުލޫމާތު ދެމުން ސަރުކާރުގެ ބައެއް ފަރާތްތަކުން ވަނީ ޚަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅާ ކަމަށާއި އެ ފިޔަވަޅުތައް އާއްމު ނުކުރަނީ ކުރިއަށް އިންތިޚާބެއް އޮތުމުން ކަމަށެެވެ. 

ސަރުކާރުގެ އޮފިޝަލުން ވަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނާޅާ ފަރުޖެހެން ނެތް ކަމަށް ފާހަގަކުރައްވާފަ އެވެ. އެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހާރިޖީ ވުޒާރާ ނޫން ވުޒާރާތަކުން ރާއްޖެއިން ބޭރަށް ދަތުރު ނުކުރުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ. 

މީގެ އިތުރުން ބޮޑެތި ހަފްލާތައް ނުބޭއްވުމާއި، އަތޮޅުތެރޭގެ ދަތުރުތައް މަދުކުރުމާއި، ޕްރޮޖެކްޓްތަކުގެ މުއްދަތު ދިގުދަންމާލުން ވެސް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ. ހަމައެހެންމެ ދައުލަތުގެ އޮފީސްތައް ހުޅުވާ ގަޑި މަދު ކުރުމާއި، މުސާރައިގެ ކުރިއެރުން ދިނުން މަޑު ޖައްސާލުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ.

މި ކަމާއި މެދު ސަރުކާރުގެ ބަހެއް ލިބިފައި ނުވާ އިރު ސަރުކާރުން ދަނީ ރާއްޖޭގެ މާލީ ހާލަތު ގޯސް ނޫން ކަމަށް ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ރާއްޖޭގެ މާލިއްޔާ އަށް އިހުމާލުވަމުންދާ ކަމަށް ބުނެ އެތައް ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. 

މޫސާ ޒަމީރުލޯކަލް ކައުންސިލް އިންތިޚާބު 2026ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

27 މާރިޗު 2026

ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް

27 މާރިޗު 2026
ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް
26 މާރިޗު 2026

މިއަދުގެ ހާލަތަކީ، ކޮންމެ ދުވަހެއްގެ އިރު އޮއްސެނީ ޤާނޫނީ ވެރިކަމަށް އެތައް ސުވާލެއް ކުރިމަތި ކުރުވާފައި: ރައީސް ސޯލިހު

26 މާރިޗު 2026
މިއަދުގެ ހާލަތަކީ، ކޮންމެ ދުވަހެއްގެ އިރު އޮއްސެނީ ޤާނޫނީ ވެރިކަމަށް އެތައް ސުވާލެއް ކުރިމަތި ކުރުވާފައި: ރައީސް ސޯލިހު
26 މާރިޗު 2026

"އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި: މެނިފެސްޓޯގައި ބަދަހި، ނޫ ފަހި އައްޑޫ އަކަށް ބޭނުންވާ އެތައް ކަމެއް!

26 މާރިޗު 2026
"އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި: މެނިފެސްޓޯގައި ބަދަހި، ނޫ ފަހި އައްޑޫ އަކަށް ބޭނުންވާ އެތައް ކަމެއް!
26 މާރިޗު 2026

އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!

26 މާރިޗު 2026
އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!
26 މާރިޗު 2026

ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު

26 މާރިޗު 2026
ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު