Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެ އިންތިޚާބު އެއްކޮށްލުން

ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ބާއްވާ ރެފަރެންޑަމަކީ ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ނުދީ، އޮޅުވާލުމުގެ ތެރެއިން ބާއްވާ ވޯޓެއް ކަމަށް ބުނެ ގާނޫނީ ވަކީލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މިކަމުގެ ސަބަބުން ރައްޔިތުންގެ ބާރުތައް ހަނިވެ، އިންތިޚާބީ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ވަކީލުން ފާހަގަކުރޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 27 މާރިޗު 2026 | ހުކުރު 14:17
ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމް

ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމް | ރާއްޖެ އެމްވީ

ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް ކަމަށް  ޤާނޫނީ ވަކީލް އައިކު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ދެ އިންތިޚާބު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ އެންމެ ބޮޑު ސަބަބަކީ މިއީ މުޅި ދައުލަތް ބޭނުންކޮށްގެން އޮޅުވާލައިގެން ބާއްވާ އިންތިޚާބަކަށް ވުން ކަމަށް އޭނާ ވިދާޅުވި އެވެ. އައިކު ވިދާޅުވީ މި އިންތިޚާބާއި ގުޅޭ ގޮތުން ކޯޓުގައި އިލެކްޝަންސް ކޮމިޝަނުން ދެއްކި ވާހަކަތަކަށް ބަލާ އިރު އެ ކޮމިޝަން އަމިއްލަ އަށް ފެއިލްވެފައި ވާ ކަމަށެވެ. މިފަދަ ވޯޓެއް ނަގާ އިރު ވޯޓާއި ގުޅުން ހުރި ހުރިހާ ވާހަކަ އެއް ހުންނަން ވާނީ އާއްމުންނަށް ސާފު ވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެ އިންތިޚާބު އެއްކޮށްލަން ޖެހޭ ކަމަށް ބުނެ ދައްކާ ހުއްޖަތުތައް ވެސް މިހާރު ހުންނަން ވާނީ ސާފު ވެފައި ކަމަށް އައިކު ވަނީ ވިދާޅުވެފަ އެވެ. 

"ބާކީ ތިބި އެންމެން ކަރަށް ފައިން އަރާފައި، ވަޒީފާ އެއްގައި ތިނަދޫގައި ހުރި މީހެއް ވިއްޔާ އިހަވަންދޫ އަށް ބަދަލުކޮށްފައި މިގޮތަށް ނަގާ ވޯޓަކީ ހަގީގަތުގައި ރައްޔިތުންގެ އިންޓްރެސްޓްގައި ކުރެވޭ ކަންކަމެއް ނޫން. މިއީ ޑރ.މުއިއްޒުގެ އީގޯ އަށް ފީޑްކުރަން ކުރާ ކަމެއް. " އައިކު ވިދާޅުވި އެވެ.

އައިކު ވަނީ މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ބާރުތައް ދަމަހައްޓަން ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ގާތް ވެގެން އަންނަ އިރު ވާދަވެރިކަން ބޮޑު ދެ އިންތިޚާބު އެއްކޮށްލާ ސަބަބެއް ސާފު ނުވާ ކަމަށެވެ. އަދި ދެ އިންތިޚާބު އެއްކޮށްލުމާއި މެދު ބާއްވާ ރެފަރެންޑަމް އެހެން ވޯޓަކާއި އެއްކޮށްލައިގެން ބާއްވާ ނިޔަތާއި މެދު އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ. އޭގެ ބޭނުމަކީ ރައްޔިތުންގެ ފޯކަސް އެހެން ކަމަކަށް ހުރި ވަގުތު ބެލުމަށް ފަހު، ރަނގަޅު މައުލޫމާތު ނުދީ ރެފަރެންޑަމް ބޭއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް މައުލޫމާތެއް ނުދީ ރައްޔިތުން މެނިޕިއުލޭޓްކޮށްގެން ބާއްވާ އިންތިޚާބެއް މިއީ. ވަރަށް ބޮޑަށް ބިރު އެބަ އޮތް މިހެން މިކަން ވެއްޖެ ނަމަ އަސާސީ ހައްގުތައް ހަނިވެ ދެން އިތުރު ވޯޓެއް ނުލެވުމުގެ ފުރުސަތު ވެސް އެބަ އޮތް." މައުރޫފް ވިދާޅުވި އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ޤާނޫނީ ވަކީލުން ދަނީ ބުނަމުންނެވެ. އަދި ރިޔާސީ އިންތިޚާބާއި ކައުންސިލް އިންތިޚާބާއި އެއްކޮށްލުމަކީ ރައްޔިތުންގެ ބާރު ނަގާލުން ކަމަށް ވެސް މިކަމާއި ދެކޮޅަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނެ އެވެ.

ޑރ. މުއިއްޒުއައިކު އަހުމަދު އީސާރާއްޖެ ޓީވީއިލެކްޝަންސް ކޮމިޝަންމައުރޫފްލޯކަލް ކައުންސިލް އިންތިޚާބު 2026ނޫނެކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ރިފެރެންޑަމް ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރާ ކަންކަން އިތުރަށް ގޯސްވާނެ، މި ވޯޓަށް ނޫނެކޭ ބުނަން ޖެހޭ: އަމްރު

ރިފެރެންޑަމް ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރާ ކަންކަން އިތުރަށް ގޯސްވާނެ، މި ވޯޓަށް ނޫނެކޭ ބުނަން ޖެހޭ: އަމްރު

27 މާރިޗު 2026
ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

27 މާރިޗު 2026
ޚަރަދު ކުޑަ ކުރަން ސަރުކާރުގެ ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ-ފިޔަވަޅުތައް އިއުލާން ކުރާނީ އިންތިޚާބަށް ފަހު

ޚަރަދު ކުޑަ ކުރަން ސަރުކާރުގެ ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ-ފިޔަވަޅުތައް އިއުލާން ކުރާނީ އިންތިޚާބަށް ފަހު

27 މާރިޗު 2026
ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް

ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް

27 މާރިޗު 2026
 ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"

ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"

27 މާރިޗު 2026

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު