Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޚިޔާލު ހޯދުމުގެ ވޯޓު

ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

ސަނީފް ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ޑިކްޓޭޓަރެއްގެ ސިފައިގައި ހުންނަވައިގެން ކަމަށާއި، ޚުދުމުޚުތާރު ދިގު ވެރިކަމަކަށް މިސްރާބު ޖަހާފައިވާ ކަމަށް. އެގޮތުން ގާނޫނީ ރުކުންތަކުގެ ތެރެއިން ފަހަރަކު ރުކުނެއް ބަދަލު ކުރަމުންދާ ކަމަށާއި، ރާއްޖޭގެ ދުސްތޫރީ ނިޒާމު އެއްކޮށް ހަލާކު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި. އަދި ވިދާޅުވީ މިއަދު ރައްޔިތުންގެ އަތުގައި ބާރު އެބައޮތް ކަމަށާއި، އެބޭރުގެ ބޭނުންކޮށް ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 މާރިޗު 2026 | ހުކުރު 09:56
ނޫނެކޭ ޕްރޮގްރާމްގައި ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވާހަކަ ދައްކަވަނީ

ނޫނެކޭ ޕްރޮގްރާމްގައި ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ކުރިއަށް މިއޮތް ރިފެރެންޑަމަށް ނޫނެކޭ ރައްޔިތުން ބުނަން ޖެހޭ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން ނޫނެކޭ ޕްރޮގްރާމްގައި ސަނީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއެކު ނަގާ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނަގާ ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.  

ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުރިކަން ފާހަގަކުރައްވައި ސަނީފް ވިދާޅުވީ އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ހަލަބޮލިކަން ގައުމަށް ކުރިމަތިވާ ކަމަށް ބުނެ ސަރުކާރުން ދައްކަމުންދަނީ ހުސް ބަހަނާ ކަމަށާއި، އެއީ ރައްޔިތުންގެ އަތުގައި އޮތް ބާރެއް ނިގުޅައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރަށް ރިފެރެންޑަމް ކާމިޔާބު ވެއްޖެނަމަ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އުވާލެވޭ ކަމަށާއި، މި ސުވާލު ވެސް ރައްޔިތުން އުފައްދަން ޖެހޭ ކަމަށެވެ. 

މީގެ އިތުރުން ސަނީފް ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ޑިކްޓޭޓަރެއްގެ ސިފައިގައި ހުންނަވައިގެން ކަމަށާއި، ޚުދުމުޚުތާރު ދިގު ވެރިކަމަކަށް މިސްރާބު ޖަހާފައިވާ ކަމަށެވެ.

އެގޮތުން ގާނޫނީ ރުކުންތަކުގެ ތެރެއިން ފަހަރަކު ރުކުނެއް ބަދަލު ކުރަމުންދާ ކަމަށާއި، ރާއްޖޭގެ ދުސްތޫރީ ނިޒާމު އެއްކޮށް ހަލާކު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދު ރައްޔިތުންގެ އަތުގައި ބާރު އެބައޮތް ކަމަށާއި، އެބޭރުގެ ބޭނުންކޮށް ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. 

ދެން ފުރަތަމަ ކަމަކީ، ގާނޫނުގައި އެ މި ބޭފުޅުން މިއަދު ހުށަހަޅައިގެން އުޅޭ މައިގަނޑު ޕޮއިންޓަކަށް މި އޮންނަނީ، ދެ އިންތިޚާބު އެއްކުރުމާއި މަޖިލީހުގެ މުއްދަތު ގުނުމުގައި. ހަގީގަތުގައި ދެ އިންތިޚާބު އެކުރުމަކަށް ރައްޔިތުންގެ ވޯޓަކަށް އަންނާކަށް ނުޖެހޭ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އެބަ އުވައިލެވޭ. އާދެ. ކާކުތޯ މި އެ ވާހަކަ ދައްކަނީ؟ ހަ މަސްދުވަސް ވިޔަސް، އެއް އަހަރު ވިޔަސް، މަޖިލީހުގެ ޓާމަކަށް ހޮވިފައި ހުވާކޮށްގެން ތިބި މެންބަރުން ތަކެއްގެ މުއްދަތުން ބައެއް އުނިވެގެން އެ މަޖިލިސް އުވުމަކީ މިއީ ރައްޔިތުންގެ ރިފެރެންޑަމަކަށް ދާންޖެހޭ ސަބަބު. ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އެބައޮތް. އަޅުގަނޑަށް ހީވާ ގޮތުގައި 179 ކަންނޭނގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ޖެހޭނެ ދުވަހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރަން ޖެހޭނެ ދުވަސް ކަނޑައެޅިފައި އެބައޮތް. މި އުޅެނީ ދެ އިންތިޚާބު އެއް ކުރުމުގެ މައްސަލައެއް ނޫން. އުޅެނީ ކަނޑައެޅިގެން ތިން ބާރު، ވަކިވެފައި އޮތް ބާރުތަކެއް އެއްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތެއް.
ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް

މީގެ އިތުރުން ސަނީފް ވިދާޅުވީ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ވެސް ފާޑު ވިދާޅުވެފަ އެވެ. 

އޭނާ ވިދާޅުވީ މިއަދު އެ މެންބަރުންގެ މިނިވަންކަން ނެތް ކަމަށާއި، ގާނޫނީ ބުރަދަނެއް ނެތް ކަމަށެވެ. އަދި ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް އެ މެންބަރުން ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ ކަމަށް ސަނީފް ވިދާޅުވި އެވެ. 

އަބްދުﷲ ސަނީފް ޚިޔާލު ހޯދުމުގެ ވޯޓުލޯކަލް ކައުންސިލް އިންތިޚާބު 2026ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުނޫނެކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ޚަރަދު ކުޑަ ކުރަން ސަރުކާރުގެ ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ-ފިޔަވަޅުތައް އިއުލާން ކުރާނީ އިންތިޚާބަށް ފަހު

ޚަރަދު ކުޑަ ކުރަން ސަރުކާރުގެ ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ-ފިޔަވަޅުތައް އިއުލާން ކުރާނީ އިންތިޚާބަށް ފަހު

27 މާރިޗު 2026
ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް

ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް

27 މާރިޗު 2026
މިއަދުގެ ހާލަތަކީ، ކޮންމެ ދުވަހެއްގެ އިރު އޮއްސެނީ ޤާނޫނީ ވެރިކަމަށް އެތައް ސުވާލެއް ކުރިމަތި ކުރުވާފައި: ރައީސް ސޯލިހު

މިއަދުގެ ހާލަތަކީ، ކޮންމެ ދުވަހެއްގެ އިރު އޮއްސެނީ ޤާނޫނީ ވެރިކަމަށް އެތައް ސުވާލެއް ކުރިމަތި ކުރުވާފައި: ރައީސް ސޯލިހު

26 މާރިޗު 2026
"އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި: މެނިފެސްޓޯގައި ބަދަހި، ނޫ ފަހި އައްޑޫ އަކަށް ބޭނުންވާ އެތައް ކަމެއް!

"އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި: މެނިފެސްޓޯގައި ބަދަހި، ނޫ ފަހި އައްޑޫ އަކަށް ބޭނުންވާ އެތައް ކަމެއް!

26 މާރިޗު 2026
އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!

އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!

26 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު