Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކައުންސިލް އިންތިޚާބު

މިއަދުގެ ހާލަތަކީ، ކޮންމެ ދުވަހެއްގެ އިރު އޮއްސެނީ ޤާނޫނީ ވެރިކަމަށް އެތައް ސުވާލެއް ކުރިމަތި ކުރުވާފައި: ރައީސް ސޯލިހު

އައްޑޫ ސިޓީގެ ތަރައްޤީއަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން 8 ބިލިއަން ރުފިޔާ ހޭދަކުރިކަން ފާހަގަކުރައްވައި، ތަރައްޤީ ގެނެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުމާ އެކު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި. އަދި މިހާރުގެ ސަރުކާރުން މުއައްސަސާތަކުގެ ބާރުތައް ކަނޑުވާލަމުންދާ ކަމަށް ތުހުމަތުކުރައްވައި، ޤާނޫނީ ވެރިކަމާ މެދު އުފެދިފައިވާ ސުވާލުތަކަށް ކުރިއަށް އޮތް އިންތިޚާބުގައި ރައްޔިތުން ޖަވާބުދޭންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 18:16
އައްޑޫ ސިޓީގެ "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. 26.03.2026

އައްޑޫ ސިޓީގެ "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. 26.03.2026 | ރާއްޖެ އެމްވީ

މިއަދުގެ ހާލަތު އޮތް ގޮތުން ކޮންމެ ދުވަހެއްގެ އިރު އޮއްސެނީ ޤާނޫނީ ވެރިކަމަށް އެތައް ސުވާލެއް ކުރިމަތި ކުރުވާފައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެފަދައިން ވިދާޅުވީ "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ރައީސް ސޯލިހު އެފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިނިވަން މުއައްސަސާތަކާއި އިދާރާތަކަށް ނުފޫޒު ފޯރުވަމުންދާ މިންވަރާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދައްކަވަމުންނެވެ. ރައީސް ސޯލިހު ވަނީ ކުރިއަށް އޮތް އިންތިޚާބާއި ދިމާކޮށް ރިޝްވަތުގެ ގޮތުގައި ސަރުކާރުން އެތައް ވަޒީފާ އެއް ބަހަމުންދާ ކަމަށާއި މި އިންތިޚާބުގައި ދޭ ވޯޓަކީ އެކަމަށް ނޫނެކޭ ބުނުމަށް ދޭ ވޯޓަކަށް ހަދަން ޖެހޭ ކަަމަށެވެ.

Advertisement - newsAdvertisement

އައްޑޫ އަށް ލިބިފައިވާ ކުރިއެރުމާއި އެ ސިޓީގައި ކުރެވިފައިވާ ކަންތައްތަކަކީ އައްޑޫގެ ވިސްނުމާއި ފިކުރާއި އެކު ކުރެވިފައިވާ ކަންތައްތަކެއް ކަމަށް ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ރަށެއް ނުވަތަ ސިޓީ އަކަށް ތަރައްޤީ ގެނެވޭނީ އެތަނެއްގެ ރައްޔިތުންގެ ވިސްނުމާއި ފިކުރާއި އެކީގައި ކަމަށެވެ. އައްޑޫ ސިޓީގެ ތަރައްޤީ އަށް ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި 8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. 

ރާއްޖެ ތަރައްޤީކޮށް ކުރި އެރުވޭނީ ލާމަރުކަޒީ ނިޒާމާއި އެކު ބާރުތައް ދޫކޮށްލައިގެން ކަމަށް އެމްޑީޕީ އިން ގަބޫލުކުރި ނަމަވެސް މިހާރު އޮތް ޕީއެންސީގެ ސަރުކާރުގެ ވިސްނުމަކީ އެއީ ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި ވެރިކަމުގައި ރައްޔިތުންގެ ބާރުވެރިކަމާއި ކުރިއެރުމަށްޓަކައި ކުރެވުނީ ކޮން ކަމެއްތޯ ރައީސް ސޯލިހު ވަނީ ސުވާލު އުފައްދަވާފަ އެވެ.

"ކޮންމެ ދުވަހަކު އިރު އެރުމާއި އެކު ފެންނަނީ ކޮންމެވެސް މުއައްސަސާ އެއްގެ ބާރު ކަނޑުވާލާތަން. ކޮންމެ ދުވަހެއްގެ އިރު އޮއްސެނީ ޤާނޫނީ ވެރިކަމަށް އެތައް ސުވާލެއް ކުރިމަތި ކުރުވާފައި. މިއަށް އެޕްރިލް 4ގައި ޖަވާބުދޭން މި ޖެހެނީ." ރައީސް ސޯލިހު ވިދާޅުވި އެވެ.

އެޕްރިލް 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެއް ކަމަށާއި އެއީ އެންމެން އެއްކޮށް ގެނައި ހެޔޮ ވެރިކަން އަނބުރާ ހޯދުމަށް އެޅޭ ފިޔަވަޅެއް ކަަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ލާމަރުކަޒީ ނިޒާމް އުފައްދާ ދަމަހައްޓާ ބަޔަކީ އެމްޑީޕީ ކަމަށާއި ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީ އަށް ވޯޓު ދޭން ޖެހެނީ އެ ސަބަބާއި ހުރެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ބަދަހި އައްޑޫ އެއް ބޭނުންވާ ކަމަށް ވާނަމަ އައްޑޫ އިން ހޮވަންވީ އެމްޑީޕީ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އައްޑޫގެ މެނިފެސްޓޯ އަށް ރައީސް ސޯލިހުގެ ފުރިހަމަ ތާއީދު އޮތްކަމަށާއި އެއީ ހާސިލް ކުރެވޭނެ ފުރިހަމަ މެނިފެސްޓޯ އެއް ކަމަށް އެ މަނިކުފާނު ވަނީ ސިފަކުރައްވާފަ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހުއައްޑޫއެމްޑީޕީޕީއެންސީލާމަރުކަޒުކުރުންލޯކަލް ކައުންސިލް އިންތިޚާބު 2026އަފިރިންގެ އައްޑޫ

ކޮމެންޓް

އިތުރަށް ކިޔާލަން

"އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި: މެނިފެސްޓޯގައި ބަދަހި، ނޫ ފަހި އައްޑޫ އަކަށް ބޭނުންވާ އެތައް ކަމެއް!

"އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި: މެނިފެސްޓޯގައި ބަދަހި، ނޫ ފަހި އައްޑޫ އަކަށް ބޭނުންވާ އެތައް ކަމެއް!

26 މާރިޗު 2026
އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!

އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!

26 މާރިޗު 2026
ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު

ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު

26 މާރިޗު 2026
ބަޖެޓުން ބޭރުން ހޯމް މިނިސްޓަރު އަލީ އިހުސާން މަސްލަހަތު އޮންނަ ކުންފުންޏަކަށް 50 މިލިއަން ރުފިޔާ ދީފައިވޭ: މެންބަރު ޝަމްހީދު

ބަޖެޓުން ބޭރުން ހޯމް މިނިސްޓަރު އަލީ އިހުސާން މަސްލަހަތު އޮންނަ ކުންފުންޏަކަށް 50 މިލިއަން ރުފިޔާ ދީފައިވޭ: މެންބަރު ޝަމްހީދު

26 މާރިޗު 2026
މި ސަރުކާރާއެކު ދޮގު އެއީ ވައުދު ކަމަށް ދިވެހި ތާރީޚުގައާއި ރަދީފުގައި ލިޔަން ޖެހޭ: ގަފޫރު

މި ސަރުކާރާއެކު ދޮގު އެއީ ވައުދު ކަމަށް ދިވެހި ތާރީޚުގައާއި ރަދީފުގައި ލިޔަން ޖެހޭ: ގަފޫރު

26 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު