Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިބްރާހިމް މުހައްމަދު ސޯލިހު

ފުވައްމުލަކު ސިޓީ އިން ރައީސް ސޯލިހް އާއި އެމްޑީޕީގެ ޓީމަށް ހޫނު މަރުހަބާ އެއް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އިސް ވަފުދެއް ފުވައްމުލައް ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި، އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ބޭއްވި ސައިކަލު ބުރެއްގައި ބައިވެރިވެވަޑައިގެން ޕާޓީގެ ޖަގަހަ ވަނީ ހުޅުއްވައިދެއްވާފަ. މި ދަތުރުފުޅުގެ ތެރެއިން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި، ކެމްޕޭން ހަރަކާތްތަކާއި ޑޯ-ޓޫ-ޑޯގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ތާވަލުކުރެވިފަ.

އަލީ ޝާހީން
އަލީ ޝާހީން | 27 މާރިޗު 2026 | ހުކުރު 14:18
ފުވައްމުލަކު ސިޓީގެ ރަން ރީންދޫ ލަޝްކަރު ރައީސް ސޯލިހް އާއިއެކު

ފުވައްމުލަކު ސިޓީގެ ރަން ރީންދޫ ލަޝްކަރު ރައީސް ސޯލިހް އާއިއެކު | ރާއްޖެ އެމްވީ

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގަތުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ޓީމަށް އެ ސިޓީގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 

ރައީސް ސޯލިހު އެސިޓީއަށް ވަޑައިގެންނެވީ ހުކުރު ދުވަހުގެ ހަވީރު އެވެ. މިދަތުރުފުޅުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އިތުރުން ގައުމީ މަޖިލީހުގެ މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި އެސިޓީގެ ކުދި ބޮޑު އަދި އުމުރުން ދުވަސްވީ އެތައް ބަޔަކު ބަނދަރު ސަރަހައްދަށް އެއްވެފައިވެ އެވެ. އެމަނިކުފާނާ ސަލާމް ކުރެއްވި އާންމުން ދިޔައީ ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުގައި ފުވައްމުލަކު ސިޓީއަށް އެމަނިކުފާނު ކޮށްދެއްވި ކަންތައްތައް ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. 

މީގެ އިތުރުން އެސިޓީގެ އެތައް ސަތޭކަ ރައްޔިތުންނާއި އެކު ސައިކަލު ބުރެއް ވަނީ ބާއްވާފައި އެވެ. ސައިކަލު ބުރަށް ފަހު ރައީސް ސޯލިހު ވަނީ ޖަގަހަ ހުޅުވުމުގެ ގޮތުން އެމްޑީޕީގެ ދިދަ ނަންގަވާފަ އެވެ. މީގެ އިތުރުން ކައުންސިލް އިންތިޚާބުގައި ވާދަކުރާ ފުވައްމުލަކު ސިޓީގެ އެމްޑީ ގެ ކެންޑިޑޭޓުންނާއި ލީޑް ޓީމާއި އެމަނިކުފާނު ބައްދަލު ކުރައްވާނެ އެވެ. އަދި ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ ޖަލްސާ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

ރައީސް ސޯލިޙް ގެ މި ދަތުރުފުޅުގައި އެމްޑީޕީ ގެ މެންބަރުންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އެރަށުގައި ކައުންސިލް އިންތިހާބަށް ޑޯ ޓު ޑޯ އަށް ކެންޑިޑޭޓުންނާއެކު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. 

އިބްރާހިމް މުހައްމަދު ސޯލިހުއެމްޑީޕީފުވައްމުލަކުލޯކަލް ކައުންސިލް އިންތިޚާބު 2026އަބްދުﷲ ޝާހިދު

އިތުރަށް ކިޔާލަން

27 މާރިޗު 2026

ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު

27 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު
27 މާރިޗު 2026

ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް

27 މާރިޗު 2026
ރައީސް މުއިއްޒު ޑިކްޓޭޓަރެއްގެ ސިފައިގައި މަސައްކަތް ކުރަމުންދާތީ، ރިފެރެންޑަމަށް ނޫނެކޭ ބުނަން ޖެހޭ: ސަނީފް
27 މާރިޗު 2026

ރަށްރަށުގެ ވެރިކަން އެ ރަށަކަށް ހޯދުމަށްޓަކައި އަނެއްކާވެސް ގޮތެއް ނިންމަން ޖެހިފައި އޮތް ވަގުތަކީ އެޕްރީލް 4 ވަނަ ދުވަސް: ރައީސް ސޯލިހު

27 މާރިޗު 2026
ރަށްރަށުގެ ވެރިކަން އެ ރަށަކަށް ހޯދުމަށްޓަކައި އަނެއްކާވެސް ގޮތެއް ނިންމަން ޖެހިފައި އޮތް ވަގުތަކީ އެޕްރީލް 4 ވަނަ ދުވަސް: ރައީސް ސޯލިހު
27 މާރިޗު 2026

ޚަރަދު ކުޑަ ކުރަން ސަރުކާރުގެ ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ-ފިޔަވަޅުތައް އިއުލާން ކުރާނީ އިންތިޚާބަށް ފަހު

27 މާރިޗު 2026
ޚަރަދު ކުޑަ ކުރަން ސަރުކާރުގެ ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ-ފިޔަވަޅުތައް އިއުލާން ކުރާނީ އިންތިޚާބަށް ފަހު
27 މާރިޗު 2026

ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް

27 މާރިޗު 2026
ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު