Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ެބަޖެޓް

ބަޖެޓުން ބޭރުން ހޯމް މިނިސްޓަރު އަލީ އިހުސާން މަސްލަހަތު އޮންނަ ކުންފުންޏަކަށް 50 މިލިއަން ރުފިޔާ ދީފައިވޭ: މެންބަރު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ ދައުލަތަށް ލިބުނު އާމްދަނީ އިތުރުވި ނަމަވެސް، ތަރައްގީގެ މަޝްރޫއުތައް ހުއްޓި ބަޖެޓަށް ވީގޮތް ނޭނގޭ ކަމަށް. ހޯމް މިނިސްޓަރުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ބަޖެޓުގެ ބޭރުން 50 މިލިއަން ޑޮލަރު ދީފައިވާ ކަމަށާއި، ދައުލަތުގެ ފައިސާ ހޭދަކުރަނީ ސިޔާސީ ބޭނުންތަކަށާއި އަސްކަރީ ކަންކަމަށް ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 11:12
އައްޑޫ ހުޅުދޫ-މީދޫ "އުންމީދެއްގައި" ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ.

އައްޑޫ ހުޅުދޫ-މީދޫ "އުންމީދެއްގައި" ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ. | އެމްޑީޕީ

ބަޖެޓުން ބޭރުން ހޯމް މިނިސްޓަރު އަލީ އިހުސާނުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް 50 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި އައްޑޫ ހުޅުދޫ-މީދޫ "އުންމީދެއްގައި" ޖަލްސާގައި މެންބަރު ޝަމްހީދު ވިދާޅުވީ، 2023 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ މިދިޔަ އަހަރު ލިބުނު އާމްދަނީ 8 ބިލިއަން އިތުރު ކަމަށާއި، ޑޮލަރު ވެސް އިތުރަށް ލިބިފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް ތަރައްގީގެ މަޝްރޫއެއް ނުހިނގާ ކަމަށާއި، ބަޖެޓަށް ވީ ގޮތް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓު ބޯހިޔާވަހިކަމަށް ޚާއްޞަ ކުރި ނަމަވެސް ބޯހިޔާވަހިކަމާ ގުޅުންހުރި އެއްވެސް މަޝްރޫއެއް ހިންގާފައިނުވާ ކަމަށެވެ.

މީގެ އިތުރުން ޝަމްހީދު ވިދާޅުވީ މިނިސްޓަރު އިހުސާން ހިންގާ ކުންފުންޏެއް ކަމުގައިވާ ޓްރޭޑް ނެޓް ކިޔާ ކުންފުންޏަކަށް ވެސް ބަޖެޓުން ބޭރުން 50 މިލިއަން ޑޮލަރު ޖަމާކުރި ކަމަށެވެ. އެއީ ފަހަރުގައި މޯލްޑިވްސް 2.0 ސޮފްޓްވެއަރ އަށް ދިން ފައިސާ ކަމަށް ވެދާނެ ކަމަށާއި، ނަމަވެސް އޭގެ ތަފްސީލު ސަރުކާރުން ހާމަ ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮލަރުން އެކަނި އާމްދަނީ އިތުރަށް ލިބުނު 850 މިލިއަން ޑޮލަރު މިއީ އިތުރަށް ލިބުނު އާމްދަނީގެ ވާހަކަ އެއް. މި އަހަރު މިހާތަނަށް ވެސް ފުރަތަމަ ދެ މަސްދުވަހު 1.7 ބިލިއަން ރުފިޔާ މި ބޭފުޅުންނަށް އިތުރަށް ލިބުނު. މި ހުރިހާ ފައިސާ އެއް ލިބުނުއިރު މީގެ އެއްވެސް ކަމެއް މިއަދާ ހަމައަށް، ރައްޔިތުންގެ ތަރައްގީގެ އެއްވެސް ކަމެއް ނުވެ އޮތީ، ނޫނީ ދަރަނި ނުދެއްކި އޮތީ ކީއްވެތޯއޭ އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ. އަޅުގަނޑު ކުރިން ދެންނެވިހެން މި ބޭފުޅުންގެ މި ފައިސާތައް ހުރީ ދައުލަތުގެ އެކިއެކި ކުންފުނިތަކުގެ އެކައުންޓަށް ޖަމާކޮށް ދެން އެއަށް ވީ ނުވީ ގޮތެއް އަޅުގަނޑުމެންނަށް ނޭނގޭ ގޮތަށް ގެއްލުވައިލާފަ. އަޅުގަނޑަށް އިނގޭ އެކަމަކު، މިނިސްޓަރު އިހުސާނުގެ ކުންފުންޏަކަށް އިހުސާނު، ހަވާލުވެފައި އޮންނަ ކުންފުންޏަކަށް، ޓްރޭޑް ނެޓް ކިޔާ ކުންފުންޏަކަށް ވެސް ބަޖެޓުން ބޭރުން ފަންސާހަކަށް މިލިއަން ޑޮލަރު އޮތް ޖަމާކޮށްފަ. ފަހަރެއްގައި ވެދާނެ އެ މޯލްޑިވްސް 2.0 ސޮފްޓްވެއާ ގަންނަން ދެއްވި ކަމަށް ވެސް. އެކަމަކު އެވެސް ރައްޔިތުންނަށް އެނގެންޖެހޭނެ. ބޯހިޔާވަހިކަމަށް ޖެހި ފައިސާ ސޮފްޓްވެއަރ އެއް ގަންނަން ހޭދަކޮށްފިކަން. އެކަމަކު އެވަރެއް ބުނައެއް ނުދޭ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ދިވެހި ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް މިސަރުކާރުން ހޭދަކުރަމުން ދަނީ ތިން ކަމަކަށްކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު  ވިދާޅުވީ، އެއީ ޕީއެންސީ ހިންގުމާއި، އިތުރު ވަޒީފާތައް އުފައްދާ ވަޒީފާތަކަށް މީހުން ނެގުމުގެ އިތުރުން ރާއްޖެއަކީ މިލިޓަރީ ގޮތުން ބާރުވެރި ދައުލަތަކަށް ހެދުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް ކަމަށެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ހޭދަ ކޮށްފައި ވަނީ ހަމައެކަނި ރަސްމާލެ މަޝްރޫއަށް ކަމަށާއި، މިދިޔަ ދެ އަހަރު ރައްޔިތުންނަށް އޮޅުވާލައިގެން އެތައް ހޭދައެއް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހުރިހާ ކަމެއް ރައްޔިތުންނަށް ހާމައަށް ފެންނަން ހުރުމުން ރައްޔިތުން މިއަދުގެ ސަރުކާރު ބަލައި ނުގަންނަ ކަމަށެވެ.

އަލީ އިހުސާންޓްރޭޑް ނެޓްޑރ. އަހްމަދު ޝަމްހީދުއެމްޑީޕީތަރައްޤީގެ މަޝްރޫޢުބަޖެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރާއެކު ދޮގު އެއީ ވައުދު ކަމަށް ދިވެހި ތާރީޚުގައާއި ރަދީފުގައި ލިޔަން ޖެހޭ: ގަފޫރު

މި ސަރުކާރާއެކު ދޮގު އެއީ ވައުދު ކަމަށް ދިވެހި ތާރީޚުގައާއި ރަދީފުގައި ލިޔަން ޖެހޭ: ގަފޫރު

26 މާރިޗު 2026
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ކުރުނީސްކުރުން ފިޔަވައި، ހުޅުދޫއަށް ޓަކައި ދާއިރާގެ މެންބަރު ބުނި ބަހެއް އަޑެއް ނީވޭ: މީކާއިލް

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ކުރުނީސްކުރުން ފިޔަވައި، ހުޅުދޫއަށް ޓަކައި ދާއިރާގެ މެންބަރު ބުނި ބަހެއް އަޑެއް ނީވޭ: މީކާއިލް

26 މާރިޗު 2026
ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ރައީސް ސޯލިހު

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ރައީސް ސޯލިހު

26 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން: މައުރޫފް

ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން: މައުރޫފް

25 މާރިޗު 2026
"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"

"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"

25 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު