Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒުގެ ސަރުކާރު

މި ސަރުކާރާއެކު ދޮގު އެއީ ވައުދު ކަމަށް ދިވެހި ތާރީޚުގައާއި ރަދީފުގައި ލިޔަން ޖެހޭ: ގަފޫރު

މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކަކީ ދޮގުތަކެއް ކަމަށް ސިފަކުރައްވައި، އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ގަފޫރު ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. އައްޑޫގައި ބޭއްވި ޖަލްސާގައި ގަފޫރު ވިދާޅުވީ، ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓާލައި ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް. އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބު ތަކުގައި ސަރުކާރަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 26 މާރިޗު 2026 | ބުރާސްފަތި 10:52
އައްޑޫ ހުޅުދޫ-މީދޫ "އުންމީދެއްގައި" ޖަލްސާގައި އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވާހަކަދައްކަވަނީ.

އައްޑޫ ހުޅުދޫ-މީދޫ "އުންމީދެއްގައި" ޖަލްސާގައި އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވާހަކަދައްކަވަނީ. | އެމްޑީޕީ

 ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ދޮގު އެއީ ވައުދު ކަމަށް ދިވެހި ތާރީޚުގައި އާއި ދިވެހި ރަދީފުގެ ލިޔަންޖެހިފައިވާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި އައްޑޫ ހުޅުދޫ-މީދޫ "އުންމީދެއްގައި" ޖަލްސާގައި ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި ވެސް ހުންނެވާ ގަފޫރު ވިދާޅުވީ، މިސަރުކާރާއެކު ދޮގު އެއީ ވައުދަކަށް ބަދަލުވެފައިވާ ކަމަށާއި، ދޮގާއި ތެދު މިހާރު ވަކި ނުކުރެވޭ ކަމަށެވެ. 

 ދޮގު އެއީ ވައުދު ކަމަށް މިހާރު ދިވެހި ތާރީޚުގައި އާއި ދިވެހި ރަދީފުގައި ލިޔަންޖެހިފައި ވާ ކަން ފާހަގަކުރައްވައި ގަފޫރު ވިދާޅުވީ، ގައުމެއްގެ ސިފަ ކަނޑުވާލުމަށް ފަހު، މިގައުމު ލޫޓުވަމުންދާ ކަމަށެވެ. 

އެއީ މި ގައުމުގެ ހާލަތު މިއީ. ގައުމެއްގެ ސިފަ ކަނޑުވައިލާފައި ބަޔަކު މިތާ ލޫޓުވަމުންދާ މަންޒަރު އަޅުގަނޑުމެންނަށް މި ފެންނަނީ. ލަދު ހަޔާތުގެ ކަންފުޅެއް ނެތޭ. ރައްޔިތުންގެ ޓެކްސް ފައިސާ ނަގައި ބަހަމުން އެ ގެންދަނީ. ބިރެއް ހަޔާތެއް ނެތި މި އެއްޗެހިންތައް މަސައްކަތްކުރަމުން މި ގެންދަނީ. މި އިންސާނަކަށް ވީތީ އުޅެންޖެހޭނެ ގޮތްތޯ؟ ދެން ބުނާނެ އަޅުގަނޑު ވާހަކަދައްކާލެއް ހަޑީއޭ. ބަލަ! ތިޔަ ކުރާ ހަޑިހުތުރު، މުޑުދާރު އަމަލުތައް ހުއްޓުވަބަލަ. އޭރުންނޭ ރީތިކޮށް ވާހަކަދެއްކޭނީ. އޭރުން ވާހަކަދައްކާނެ ރީތިކޮށް. ރައްޔިތުންގެ ފައިސާ ފެށުނީއްސުރެ ވަގަށް ނޮޅައި ލޫޓުވައި ކަމުން ގެންދަންޏާ، ދެން އެ ބަޔަކާ ދޭތެރޭގައި ދިވެހި ރައްޔިތުން ރީތިކޮށް ވާހަކަދައްކަންޖެހޭނެ ހަމައަކާ އުސޫލެއް ނޯންނާނެ. އިންސާނުންގެ ބީދައިން ނެއްޓި މި ތިބީ ހައިވާނުންނަށް ބަދަލުވާ ދަރަޖައިގައި މި މީހުން މިހާރު މި ތިބީ.
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ގަފޫރު މޫސާ

މީގެ އިތުރުން ގަފޫރު ވަނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. 

ގަފޫރު ވިދާޅުވީ އައްޑޫގައި ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ އެމްޑީޕީގެ ސަރުކާރުގައި ކަމަށާއި، މިސަރުކާރުގައި އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އަދި ރައްޔިތަކަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ސަރުކާރުން ބޭނުންވާ ގޮތަށް ރައްޔިތުން ވޯޓު ދޭން ނުޖެހޭ ކަމަށާއި، މިއަދު ދޫންޏަށް ވޯޓު ދޭން ޖެހޭ ކަމަށް ސަރުކާރުގެ ބޭފުޅުން ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭ ކަމަށް ގަފޫރު ވިދާޅުވި އެވެ. 

އަބްދުލްޣަފޫރު މޫސާއެމްޑީޕީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

26 މާރިޗު 2026

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ކުރުނީސްކުރުން ފިޔަވައި، ހުޅުދޫއަށް ޓަކައި ދާއިރާގެ މެންބަރު ބުނި ބަހެއް އަޑެއް ނީވޭ: މީކާއިލް

26 މާރިޗު 2026
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ކުރުނީސްކުރުން ފިޔަވައި، ހުޅުދޫއަށް ޓަކައި ދާއިރާގެ މެންބަރު ބުނި ބަހެއް އަޑެއް ނީވޭ: މީކާއިލް
26 މާރިޗު 2026

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ރައީސް ސޯލިހު

26 މާރިޗު 2026
ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ރައީސް ސޯލިހު
25 މާރިޗު 2026

ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން: މައުރޫފް

25 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން: މައުރޫފް
25 މާރިޗު 2026

"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"

25 މާރިޗު 2026
"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"
25 މާރިޗު 2026

ރައީސް ހެއްދެވީ ބޮޑު ދޮގެއް: ފީއަލީގެ ފެނަކަ އަށް އެކަނި މި ސަރުކާރުން 34 މުވައްޒަފުން ނެގި!

25 މާރިޗު 2026
ރައީސް ހެއްދެވީ ބޮޑު ދޮގެއް: ފީއަލީގެ ފެނަކަ އަށް އެކަނި މި ސަރުކާރުން 34 މުވައްޒަފުން ނެގި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު