Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގަރާރު ބާތިލުކުރުމުގެ މައްސަލަ

ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން: މައުރޫފް

ދެ އިންތިޚާބު އެއްކޮށްލުމަށް ރިޔާސީ ގަރާރެއް ނެރުނު މައްސަލަ ބަލައިނުގަތުމަށް ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ، އެކަން ހައްލުކުރަން އިދާރީ ގޮތުން މަސައްކަތްކުރިކަމުގެ ލިޔުމެއް ނެތް ކަމަށް ބުނެ. މި ނިންމުމާ ގުޅިގެން އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި، ކޯޓުން ތަކުރާރުކޮށް ފޯމު އިސްލާހުކުރަން އެންގުމަށްފަހު މައްސަލަ ބޭރުކޮށްލީ ސަރުކާރުން ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލުމަށް. އަދި ރިޔާސީ ގަރާރެއްގެ ސައްހަކަން ކަނޑައެޅުމަށް ކޯޓަށް ދިއުން ނޫން އިތުރު ގާނޫނީ ފުރުސަތެއް ނެތްކަން އެ ޕާޓީން ފާހަގަކުރޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 25 މާރިޗު 2026 | ބުދަ 18:05
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް | ރާއްޖެއެމްވީ

ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން ކަމަށް ދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި 4 އެޕްރީލްގައި އާއްމު ވޯޓު ނެގުމަށް ނިންމައި ނެރުނު ރިޔާސީ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފޯމު 4 ވަނަ ފަހަރަށް އިސްލާހުކޮށް، 11 މާރޗުގައި ކޯޓަށް ފޮނުވި އެވެ. އަދި ކޯޓަށް އެ ފޯމު ލިބިފައިވާކަމަށް ހޯމަ ދުވަހު އެންގި އެވެ. 

ނަމަވެސް އެ މައްސަލަ ބަލައި ނުގަންނަން ސިވިލް ކޯޓުގެ ރަޖިސްޓްރާ އަބްދުއްސަލާމް އަލީ ވަނީ ނިންމާފަ އެވެ. ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ މި މައްސަލައިގައި ހުސަހަޅާފައިވާ ފޯމާ އެކު މައްސަލަ ހައްލުކުރުމަށް އެދި އިދާރާއަށް ހުށަހަޅާފައިވާ އެއްވެސް ޝަކުވާއެއް ނުވަތަ ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން އިދާރީ އެއްވެސް ނިންމުމެއް ނިންމާފައިވާކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައި ނުވާތީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 96 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންތައް ފުރިހަމަވެފައި ނުވާތީ، މިއީ މިހާރު ހުށަހަޅާފައިވާ ގޮތަށް ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ރަޖިސްޓްރީ ކރުެވެން އޮތް ދައުވާފޯމެއް ނޫންކަމުގައި ނިންމާ ކަމަށެވެ. 

މިކަމާއި ގުޅިގެން މައުރޫފް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަށް އާއްމު ވޯޓު ނެގުމަށް ނެރުނު ރިޔާސީ ޤަރާރު ބާތިލުކުރުމަށް އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފޯމު 5 ވަނަ ފަހަރަށް އިސްލާހުކޮށްފައި ފޮނުވިފަހުން، މައްސަލަ ބަލައިގަނެވެން ނެތްކަމަށް އަންގާފައިވާ ކަމަށެވެ. އަދި ސަބަބަކަށް ބުނެފައި އޮތީ އެ މައްސަލަ ހައްލުކުރަން އެމްޑީޕީން ކުރި ކަމެއް ބަޔާންކޮށްފައި ނެތުން ކަމަށެވެ. 

މައުރޫފް ވިދާޅުވީ މިއީ މީގެ ކުރިން 4 ފަހަރު ފޯމު އިސްލާހުކުރަން އެންގިއިރު ވެސް ކޯޓުން ނުދައްކާ ބަހަނާއެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޤަރާރެއް ނެރުނީމައި، އޭގެ ޝަކުވާ ހިފައިގެން ދާނެ އެއްވެސް މުއައްސަސާއެއް ނުވަތަ އެކަން ހައްލުކުރަން މަސައްކަތްކުރާނެ އެއްވެސް ޤާނޫނީ ފުރުސަތެއް ނެތް ކަމަށެވެ. 

އެކަމުގެ ސައްހަކަން ކަނޑައަޅަން ދާން ޖެހެނީ ކޯޓަށް ކަމަށާއި، ކޯޓަށް ހުށަހެޅުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން ކަމަށް މައުރޫފް ވިދާޅުވި އެވެ. 

ޚިޔާލު ހޯދުމުގެ ވޯޓުއެމްޑީޕީސިވިލް ކޯޓުއަހްމަދު މައުރޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިރާއްޖެ މިހާރު އޮތް ހާލަތުން، ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނޫން: ޑރ. ހަސަން ހަމީދު

ދިވެހިރާއްޖެ މިހާރު އޮތް ހާލަތުން، ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނޫން: ޑރ. ހަސަން ހަމީދު

25 މާރިޗު 2026
ރައީސް މުއިއްޒު އަށް "ރީތި ބޮނޑިއެއް" ނުލިބެނީސް ނޫނެކޭ ގޮޅިގައި ހެޔޮ ފާހަގަ ޖައްސަވަންޖެހޭ!

ރައީސް މުއިއްޒު އަށް "ރީތި ބޮނޑިއެއް" ނުލިބެނީސް ނޫނެކޭ ގޮޅިގައި ހެޔޮ ފާހަގަ ޖައްސަވަންޖެހޭ!

25 މާރިޗު 2026
"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"

"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"

25 މާރިޗު 2026
މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރުތަކަށް އެއްފަހަރާ ގެއްލުންތަކެއް، މިއީ އިއްތިފާޤެއް؟

މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރުތަކަށް އެއްފަހަރާ ގެއްލުންތަކެއް، މިއީ އިއްތިފާޤެއް؟

25 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިސްހާލެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކީ ދުސްތޫރީ ޝަރުޢިއްޔަތު ލިބިގެންވާ އިސްހާލެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ

25 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު