Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ސަލްމާގެ ބަޔާނަކީ ދިވެހި ރައްޔިތުންގެ ބަހެއް ނޫން، އެއީ ދިވެހިންގެ ސްޓޭންޑެއް ވެސް ނޫން!

26 މާރިޗު 2026 | ބުރާސްފަތި 11:51

ތުއްތު ކުދިންނަށް އަމާޒުކޮށް ދިން ހަމަލާ ނުފެނުނީ ސަލްމާ އާއި، ދިވެހި ސަރުކާރަށް. ސްކޫލަށް އަމާޒުކޮށް ދިން ހަަމަލާ ވެސް ނުފެނުނީ ސަލްމާ އާއި ދިވެހި ސަރުކާރަށް. ކުށެއް ނެތް އެތައް ބަޔަކާ ދެކޮޅަށް ދެމުން އަންނަ ހަމަލާތައް ނުފެނުނީ ސަލްމާ އަށާއި، ދިވެހި ސަރުކާރަށް. އިންސާނިއްޔަތުގެ އަގުތަކާއި، އިންސާނިއްޔަތުގެ ސިފަތައް ފުނޑު ފުނޑު ކުރަމުންދާކަން ނޭނގުނީ ވެސް ސަލްމާ އަށާއި ދިވެހި ސަރުކާރަށް. އެކަމަކު، ސަލްމާ އާއި ދިވެހި ސަރުކާރަށް ފެނުނީ އެންމެ ކަމެކެވެ. އީރާންގެ އަމިއްލަ ޤައުމާއި، ރައްޔިތުންނާއި، ޤައުމުގެ މިނިވަންކަމާއި، ސިޔާސަތު އަދި އިސްލާމީ އުންމަތުގެ ހައްގުގައި ޔަހޫދީންނާ ދެކޮޅަށް އީރާން އިން ދޭ ހަމަލާ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މާރިޗު 2026 | ބުރާސްފަތި 11:51
އދ. ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އދ. ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސަލްމާ ރަޝީދު ބައިވެރި ވަނީ

އދ. ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އދ. ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސަލްމާ ރަޝީދު ބައިވެރި ވަނީ | ސޯޝަލް މީޑިއާ

ރާއްޖޭގެ ނޫސް ތަކުގެ ފަލަ ސުރުޚީގައި އޮތީ، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެ އިން ދެއްކި ވާހަކަ އެވެ. ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ސަލްމާ ރަޝީދު ދެއްކެވި ވާހަކަ އަށް ސަމާލުކަން ލިބުނީ، އެ ވާހަކަ މޮޅު ކަމަކުން ނޫނެވެ. އެ ވާހަކައިގެ ގަޓު ކަމަކުން ވެސް ނޫނެވެ. ހުތުރު ކަމުންނެވެ. ލަދުވެތި ކަމުންނެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ އަށް އިސް ޖަހަން ސަލްމާ އާއި ދިވެހި ސަރުކާރުން މަޖުބޫރު ކުރުވީތީ އެވެ. 

 ސަލްމާ ދެއްވި ބަޔާނުގައި މުޅިން ވެސް ދައްކަވާފައި ވަނީ، ރައްދުގައި އީރާން އިން ދެމުން އަންނަ ހަމަލާ ތަކުގެ ވާހަކަ އެވެ. އެގޮތުން ރައްދުގައި އީރާން އިން ދެމުން އަންނަ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ސަލްމާ ވިދާޅުވި އެވެ. އަދި އީރާން އިން ދެމުން އަންނަ ހަމަލާ ތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ ކަނޑުގެ ދަތުރު ފަތުރަށް ވެސް ހުރަސް އެޅެމުން އަންނަ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. މި ބަޔާނުގައި އެމެރިކާ އާއި އިޒްރޭލްގެ ނަން ވެސް ހިމަނަން ދިވެހި ސަރުކާރަށް ނުކެރުނެވެ.

އެކަމަކު، ހަގީގަތަކީ މިއީ އެމެރިކާ އާއި އިޒްރޭލް އިން ފެށި ހަނގުރާމަ އެއް ކަމެވެ. އިސްވެ ހަމަލާ ދޭން ފެށީ ވެސް އެމެރިކާ އާއި އިޒްރޭލް އިންނެވެ. އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގައި އީރާންގެ ކުށެއް ނެތް، މައުސޫމު އެތައް ބަޔަކު ޝަހީދުވެއްޖެ އެވެ. އަންހެން ކުދިން ކިޔަވަމުން ދިޔަ ސްކޫލަކަށް އަމާޒުކޮށް ހަމަލާ ދީ، 160 އަށް ވުރެ ގިނަ ކުދިން ޝަހީދު ކޮށްލި އެވެ. އީރާންގެ ރޫހީ ލީޑަރުގެ އިތުރުން، ސަރުކާރުގެ އިސްވެރިން އަވަހާރަ ކޮށްލި އެވެ. ނަމަވެސް، ދިވެހި ސަރުކާރުގެ ފަރާތުން ސަލްމާ އިއްވެވި ބަޔާނުގައި މީގެ އެއްވެސް ވާހަކައެއް ނެތެވެ. މިއީ އިންތިހާ އަށް ލަދުވެތި ކަމެކެވެ.

މިއީ ދިވެހި ރައްޔިތުންގެ ފަރާތުން ސަލްމާ އިއްވެވި ބަޔާނެއް ނޫނެވެ. މިއީ ދިވެހި ރައްޔިތުންގެ ޝުއޫރެއް ވެސް ނޫނެވެ. ދިވެހި ރައްޔިތުން ތިބި ސްޓޭންޑެއް ވެސް ނޫނެވެ. ދިވެހި ރައްޔިތުންގެ ޝުއޫރު ހުރި ގޮތެއް ވެސް ނޫނެވެ. ދިވެހި ރައްޔިތުން ޤަބޫލު ކުރާ ގޮތެއް ވެސް ނޫނެވެ. ފަހަރުގައި ދިވެހި ސަރުކާރާއި، ސަލްމާ އަށް އެކަން ނޭނގުނަސް، ސަލްމާގެ ބަޔާނާ ގުޅިގެން ސޯޝަލް މީޑިއާ ބަލައިލުމުން އެކަން ސާފު ވާނެ އެވެ. ބައިނަލްއަޤުވާމީ މުޖުތަމައުގައި ރާއްޖެ އިން ހިފަހައްޓަމުން އައި ރީތި ނަމާއި، އިންސާނިއްޔަތުގެ ސިފަތައް މިއަދު ސަލްމާ އާއި ދިވެހި ސަރުކާރުން ފަހަތަށް ވައްޓާލައިފި އެވެ.

ތުއްތު ކުދިންނަށް އަމާޒުކޮށް ދިން ހަމަލާ ނުފެނުނީ ސަލްމާ އާއި، ދިވެހި ސަރުކާރަށެވެ. ސްކޫލަށް އަމާޒުކޮށް ދިން ހަަމަލާ ވެސް ނުފެނުނީ ސަލްމާ އާއި ދިވެހި ސަރުކާރަށެވެ. ކުށެއް ނެތް އެތައް ބަޔަކާ ދެކޮޅަށް ދެމުން އަންނަ ހަމަލާތައް ނުފެނުނީ ސަލްމާ އަށާއި، ދިވެހި ސަރުކާރަށެވެ. އިންސާނިއްޔަތުގެ އަގުތަކާއި، އިންސާނިއްޔަތުގެ ސިފަތައް ފުނޑު ފުނޑު ކުރަމުންދާކަން ނޭނގުނީ ވެސް ސަލްމާ އަށާއި ދިވެހި ސަރުކާރަށެވެ. އެކަމަކު، ސަލްމާ އާއި ދިވެހި ސަރުކާރަށް ފެނުނީ އެންމެ ކަމެކެވެ. އީރާންގެ އަމިއްލަ ޤައުމާއި، ރައްޔިތުންނާއި، ޤައުމުގެ މިނިވަންކަމާއި، ސިޔާސަތު އަދި އިސްލާމީ އުންމަތުގެ ހައްގުގައި ޔަހޫދީންނާ ދެކޮޅަށް އީރާން އިން ދޭ ހަމަލާ އެވެ. 

އީރާން އިން ހަމަލާ ދެނީ އިޒްރޭލް އަށާއި، އެމެރިކާގެ އަމާޒު ތަކަށެވެ. މެދު އިރުމަތީގެ ޤައުމު ތަކަށް އަމާޒުކޮށް އީރާން އިން ހަމަލައެއް ނުދެ އެވެ. އީރާން އިން ހަމަލާ ދެނީ މެދު އިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސް ތަަކަށެވެ. އެމެރިކާގެ އެމްބަސީ ތަކަށާއި، އަމާޒު ތަކަށެވެ. މިކަން ނޭނގުނީ ދިވެހި ރައްޔިތުންނަކަށް ނޫނެވެ. ސަލްމާ އަށާއި، ދިވެހި ސަރުކާރަށެވެ. މިއީ ލަދުވެތި ކަމުގެ އިންތިހާ ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟

މަގޭ ރިޕޯޓްއދ. ހިއުމަން ރައިޓްސް ކައުންސިލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

24 މާރިޗު 2026

ވޯޓު ހޯދަން ސަރުކާރުން ދީނީ ކާޑު ކުޅޭ ކަމުގެ ހެކި އެންމެ ބެނާ އަކުން!

24 މާރިޗު 2026
ވޯޓު ހޯދަން ސަރުކާރުން ދީނީ ކާޑު ކުޅޭ ކަމުގެ ހެކި އެންމެ ބެނާ އަކުން!
17 މާރިޗު 2026

ހަނގުރާމައާ ގުޅިގެން އެއްވެސް ހާސް ކަމެއް ނެތް، ތެލުގެ ދަތި ކަމެއް ވެސް ނެތް! އެކަމަކު ތެލުގެ އަގު އެންމެ ބޮޑު ކުރި ޤައުމު ތަކުގެ ހަތް ވަަނައިގައި ރާއްޖެ!

17 މާރިޗު 2026
ހަނގުރާމައާ ގުޅިގެން އެއްވެސް ހާސް ކަމެއް ނެތް، ތެލުގެ ދަތި ކަމެއް ވެސް ނެތް! އެކަމަކު ތެލުގެ އަގު އެންމެ ބޮޑު ކުރި ޤައުމު ތަކުގެ ހަތް ވަަނައިގައި ރާއްޖެ!
15 މާރިޗު 2026

"އަރަބި ޤައުމުތަކުގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން"

15 މާރިޗު 2026
"އަރަބި ޤައުމުތަކުގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން"
10 މާރިޗު 2026

ރައީސް ވިދާޅުވީ ކޮށްދޭނަމޭ، ވަޒީރު ވިދާޅުވީ ކޮށްދެވޭކަށް ނެތޭ!

10 މާރިޗު 2026
ރައީސް ވިދާޅުވީ ކޮށްދޭނަމޭ، ވަޒީރު ވިދާޅުވީ ކޮށްދެވޭކަށް ނެތޭ!
08 މާރިޗު 2026

ދޫނި އިޚުތިޔާރު ކުރަން ގޮވާތީ ހަނދާނަށް އަންނަނީ ކޮއްޓެއްގައި ތިބި އަށްޑިހަ ވަރަކަށް ދޫނީގެ ވާހަކަ!

08 މާރިޗު 2026
ދޫނި އިޚުތިޔާރު ކުރަން ގޮވާތީ ހަނދާނަށް އަންނަނީ ކޮއްޓެއްގައި ތިބި އަށްޑިހަ ވަރަކަށް ދޫނީގެ ވާހަކަ!
28 ފެބުރުއަރީ 2026

ދެ އިންތިޚާބު އެއްކުރަން ނުޖެހޭ ކަމުގެ ހެކި އެންމެ ފޮޓޯ ގަނޑަކުން!

28 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކުރަން ނުޖެހޭ ކަމުގެ ހެކި އެންމެ ފޮޓޯ ގަނޑަކުން!
24 ފެބުރުއަރީ 2026

ޤައުމުގެ އިސްތިޤުލާލަށް އަރައިގެންފައިވާ ކަމަށް ބުނެ، މަދޫރޯ މިނިވަން ކުރުމަށް ވެނެޒުއެލާގެ ފޮރިން މިނިސްޓަރު އެމެރިކާ އަށް ގޮވާލައްވައިފި

24 ފެބުރުއަރީ 2026
ޤައުމުގެ އިސްތިޤުލާލަށް އަރައިގެންފައިވާ ކަމަށް ބުނެ، މަދޫރޯ މިނިވަން ކުރުމަށް ވެނެޒުއެލާގެ ފޮރިން މިނިސްޓަރު އެމެރިކާ އަށް ގޮވާލައްވައިފި
22 ފެބުރުއަރީ 2026

އެމެރިކާގައި ވެސް ރާއްޖޭގައި ވެސް އޮތީ ސުޕްރީމް ކޯޓެއް، ރާއްޖޭގައި ނެތިގެން މިއުޅެނީ އިޚުލާސްތެރި ކަމާއި، ތެދުވެރިކަން

22 ފެބުރުއަރީ 2026
އެމެރިކާގައި ވެސް ރާއްޖޭގައި ވެސް އޮތީ ސުޕްރީމް ކޯޓެއް، ރާއްޖޭގައި ނެތިގެން މިއުޅެނީ އިޚުލާސްތެރި ކަމާއި، ތެދުވެރިކަން
17 ފެބުރުއަރީ 2026

އަމިއްލަ ގޮތް ގަނޑެއް ވެސް ނެތީ އެވެ!

17 ފެބުރުއަރީ 2026
އަމިއްލަ ގޮތް ގަނޑެއް ވެސް ނެތީ އެވެ!
10 ފެބުރުއަރީ 2026

ބަނދަރުތަކުން ފެށި ވާހަކަ، ނިމުނީ މޭވާ އާއި ތަރުކާރީގެ ވާހަކަ އިން!

10 ފެބުރުއަރީ 2026
ބަނދަރުތަކުން ފެށި ވާހަކަ، ނިމުނީ މޭވާ އާއި ތަރުކާރީގެ ވާހަކަ އިން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް