Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ދެ އިންތިޚާބު އެއްކުރަން ނުޖެހޭ ކަމުގެ ހެކި އެންމެ ފޮޓޯ ގަނޑަކުން!

ފޮޓޯގައި ތިބީ ސްކޫލުގައި އެސެމްބްލީގައި ވެސް ސަފެއް އަތުރާލާނެހާ ފުރިހަމަކޮށް. އެކަމަކު، ދަރިވަރުން ތަކެއް ނޫނެވެ. ބޭފުޅުން ތަކެއް. ސަރުކާރުގެ މިނިސްޓަރުން ތަކެއް. ޑެޕިއުޓީ މިނިސްޓަރުން ތަކަކާއި، ސްޓޭޓް މިނިސްޓަރުން ތަކެއް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަކަކާއި، ކުންފުނި ތަކުގެ މެނޭޖިން ޑިރެކްޓަރުން ތަކެއް. ނުވިތާކަށް، ކުންފުނި ތަކުގެ ބޯޑު މެމްބަރުން ވެސް ތިބީތީ ދުށީމު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 10:54
މޯލްޑިވިއަންގެ ފްލައިޓެއްގެ ކުރިމަތީގައި ސަރުކާރުގެ އިސް ބޭފުޅުން އެތުރިލައިގެން

މޯލްޑިވިއަންގެ ފްލައިޓެއްގެ ކުރިމަތީގައި ސަރުކާރުގެ އިސް ބޭފުޅުން އެތުރިލައިގެން | ޕީއެންސީ

ސޯޝަލް މީޑިއާ ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތް ފޮޓޯ ގަނޑެކެވެ. އެއާ އެކު، އެއީ ކޮން ތާކުން ޕޯސްޓު ކޮށްފައި އޮތް ފޮޓޯއެއްތޯ ވެސް ބަލައިލީމެވެ. އެއީ ސަރުކާރު ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ޕޯސްޓު ކޮށްފައި އޮތް ފޮޓޯ އެކެވެ. ފޮޓޯ އަށް އެހާ ވަރަކުން ބަލާލަން ޖެހުނީ ސަބަބެއް ވެސް ނެތިއެއް ނޫނެވެ. މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގެ ކުރިމަތީގައި ދަމާލާފައި އޮތް ސަފުގެ ބޮޑު ކަމުންނާއި، ހައިބަތު ފުޅާ ކަމުންނެވެ.

ފޮޓޯގައި ތިބީ ސްކޫލުގައި އެސެމްބްލީގައި ވެސް ސަފެއް އަތުރާލާނެހާ ފުރިހަމަ ކޮށެވެެ. އެކަމަކު، ދަރިވަރުން ތަކެއް ނޫނެވެ. ބޭފުޅުން ތަކެކެވެ. ސަރުކާރުގެ މިނިސްޓަރުން ތަކެކެވެ. ޑެޕިއުޓީ މިނިސްޓަރުން ތަކަކާއި، ސްޓޭޓް މިނިސްޓަރުން ތަކެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަކަކާއި، ކުންފުނި ތަކުގެ މެނޭޖިން ޑިރެކްޓަރުން ތަކެކެވެ. ނުވިތާކަށް، ކުންފުނި ތަކުގެ ބޯޑު މެމްބަރުން ވެސް ތިބީތީ ދުށީމެވެ. 

ފޮޓޯގައި ތިބި މީހުންނަށް ވަކި ވަކިން ބަލާލީ، ފޮޓޯގެ ވާތު ފަރާތުން ފެށިގެން ގޮސް ކަނާއަތް ފަރާތަށެވެ. އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތީ އާސަންދަ ކުންފުނީގެ ބޯޑު އޮފް ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އަޙުމަދު ޝަކީބް އެވެ. ހިތަށް އެރި އެވެ. ރައްޔިތުންގެ ޝަކުވާ އަކީ އާސަންދަ ހަމަ ނުޖެހޭ ވާހަކަ އާއި، އާސަންދަ ހޯދަން އުނދަގޫ ވާހަކަ އެވެ. އެ ވާހަކަތައް ރައްޔިތުން ދައްކާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. ކުއްލި އަކަށް، އަޅުގަނޑުމެން އެންމެންގެ ޑޮކް އެ ނައްޓާލީ މުޅި އާސަންދަ އަތަށް ލައްވައިގެން ހއ.ހޯރަފުއްޓަށެވެ.

ޖެހިގެން އެއް ބޭފުޅަކު ދޫކޮށް، ދެން ހުންނެވީ މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޢަބްދުއް ރައްޒާޤު ޙަލީމް އެވެ. މާލޭ އާއި. ހުޅުމާލެ އަދި ވިލިމާލޭގެ ހޮސްޕިޓަލް ތަކުގެ ފެންވަރު ދަށް ވާހަކަ އާއި، ޚިދުމަތްތައް ކަމު ނުދާ ވާހަކަ ނުދައްކާ މީހަކާ ދިމައެއް ނުވެ އެވެ. އައިޖީއެމްއެޗްގެ އިހުމާލުން ބަލި މީހުން މަރުވާ މައްސަލަ އާއި، ނުބައި އިންޖެކްޝަންތައް ޖެހުމާއި، ނުބައި ބޭސްތައް ދިނުމާ ހަމައިން ގޮސް، ލައްފިލުވާ ޖަހައިގެން ބަލި މީހުން ތިބޭ ތަންތަން ދޮންނަ ވާހަކަ އަކީ އައު ވާހަކައެއް ނޫނެވެ. އެހެން ހުއްޓާ، މުޅި މާލެ ގުރޫޕް ކޮނޑަށް ލައިގެން ޙަލީމް ވެސް އެ ވަޑައިގެންނެވީ ހޯރަފުއްޓަށެވެ. 

ޖެހިގެން ތިއްބެވީ މި ސަރުކާރުގެ އެންމެ ބާރު ގަދަ ދެ މިނިސްޓަރުންނެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އާއި، ރައީސް އޮފީހުންގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލް އެވެ. ބަންކަރިންގެ ޚިދުމަތް ފަށައި، ރާއްޖޭގެ ޖީޑީޕީ އަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވައްދާނެ ކަމަށް ވިދާޅުވި، މޮޅު އިކޮނޮމިސްޓް ސައީދު އެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދީފި ނަމަ ޑޮލަރުގެ އަގު ތިރި ވާނެ ކަމަށް ސައީދު ވިދާޅުވީއިރު، މިހާރު ޑޮލަރުގެ އަގު ހުރީ ސައީދުގެ އިސްކޮޅަށް ވުރެ ވެސް އުހުގަ އެވެ. މި ހުރިހާ ވާހަކަ ތަކެއް އެއް ފަރާތްކޮށް، އަނެއްކާ ވެސް ސަޅި ބައިސާ ކަނޑާލަން ސައީދު އެ ވަޑައިގެންނެވީ ހޯރަފުއްޓަށެވެ. 

ދެން ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރުންނެވެ. ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ މޫސާ އާއި، އިހަވަންދޫ ދާއިރާގެ މެމްބަރު އަޙުމަދު ނަޞީރު އަދި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު އެވެ. މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން ދެއްކި ވާހަކަ ހަނދާން އެބަ ހުއްޓެވެ. މެމްބަރު ފޯނު ނުނަގާ ވާހަކަ އެވެ. ބައްދަލު ނުވާ ވާހަކަ އެވެ. ރަށަށް ޖައްސާ ނުލާ ތަނުގައި، ޓީވީ އިން ލޮލަށް ވެސް ނުފެންނަނީ އެވެ. ފެންނަ ފަހަރެއްގައި ޙަމްދާއި، ޞަލަވާތް ފާތިޙާ ވެސް އޮޅުވާލާ ވާހަކަ އެވެ. ލަދުން ބޯ ހަލާކުވުން ނޫން ދެން އެހެން ކަމެއް ނެތީ އެވެ. އެކަމަކު، އެ މެމްބަރުން ވެސް މިއަދު އަރުވާ ޖައްސަވާފައި އެ ވަޑައިގެންނެވީ ހޯރަފުއްޓަށެވެ. އިހަވަންދޫ އަށެވެ. ނޮޅިވަރަމް އަށެވެ. ރައްޔިތުންގެ ގާތަށެވެ. 

އަދި ލިސްޓު ނިމުނީއެއް ނޫނެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިމް ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސައުދީ ވެސް އެ ހުންނެވީ، ރައްޔިތުންގެ ގާތަށް ވަޑައިގެން އެވެ. މި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގއި ރަށެއްގެ މަގު ހަދާ ނުލެވުނު ތަނުގައި، އާރުޓީއެލް ފެރީގެ ޚިދުމަތް ވެސް އެކަށީގެންވާ ގޮތެއްގައި ނުދެވުނެވެ. އާރުޑީސީ އާއި، އެޗްޑީސީ އަދި އެމްޓީސީސީ އާއި މިހެން ނަން ހުސްކޮށް ކިޔަންވީ އެވެ. ކުރާހާ ވެސް ކަމަކީ ވައްކަން ކުރުމެވެ. 

އެކަމަކު، މިއަދު މި ހުރިހާ ބޭފުޅުން ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ކީއް ކުރަންބާ އެވެ؟ މި ހުރިހާ މިނިސްޓަރުންނާއި، އެމްޑީންނާއި، އަދި މެމްބަރުންގެ އަމާޒަކަށް އޮތީ އެންމެ ކަމެކެވެ. އެއީ ރައްޔިތުންގެ ވޯޓެވެ. ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ނަގާ ވޯޓުގައި، ސަރުކާރު ބޭނުންވާ ގޮތަށް ރައްޔިތުން ލައްވާ ވޯޓު ދިނުމެވެ. ދެ އިންތިޚާބު އެއްކޮށްލައިި، ދައުރު ދަންމާލެވެން އޮތީ ރައްޔިތުން ބޭނުން ކޮށްގެން ކަމަށްވާތީ އެކަން ކުރުވާށެވެ. 

މިއަދު އާސަންދަ ވެސް ބޯކޮށް ލިބެނީ އެވެ. ފުލު ފުލުގައި އާސަންދަ ލިބެނީ އެވެ. ދަބަހުން ނަގާ ހަމަ އާސަންދަ ބަހަނީ އެވެ. މެމްބަރުން ވެެސް ރޭގަނޑުގެ ނިދި ނަގާލުމަށް ފަހު، ރައްޔިތުުންނަށް ގުޅަނީ އެވެ. ހިތާވެގެން އުޅޭ މީހަކު ނުގުޅާ ވަރަށް، ސަރުކާރުގެ އެކި އެކި މީހުން ގުޅަނީ އެވެ. ބައްދަލު ކުރަނީ އެވެ. ސަލާމް ކުރަނީ އެވެ. ބައްދަނީ އެވެ. ބޮސް ދެނީ އެވެ. ގޭގައި ކުރަން ހުރި މަސައްކަތެއް ވިއްޔާ، އެކަމެއް ވެސް މި ވެރިން ކޮށްދެނީ އެވެ. ތަށި ދޮވެ، ތެލި ދޮވެ، އަންނަ އުނު އިސްތިރި ކޮށްދީ، ނުވިތާކަށް ފަތް ވެސް ޖަހައިދެނީ އެވެ. ދެން ހަމަ ކިޔަންވީ އެވެ.

ދެ އިންތިޚާބު އެއްކުރަން ރައްޔިތުން ރުއްސަން މިވެރިން ކޮންމެ ކަމެއް ވެސް ކޮށްފާނެ އެވެ. އެކަމަކު، މިއީ ރައްޔިތުން ހޭއަރައި، ވިސްނަންވީ ވަގުތެވެ. މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ނުފެނުނު ވެރިން، މިއަދު އެ ފެންނަނީ ކުރިމަތީގައި އޮތް ވޯޓަށެވެ. ދެ އިންތިޚާބު އެއްކޮށްލަން ރައްޔިތުން ނިންމައިފި ނަމަ، ދެން ހަތަރެސްކަން ހަމަވީ އެވެ. އާސަންދަ ވެސް އިހުނަށް ވުރެ ވާނީ ދަށެވެ. ވާނީ ދައްޗެވެ. ޝަކުވާއެއްގެ އަޑު އަހާނެ މެމްބަރަކު ނުހުންނާނެ އެވެ. ސަރުކާރަކަށް އަޑެއް ނީވޭނެ އެވެ. އެވެރިން ތިބޭނީ ރީއްޗަށް ދެމިލައިގެންނެވެ. އެކަމަަކު، ރައްޔިތުން މިވެރިންނަށް މި ފުރުސަތު ނުދެމާ ހެއްޔެވެ؟ 

މަގޭ ރިޕޯޓްޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ރެފަރަންޑަމް ބިލުޚިޔާލު ހޯދުމުގެ ވޯޓުޕްރިފަރެންޝަލް ވޯޓިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދެ އިންތިޚާބު އެއްކޮށްލުމަށް ވޯޓު ނަގަން ސަރުކާރާ ދެކޮޅު ފަރާތްތަކުން އިދިކޮޅު ހަދަމުންދަނީ، އިންތިޚާބަށް ކަޑަޖެހުމަށް އާދަވެފައި ތިބުމުން: ރައީސް މުއިއްޒު

ދެ އިންތިޚާބު އެއްކޮށްލުމަށް ވޯޓު ނަގަން ސަރުކާރާ ދެކޮޅު ފަރާތްތަކުން އިދިކޮޅު ހަދަމުންދަނީ، އިންތިޚާބަށް ކަޑަޖެހުމަށް އާދަވެފައި ތިބުމުން: ރައީސް މުއިއްޒު

27 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގެ ރޫހު އޮތީ އެމްޑީޕީ އާއި އެކުކަން ވަރަށް ސާފު: ރައީސް ސޯލިހު

ކައުންސިލް އިންތިޚާބުގެ ރޫހު އޮތީ އެމްޑީޕީ އާއި އެކުކަން ވަރަށް ސާފު: ރައީސް ސޯލިހު

27 ފެބުރުއަރީ 2026
ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާ އެއްވެސް ކަމަށް ތާއީދެއް ނުކުރަން، ރެފަރެންޑަމް އަށް ނޫނެކޭ ބުނަން ތައްޔާރު: ނަޝީދު

ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާ އެއްވެސް ކަމަށް ތާއީދެއް ނުކުރަން، ރެފަރެންޑަމް އަށް ނޫނެކޭ ބުނަން ތައްޔާރު: ނަޝީދު

26 ފެބުރުއަރީ 2026
ރިފަރަންޑަމް ވޯޓުގެ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީ އިން ވަގުތީ އަމުރަކަށް އެދިއްޖެ

ރިފަރަންޑަމް ވޯޓުގެ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީ އިން ވަގުތީ އަމުރަކަށް އެދިއްޖެ

25 ފެބުރުއަރީ 2026
ރިފަރަންޑަމްއާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުނު ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ހުށަހަޅައިފި

ރިފަރަންޑަމްއާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުނު ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ހުށަހަޅައިފި

25 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

1 މާރިޗު
ވަރމިސެއްލީ ޕުޑިންގ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވަރމިސެއްލީ ޕުޑިންގ

"ދިރިއުޅުން، މުސީބާތަކަށް ވެއްޖެ... އަހަރެމެންގެ ވީޑީއޯ ނަގާ، މީސްތަކުންނަށް ދައްކައިދީ"
20242 އަހަރު ކުރިން
ރިޕޯޓު

"ދިރިއުޅުން، މުސީބާތަކަށް ވެއްޖެ... އަހަރެމެންގެ ވީޑީއޯ ނަގާ، މީސްތަކުންނަށް ދައްކައިދީ"

މަތީ ތައުލީމު ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

މަތީ ތައުލީމު ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށްފި

ތުއްތު ކުއްޖެއްގެ ނޭވާހޮޅިން ކަރަންފުލެއް ނަގައިފި
20224 އަހަރު ކުރިން
ސިއްހަތު

ތުއްތު ކުއްޖެއްގެ ނޭވާހޮޅިން ކަރަންފުލެއް ނަގައިފި

ޖިންނި ފައްސާލަން ހެދި ފަންޑިތަޔަކުން 9 އަހަރުގެ ކުއްޖަކު މަރުވެއްޖެ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ޖިންނި ފައްސާލަން ހެދި ފަންޑިތަޔަކުން 9 އަހަރުގެ ކުއްޖަކު މަރުވެއްޖެ

މޭގަން މާކަލް ދެކެ ޕްރިޔަންކާ ރުޅިއަތުވެއްޖެ
20197 އަހަރު ކުރިން
ތަފާތު ޚަބަރު

މޭގަން މާކަލް ދެކެ ޕްރިޔަންކާ ރުޅިއަތުވެއްޖެ

އީޔޫއިން ރާއްޖެ އަށް ދިން އިންޒާރު، ދިވެހި ބަހުން ވެސް ނެރެފި
20188 އަހަރު ކުރިން
ރާއްޖެ

އީޔޫއިން ރާއްޖެ އަށް ދިން އިންޒާރު، ދިވެހި ބަހުން ވެސް ނެރެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު