Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ބަނދަރުތަކުން ފެށި ވާހަކަ، ނިމުނީ މޭވާ އާއި ތަރުކާރީގެ ވާހަކަ އިން!

އިޤްތިޞާދޭ ބުންޏަސް ހިތަށް އަރަނީ ސައީދު. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު އަކީ، މާ މޮޅު އިކޮނޮމިސްޓެއް. އެހެންޏާ އެހެން ނުވާންވީ ސަބަބެއް ވެސް ނެތް. ދެ ސަރުކާރެއްގައި އިޤްތިޞާދީ ވަޒީރުކަން ކޮށްލެވޭ ބޭފުޅަކަށް މި ރާއްޖޭގައި ހުންނެވީ ސައީދު އެކަނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 07:37
ޕީއެންސީ އިން އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ސައީދު

ޕީއެންސީ އިން އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ސައީދު | ޕީއެންސީ

އިޤްތިޞާދޭ ބުންޏަސް ހިތަށް އަރަނީ ސައީދު އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު އަކީ، މާ މޮޅު އިކޮނޮމިސްޓެކެވެ. އެހެންޏާ އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ދެ ސަރުކާރެއްގައި އިޤްތިޞާދީ ވަޒީރުކަން ކޮށްލެވޭ ބޭފުޅަކަށް މި ރާއްޖޭގައި ހުންނެވީ ސައީދު އެކަނި އެވެ. އެހާ ވެސް ސައީދު މޮޅީ އެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ސައީދު އެވެ. އޭގެ ފަހުން މިހާރު، ރައީސް މުޢިއްޒުގެ ވެރި ކަމުގައި ވެސް ސައީދު އެވެ. ސައީދުގެ ނަމުގެ ކުރިއަށް އިކޮނޮމިސްޓް ހިމަނައި، ނަމުގެ ގޮތުގައި އިކޮނޮމިސްޓް މުޙައްމަދު ސައީދު ކިޔާ ވަރު ވެސް ވެއްޖެ އެވެ.

ވެރިކަން ކުރާ ޕީއެންސީ އިން އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ސައީދު ދެއްކެވި ވާހަކަ ކޮޅެއް އަޑު އެހީމެވެ. އެ ވާހަކަ ފަށަނީ ރާއްޖޭގެ ބަނދަރު ތަކާ ހިސާބުންނެވެ. އަމިއްލަ ފަރާތްތަކުން މަދު މަދުން ބަނދަރު ތަކެއް އޮޕަރޭޓު ކުރި ނަމަވެސް، ގިނަ ބަނދަރު ތަކެއް އޮޕަރޭޓު ކުރަނީ ސަރުކާރުން ކަމަށް ސައީދު ވިދާޅުވެ އެވެ. ވިޔަފާރި ވެރިން ބޭނުން ވަނީ އައްޑޫ އަށް ފަސޭހަ އިން މުދާ ގެންނަން ކަމަށާއި، ވިއްސާރަޔަސް، ކަނޑު ގަދަޔަސް އެކަން ކުރަން ވިޔަފާރިވެރިން ބޭނުންވާ ކަމަށާއި، އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށް ވެސް ސައީދު ވިދާޅުވެ އެވެ. 

އެކަމުގައި ފައިދާ ބޮޑީ ޕްރައިވެޓް ސެކްޓާ އިން ވިޔަފާރި ބަނދަރުތައް ހިންގުންތޯ، ނުވަތަ ސަރުކާރުން އެކަން ކުރުންތޯ ބައްލަވައި، އެކަމުގެ "ޑިބޭޓް" އަކަށް ދާން ބޭނުން ނުވާ ކަމަށް ސައީދު ވިދާޅުވި އެވެ. އެކަމުގައި ސައީދު ވަކި ފަޅިއެއް ނުނެންގެވި ނަމަވެސް، މާލޭގެ ވިޔަފާރި ބަނދަރުން މުދާ ނަގައިގެން، އައްޑޫ ސިޓީ އާއި، ކުޅުދުއްދުށި ސިޓީ އަދި ރާއްޖޭގެ އެހެން ހިސާބު ތަކަށް ވެސް މުދާ ގެންގޮސް ހަދަ އެވެ. މިވީހާ ދުވަހަށް އެ ކަންތައް ގެންދަނީ ކުރަމުންނެވެ. 

އަގު ހެޔޮކޮށް މުދާ ގެންނަން ވިޔަފާރިވެރިން ބޭނުންވާ ވާހަކަ އާއި، އަގު ހެޔޮ މުދާ ރައްޔިތުން ބޭނުންވާ ވާހަކަ ސައީދު ދައްކަވާއިރު، އަގު ބޮޑު ވަނީ ސަރުކާރުގެ ކުންފުންޏަކުން ލޮޖިސްޓިކްގެ މަސައްކަތް ނުކުރާތީ ހެއްޔެވެ؟ ސައީދު ވިދާޅުވާން އެ އުޅުއްވަނީ އެ ވާހަކަ ހެއްޔެވެ؟ އެހެން ވެއްޖިއްޔާ ދަންނަވަންތޯ އެވެ. މިއަދު ރައްޔިތުން ކަރަންޓު ބިލު ބޮޑުވާ ވާހަކަ އާއި، ފެން ބިލު ބޮޑުވާ ވާހަކަ ދައްކަމުން އަންނަނީ، ކޮން ބައެއް އެ ޚިދުމަތް ދޭތީ ހެއްޔެވެ؟ އެ ޚިދުމަތް ދެނީ ސަރުކާާރުގެ ކުންފުނި ތަކަކުން ނޫން ހެއްޔެވެ؟ ސައީދުމެން ދައްކާ ވާހަކަ ކޮންމެ ވެސް ވަރަކަށް ދެކޮޅު ޖެހެން ޖެހޭނެ ނޫން ހެއްޔެވެ؟

ސައީދު ދައްކަވަން ބޭނުންވާ ވާާހަކައެއް ދައްކަވަން ނުކެރި، ވަރަށް ދުރު ދުރުން ވިދާޅުވާން އުޅޭހެން ވެސް ހީވި އެވެ. އެހެން ހީވާން ޖެހުނީ، ބަނދަރުން ސައީދު ފެއްޓެވި ވާހަކަ އާއި، ބަނދަރު ހިންގުމުގެ ވާހަކަ ގޮސް ނިމުނީ، މޭވާ އާއި ތަރުކާރީގެ ވާހަކަ އިންނެވެ. ދެން ސައީދު ދެއްކެވީ ހަނޑުލާއި، ހަކުރާއި ފުށް، އަދި ރައްޔިތުންނަށް ބޭނުންވާ 10 ބާވަތުގެ މޭވާ އާއި، 10 ބާވަތުގެ ތަރުކާރީ އަދި އިތުރު ތިން ބާވަތެއްގެ ކާނާ ހިމަނައިގެން ޕެކޭޖު ފުޅާ ކުރުމުގެ ވާހަކަ އެވެ. ދެން ވިދާޅުވީ، ކޮންމެ މުސޫމެއްގައި ވިޔަސް، ރައްޔިތުންނަށް އެ ތަކެތި ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށެވެ. 

އެއްވެސް ވަރަަކަށް ސައީދު ވިދާޅުވާން އުޅޭ އެއްޗެއް ފަހުމެއް ނުވި އެވެ. ރާއްޖޭގައި ވިޔަފާރީގެ ބަނދަރުތައް ހިންގުމުން ފެށި ވާހަކަ، ސައީދު އެ ނިންމަވާލެއްވީ 23 ބާވަތުގެ ކާނާ އިންނެވެ. ސަރުކާރުން ބޭނުން ވަނީ 10 ބާވަތުގެ މޭވާ އާއި، 10 ބާވަތުގެ ތަރުކާރީ އާއި، އިތުރު ތިން ބާވަތާ އެކު، ހަނޑުލާއި، ހަކުރު އަދި ފުށް ރައްޔިތުން ކައިގެން ބޮއެގެން ތިބުން ކަށަވަރު ކުރުމުގެ ވާހަކަ ސައީދު މި ދެއްކެވީ، ސަރުކާރުން ހެދި ލޮޖިސްޓިކް ކުންފުނި ދިފާއު ކުރުމަށެވެ. 

މަގޭ ރިޕޯޓްމިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދުރައީސް ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ، ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަމެއް ނުވާނެ: ބޮންޑެ

ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ، ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަމެއް ނުވާނެ: ބޮންޑެ

10 ފެބުރުއަރީ 2026
ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތަށް، އެސް.ޓީ.އޯ މެދުވެރިކޮށް އަގުހެޔޮކޮށް ވިއްކާ 23 ބާވަތް އައްޑޫ ސިޓީއިން ލިބެން ނެތް: ނިޒާރު

ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތަށް، އެސް.ޓީ.އޯ މެދުވެރިކޮށް އަގުހެޔޮކޮށް ވިއްކާ 23 ބާވަތް އައްޑޫ ސިޓީއިން ލިބެން ނެތް: ނިޒާރު

09 ފެބުރުއަރީ 2026
ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިހާރު އެކުރައްވާ ކަންތަކުން ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ: ރައީސް ސޯލިހު

ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިހާރު އެކުރައްވާ ކަންތަކުން ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ: ރައީސް ސޯލިހު

08 ފެބުރުއަރީ 2026
ބ. މާޅޮހުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި، މިފަސް އަހަރު ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް ނުނިމޭނެ: އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް

ބ. މާޅޮހުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި، މިފަސް އަހަރު ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް ނުނިމޭނެ: އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް

08 ފެބުރުއަރީ 2026
މުއިއްޒުގެ މައްޗަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރާ ހިސާބަށް ގައުމުގެ ހާލަތު އަދި ދާނެ: ލޯޔަރު ނިޝާން

މުއިއްޒުގެ މައްޗަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރާ ހިސާބަށް ގައުމުގެ ހާލަތު އަދި ދާނެ: ލޯޔަރު ނިޝާން

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު