Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

ޤައުމުގެ އިސްތިޤުލާލަށް އަރައިގެންފައިވާ ކަމަށް ބުނެ، މަދޫރޯ މިނިވަން ކުރުމަށް ވެނެޒުއެލާގެ ފޮރިން މިނިސްޓަރު އެމެރިކާ އަށް ގޮވާލައްވައިފި

ޖެނީވާގައި ކުރިއަށް ދިޔަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ދުވަހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ވިދާޅުވީ، ވެނެޒުއެލާގެ ޤާނޫނީ ރައީސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޮރެސް އެމެރިކާ އިން ވަގުތުން މިނިވަަން ކުރަން ޖެހޭ ކަމަށް. ފޮރިން މިނިސްޓަރުގެ ވާހަކައިގައި ވަނީ، މަދޫރޯ އަކީ ވެނެޒުއެލާގެ ދުސްތޫރީ ހަމަތަކުގެ މަތިން އިންތިޚާބުވެފައިވާ ރައީސްކަން ފާހަގަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 07:07
ވެނެޒުއޭލާގެ ފޮރިން މިނިސްޓަރު އިވާން ގިލް

ވެނެޒުއޭލާގެ ފޮރިން މިނިސްޓަރު އިވާން ގިލް | ރޮއިޓާސް

އެމެރިކާ އިން ހައްޔަރުކޮށް، އަދި ވެރިކަމުން ދުރުކޮށްފައިވާ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވަގުތުން މިނިވަން ކުރުމަށް، ވެނެޒުއާލެގެ ފޮރިން މިނިސްޓަރު އިވާން ގިލް ގޮވާލައްވައިފި އެވެ.

އޭނާ މިހެން ގޮވާލައްވާފައި ވަނީ ސްވިޒަލެންޑުގެ ޖެނީވާގައި ކުރިއަށް ދިޔަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. 

ހޯމަ ދުވަހު ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ވިދާޅުވީ، ވެނެޒުއެލާގެ ޤާނޫނީ ރައީސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޮރެސް އެމެރިކާ އިން ވަގުތުން މިނިވަަން ކުރަން ޖެހޭ ކަމަށެވެ. ފޮރިން މިނިސްޓަރުގެ ވާހަކައިގައި ވަނީ، މަދޫރޯ އަކީ ވެނެޒުއެލާގެ ދުސްތޫރީ ހަމަތަކުގެ މަތިން އިންތިޚާބުވެފައިވާ ރައީސްކަން ފާހަގަ ކުރައްވައިފަ އެވެ. 

މިދިޔަ ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާ އިން ހިންގި އޮޕަރޭޝަންގައި މަދޫރޯ ހައްޔަރު ކޮށްފައިވާއިރު، އޭނާ ހައްޔަރު ކޮށްފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނު ތަކާ ޚިލާފަށް ކަމަށް ވެނެޒުއެލާގެ ސަރުކާރުން ދަނީ ބުނަމުންނެވެ. މި ހާދިސާއާ ގުޅިގެން ވެނެޒުއެލާ އާއި، އެމެރިކާއާ ދެމެދު އޮތް ސިޔާސީ ގުޅުމަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފަ އެވެ. 

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ވެނެޒުއެލާގެ ފޮރިން މިނިސްޓަރު މި މޭރުމުން ވާހަކަ ދެއްކެވިއިރު، މިއީ މަދޫރޯ ހައްޔަރު ކުރި ފަހުން ބައިނަލްއަޤުވާމީ މައިދާނެއްގައި އެ ޤައުމުން މި މައްސަލައިގެ އަޑު މިހާ ބޮޑަށް އުފުލި ފުރަތަމަ ފަހަރެވެ. ފޮރިން މިނިސްޓަރު ގިލް ވަނީ، އެމެރިކާގެ މި އަމަލަކީ އެހެން ޤައުމެއްގެ އިސްތިޤުލާލަށް އަރައި ގަތުން ކަމަށް ސިފަ ކުރައްވައިފަ އެވެ. 

ގިލްގެ ވާހަކަތަކާ ގުޅިގެން އެމެރިކާ އިން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. މަދޫރޯ ހައްޔަރު ކުރި އޮޕަރޭޝަނަކީ ވެނެޒުއެލާގައި ޑިމޮކްރަސީ ޤާއިމު ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި އެމެރިކާގެ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. ވެނެޒުއެލާގެ ވަގުތީ ސަރުކާރުން ދަނީ މަދޫރޯ މިނިވަން ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ވެސް ކުރަމުންނެވެ. 

މަސްދަރު: އޭއެފްޕީ

ނިކޮލަސް މަދޫރޯވެނެޒުއޭލާއިވާން ގިލްއެމެރިކާ-ވެނެޒުއެލާއދ. ހިއުމަން ރައިޓްސް ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާގެ އިންތިގާލީ ރައީސާ ޑެލްސީ ރޮޑްރިގޭޒްގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އެ ގައުމުގެ ބޮޑީގާޑުންނާ ހަވާލުކުރައްވައިފި

ވެނެޒުއޭލާގެ އިންތިގާލީ ރައީސާ ޑެލްސީ ރޮޑްރިގޭޒްގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އެ ގައުމުގެ ބޮޑީގާޑުންނާ ހަވާލުކުރައްވައިފި

21 ފެބުރުއަރީ 2026
މަދޫރޯ ހައްޔަރުކޮށް ވެރިކަން ވައްޓާލި ފަހުން، ފުރަތަމަ ފަހަރަށް ޔޫރަޕުގެ ފްލައިޓެއް ވެނެޒުއެލާ އަށް ޖައްސައިފި

މަދޫރޯ ހައްޔަރުކޮށް ވެރިކަން ވައްޓާލި ފަހުން، ފުރަތަމަ ފަހަރަށް ޔޫރަޕުގެ ފްލައިޓެއް ވެނެޒުއެލާ އަށް ޖައްސައިފި

18 ފެބުރުއަރީ 2026
އިންޑިއާ ކަނޑުގައި އޮތް ތެޔޮ ޓޭންކަރެއް އެމެރިކާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފި

އިންޑިއާ ކަނޑުގައި އޮތް ތެޔޮ ޓޭންކަރެއް އެމެރިކާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފި

10 ފެބުރުއަރީ 2026
ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލާނެ ކަމަށް މޯދީ ވައުދުވެއްޖެ: ޓްރަމްޕް

ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލާނެ ކަމަށް މޯދީ ވައުދުވެއްޖެ: ޓްރަމްޕް

03 ފެބުރުއަރީ 2026
ވަގުތީ ރައީސް ޑެލްސީ އަށް ވަފާތެރިވުމަށް، ވެނެޒުއެލާގެ ސިފައިންނާއި ފުލުހުން ހުވާ ކޮށްްފި

ވަގުތީ ރައީސް ޑެލްސީ އަށް ވަފާތެރިވުމަށް، ވެނެޒުއެލާގެ ސިފައިންނާއި ފުލުހުން ހުވާ ކޮށްްފި

29 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު