Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ވޯޓު ހޯދަން ސަރުކާރުން ދީނީ ކާޑު ކުޅޭ ކަމުގެ ހެކި އެންމެ ބެނާ އަކުން!

ދީނީ ކާޑު ކުޅުމާއި، ދީނީ ކަންކަން ބޭނުން ކޮށްގެން ވޯޓު ހޯދަން މަސައްކަތް ކުރުމަކީ އޮންނަ ގޮތެއް ވެސް ނޫން. ވޯޓު ހޯދަން ވިއްކަން ޖެހޭނީ ތިމާމެންގެ ސިޔާސަތު. ތިމާމެން ކޮށްފައި ހުރި ކަންކަން. ތިމާމެން ކޮށްދޭނެ ކަންކަން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މާރިޗު 2026 | އަންގާރަ 08:46
އިންތިޚާބުގެ ކެމްޕެއިން އަށް ޕީއެންސީ އިން ދަމާފައި ހުރި ބެނާއެއް

އިންތިޚާބުގެ ކެމްޕެއިން އަށް ޕީއެންސީ އިން ދަމާފައި ހުރި ބެނާއެއް | ރާއްޖެ އެމްވީ

ހުޅުމާލެ އިން ބްރިޖް ހައިވޭ އަށް އަރަން ދުއްވާފައި އަންނަ މަގުގައި ދަމާފައި ހުރި ބެނާއެއް ދުށީމެވެ. ބެނާ ތައްޔާރު ކޮށްފައި ހުރި ކުލަ ފެނުމާ އެކު، އެއީ ސަރުކާރު ޕާޓީ އިން ދަމާފައިވާ ބެނާއެއްކަން އެނގިއްޖެ އެވެ. ބެނާއާ ކައިރި އަށް ޖެހިލާފައި އޭގައި ލިޔެފައި އޮތް އެއްޗެއް ވެސް ބަލާލީމެވެ. އެ ކިޔަމުން ހިތައް އެރި އެވެ. އަބަދު ވެސް ދީނީ ކާޑު ކުޅޭ މީހުން ހަމަ ކުޅޭނެ އެވެ. އެކަން ކޮށްގެން ވެސް ބަލާނީ ވޯޓު ހޯދޭތޯ އެވެ. 

ބެނާގައި ލިޔެފައި އޮތީ، "ޤުރުއާން ހިތު ދަސްކުރަން ދޭ ސަމާލުކަން އިތުރުވެއްޖެ" މިހެންނެވެ. މިއީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި، ދެ އިންތިޚާބު އެއްކޮށްލަން ނަގާ ވޯޓުގެ ކެމްޕެއިން އަށް ސަރުކާރުން ދަމާފައި ހުރި ބެނާ އެކެވެ. ޤުރުއާން ހިތު ދަސް ކުރަން ދޭ ސަމާލުކަން އިތުރުވުމުން، ސަރުކާރަށް ކައުންސިލް ދޭންވީ ހެއްޔެވެ؟ ޤުރުއާން ހިތު ދަސް ކުރަން ދޭ ސަމާލުކަން އިތުރުވުމުން، ސަރުކާރުން ބޭނުންވާ ގޮތަށް ދެ އިންތިޚާބު އެއްކޮށްލަން އާނއެކޭ ބުނަަންވީ ހެއްޔެވެ؟ ހައްދުން ނެއްޓިޔަސް ތަން ކޮޅެއް ބޮޑު ވަރެވެ.

ޤުރުއާން ހިތުު ދަސް ކުރުމަކީ ޒަމާނުއްސުރެ މި ރާއްޖޭގައި ކުދިން އަދި ބޮޑެތި މީހުން ވެސް ކުރަމުން އައި ކަމެކެވެ. ޚާއްސަކޮށް ދަރިވަރުންގެ ހިތް ތަކުގައި ޤުރުއާނަށް އޮންނަ ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމަށް ބާރު އެޅުން އަދި ޤުރުއާން ހިތު ދަސް ކުރުމަކީ މައިންބަފައިން ޚާއްޞަ ސަމާލު ކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. އެއީ ވަކި ޕާޓީއެއްގެ ވެރި ކަމެއް، ނުވަތަ ވަކި ބޭފުޅަކު ވެރިކަމުގައި ހުންނަވައިގެން ވާ ކަމެއް ވެސް ނޫނެވެ. 

މިދިޔަ ދިގު ތާރީޚުގައި މި ރާއްޖޭގައި ޤުރުއާން ހިތުދަސް ހާފިޒުން އުފެދިއްޖެ އެވެ. ކިތަންމެ ކިތަންމެ ދަރިވަރަކު ޤުރުއާން ހިތު ދަސްކޮށްގެން، ޙާފިޒު ކަމުގެ ސަނަދު ހާސިލު ކޮށްފި އެވެ. ބައިނަލްއަޤުވާމީ މުބާރާތް ތަކުގައި ވާދަކޮށް، ކިތަންމެ ދަރިވަރުން ތަކެއް ރަން ވަނަ ތަކެއް ހޯދައިި، ޤައުމަށް ރީތި ނަމާއި ޝަރަފު ވެސް ހޯދައިދީފި އެވެ. އެކަމަކު، މިއީ ސަރުކާާރަކުން އެކަން ބެނާ އަކަށް ތިލަ ކޮށްގެން، ރައްޔިތުންގެ ވޯޓު ހޯދަން އުޅޭ ފުރަތަމަ ފަހަރެވެ. މި ރާއްޖޭގައި ހުދުމުޚުތާރު ވެރިކަމެއް އޮތް ކަމަށް ބުނާ ޒަމާނުގައި ވެސް، މިޒާތުގެ ކަމެއް ހިނގާފައި ހުރިހެނެއް ހިއެއް ނުވެ އެވެ. 

އަނެއްކޮޅުން ކީރިތި ޤުރުއާން އާއި، ދީނީ ކަންކަމަކީ އިންސާނާ އާާއި އިންސާނާ ހެއްދެވި ފަރާތާ ދެމެދު އޮންނަ މަތިވެރި ކަމެކެވެ. އެއީ ވަކި މީހަކު މެދުވެރި ވެގެން އޮންނަ ގުޅުމެއް ވެސް ނޫނެވެ. އެއީ އިންސާނާ ﷲ ސުބުހާނަހޫ ވަތައާލާ އަށް ކުށްތަންވެ، ދީނީ ކަންކަމާއި އަޅުކަން ކުރުމުގައި ޝާމިލުވެ އުޅުނު މިންވަރަކާއި، ދީނީ އަޤީދާ އާއި، ދީނީ ކަންކަމަށް އޮންނަ ސަމާލުކަން ވެސް އިތުރު ވެގެންދާ މިންވަރަކުން ޙާޞިލުވާ ކަމެކެވެ.

މިއީ އިންތިޚާބުތަކާ ދިމާކޮށް ކުރަން ހެޔޮވާ ވަރުގެ ކަމެއް ވެސް ނޫނެވެ. ދީނީ ކާޑު ކުޅުމާއި، ދީނީ ކަންކަން ބޭނުން ކޮށްގެން ވޯޓު ހޯދަން މަސައްކަތް ކުރުމަކީ އޮންނަ ގޮތެއް ވެސް ނޫނެވެ. ވޯޓު ހޯދަން ވިއްކަން ޖެހޭނީ ތިމާމެންގެ ސިޔާސަތެވެ. ތިމާމެން ކޮށްފައި ހުރި ކަންކަމެވެ. ތިމާމެން ކޮށްދޭނެ ކަންކަމެވެ. ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ޕީއެންސީގެ ސަރުކާރުން ރައްޔިތުންނަށް ކަމެއް ނުކޮށްދޭއިރު، ވޯޓު ހޯދަން ދީނީ ކާޑު ކުޅުމަކީ އިންތިހާ އަށް ލަދުވެތި ކަމެކެވެ.

މަގޭ ރިޕޯޓްޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ބައްދަލުވުން ކެންސަލް ކުރެއްވުމަށް ފަހު، ޓްރަމްޕްގެ މަންދޫބު ސާޖިއޯ ފުރާވަޑައިގެންފި

ރައީސް މުޢިއްޒުގެ ބައްދަލުވުން ކެންސަލް ކުރެއްވުމަށް ފަހު، ޓްރަމްޕްގެ މަންދޫބު ސާޖިއޯ ފުރާވަޑައިގެންފި

24 މާރިޗު 2026
ޓްރަމްޕްގެ މަންދޫބު ސާޖިއޯގެ ދަތުރު ރާއްޖެ އިން ސިއްރު ކޮށްގެން އުޅުމަށް ފަހު، ނޫސްވެރިން ސުވާލު ކުރުމުން ރާއްޖޭގައި އޭނާ ހުންނެވި ކަަމަށް ސަރުކާރުން އެއްބަސްވެއްޖެ

ޓްރަމްޕްގެ މަންދޫބު ސާޖިއޯގެ ދަތުރު ރާއްޖެ އިން ސިއްރު ކޮށްގެން އުޅުމަށް ފަހު، ނޫސްވެރިން ސުވާލު ކުރުމުން ރާއްޖޭގައި އޭނާ ހުންނެވި ކަަމަށް ސަރުކާރުން އެއްބަސްވެއްޖެ

23 މާރިޗު 2026
އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އީރާން އިން ހަމަލާ ދޭތީ ކަންބޮޑުވާ މޭރުމަކުން ރައީސް މުޢިއްޒު ވާހަކަ ދައްކަވައިފި

އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އީރާން އިން ހަމަލާ ދޭތީ ކަންބޮޑުވާ މޭރުމަކުން ރައީސް މުޢިއްޒު ވާހަކަ ދައްކަވައިފި

23 މާރިޗު 2026
ހަނގުރާމައިގައި ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން ރައީސް އަށް އެނގިވަޑައި ނުގަންނަވާ

ހަނގުރާމައިގައި ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން ރައީސް އަށް އެނގިވަޑައި ނުގަންނަވާ

23 މާރިޗު 2026
‏ގިރާވަރުފަޅުގެ ބިން އެއްކޮށް ހިއްކާ ގޯތި ދޫކުރާނެ އައު ތާރީހެއް އަނެއްކާ ވެސް ރައީސް މުއިއްޒު ދެއްވައިފި

‏ގިރާވަރުފަޅުގެ ބިން އެއްކޮށް ހިއްކާ ގޯތި ދޫކުރާނެ އައު ތާރީހެއް އަނެއްކާ ވެސް ރައީސް މުއިއްޒު ދެއްވައިފި

21 މާރިޗު 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު