Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބާރުތައް ވަކިކުރުން

ދޫނި އިޚުތިޔާރު ކުރަން ގޮވާތީ ހަނދާނަށް އަންނަނީ ކޮއްޓެއްގައި ތިބި އަށްޑިހަ ވަރަކަށް ދޫނީގެ ވާހަކަ!

8 މާރިޗު 2026 | އާދީއްތަ 04:38

މަދު ދޫނިތަކެއް ފިޔަވައި ހުރިހާ ދޫނިތަކެއް ގޮވަމުންދަނީވެސް އެއް ރާގަކަށް. ހީވާކަހަލަ. އެ ނޫން ރާގަކަށް ގޮވާލަންވެސް އެ ދޫނިތައް ތިބީ ޖެހިލުންވެފައި. ނަމަވެސް ކީއްވެބާ؟ ނުފެންނަ ބިރުވެރިކަމެއް އެ ދޫނިތަކާ ކުރިމަތިވަނީބާ؟ މިވާގޮތެއް ބަލަން ޖެހިއްޖެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މާރިޗު 2026 | އާދީއްތަ 04:38
ދޫނި އިޚުތިޔާރު ކުރަން ގޮވާތީ ހަނދާނަށް އަންނަނީ ކޮއްޓެއްގައި ތިބި އަށްޑިހަ ވަރަކަށް ދޫނީގެ ވާހަކަ!

ދޫނި އިޚުތިޔާރު ކުރަން ގޮވާތީ ހަނދާނަށް އަންނަނީ ކޮއްޓެއްގައި ތިބި އަށްޑިހަ ވަރަކަށް ދޫނީގެ ވާހަކަ! | ރާއްޖެ އެމްވީ

މި ދުވަސްވަރަކީ ދޫނި ޚިޔާރު ކުރުމަށް ގޮވާލާ އަޑު ގަދަވެފައިވާ ދުވަސްވަރެކެވެ. ދޫނި އިޚުތިޔާރު ކުރުން ނޫން ވަކި މޮޅު ގޮތެއް ނެތްކަމަށް ބުނާ އަޑު ވައިގެ ތެރޭގައި ގުގުމަމުންދާ ދުވަސްވަރެކެވެ. އެހެންވެ ހަނދާނަށް އައީ އަޅުގަނޑުވެސް ދަންނަ ދޫނިތަކެއްގެ ވާހަކައެވެ.  

އެންމެ ދޫންޏެއް ދެ ދޫންޏެއް ނޫނެވެ. އަށްޑިހަ އެތައް ދޫންޏެކެވެ. ދުރުން ބަލާލާއިރު އެކި ކުލަކުލައިގެ، އެކި އުމުރުގެ ދޫނިތަކެކެވެ. އެކި ރާގުރާގަށް، އެކި އަޑުއަޑުން ލަވަކިޔާ ގޮވާލުމުގެ ޤާބިލުކަން ހުރި ދޫނިތަކެކެވެ.

ފެންނަ ފެނުމަށް ދޫނިތައް ތިބީ ބަންދުވެފައި، ނުވަތަ މިނިވަންކަން ނަގާލެވިފައިވާ މާހައުލެއްގައެއް ނޫނެވެ. ޤުދުރަތީ ޤާނޫނު ތަންދޭ މިންވަރަކުން ބޭނުން ދިމާއަކަށް ބޭނުން ވަރަކަށް އުދުހި އުޅުމުގެ މިނިވަންކަންވެސް އެ ދޫނިތަކަށް އެބައޮތެވެ. ބޭނުން ރާގަކަށް، ބޭނުން ލަވައެއް ކިޔައި އުޅުމުގެ މިނިވަންކަންވެސް އެބަ އޮތެވެ.

އެހެންނަމަވެސް، އެ ދޫނިތައް އެހާ މަޑުމަޑުން އެ ތިބެނީ ކީއްވެބާއެވެ؟ ގޮވާލަން ނުކެރިފައި، އުދުހެން ނުކެރިފައި އެ ތިބެނީ ކީއްވެބާއެވެ؟ މަދު ދޫނިތަކެއް ފިޔަވައި ހުރިހާ ދޫނިތަކެއް ގޮވަމުންދަނީ ވެސް އެއް ރާގަކަށެވެ. ހީވާކަހަލައެވެ. އެ ނޫން ރާގަކަށް ގޮވާލަންވެސް އެ ދޫނިތައް ތިބީ ޖެހިލުންވެފައެވެ. ނަމަވެސް ކީއްވެބާއެވެ؟ ނުފެންނަ ބިރުވެރިކަމެއް އެ ދޫނިތަކާ ކުރިމަތިވަނީބާއެވެ؟ މިވާގޮތެއް ބަލަން ޖެހިއްޖެއެވެ.

ބައެއް ފަހަރު މަދު ދޫނިތަކެއް ނުކުމެ އުދުހޭ މަންޒަރު ފެނެ އެވެ. ހީވާކަހަލައެވެ. ދޫންޏަކީ މިނިވަންކަމާއެކު އުދުހިލާ އުޅެވޭނެ މަޚުލޫޤެއްކަން އެސޮރުމެންގެ އެކުވެރިންނަށް ބުނެދޭން މަސައްކަތް ކުރަނީއެވެ. ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އުދުއްސައިގަތުމުގެ ބާރު އެސޮރުމެންގެ ފިޔަގަނޑުގައި މިއަދުވެސް އެބަހުރިކަން ބުނެދޭން މަސައްކަތް ކުރަނީއެވެ. ދޫނީގެ ތަބީއަތް ހަނދާން ކޮށްދޭން މަސައްކަތް ކުރަނީއެވެ.

އެ ދޫނިތަކުގެ ޒާތުން އެއީ ވަކިވެގަނެގެން އުޅެވޭނެ ބާވަތުގެ ދޫނިތަކެއް ނޫނެވެ. ކަންކަން ހާސިލު ކުރުމަށްޓަކައި ދޫނިތަކަށް އެއް ބަޔަކު އަނެއް ބައެއްގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ. އެހެންކަމުން މިދެންނެވި މަދު ދޫނިތައް ކިތަންމެ ބޭނުންވިނަމަވެސް، ވަކިވެގަނެގެން އުދުހިގެން ދެވޭކަށް ނޯވެއެވެ. ދިޔަ ނަމަވެސް، އެ ދޫނިތަކަށްވެސް ވާ ވަކި ފައިދާއެއް ނޯވެއެވެ. އަދަދު މަދުކަމުން އެ ދޫނިތައް ކިތަންމެ ބާރު ލާފަ ގޮވިނަމަވެސް، ކިތަންމެ ލަވައެއް ކީނަމަވެސް، އެ އަޑު މާކަ ދުރަކަށް ނުފޯރައެވެ.

އެހެންނަމަވެސް، މި ދެންނެވި މަދު ދޫނިތައް ހުއްޓުމެއް ނެތި މަސައްކަތް ކުރާތަން ފެނެއެވެ. ދޫނީގެ ތަބީއަތް ދެން ތިބި ދޫނިތަކަށް ބުނެދޭން ކުރާ މަސައްކަތާއި، މިނިވަންކަމާއެކު އުދުހިގަތުމަށް ހަނދާންކޮށްދޭން ކުރާ މަސައްކަތެވެ.

ކަންވާގޮތް ބެލިއިރު، ދޫނިތަކަށް ކާންދޭން ސާހިބަކު އަންނަނީއެވެ. އަދި އެ ދޭ މީރު ކާއެއްޗަކަށް ދޫނިތައްވެސް ހޭނުނީއެވެ. އެ ކާއެތިކޮޅުގެ ދަހިވެތިކަމުގައި ދޫނީގެ ތަބީއަތްވެސް މުޅިން ހަނދާން ނައްތާލައި، އިސް ޖަހާލައިގެން މަޑުމޮޅިކަމާއެކު ތިބެނީއެވެ.

ކާއެތިކޮޅާއެކު ދޭތެރެ ދޭތެރެއިން ލިބޭ މީރު ފެންފޮދާއި، އަރާމު ހާލިތަކާ ނުލައި އެ ދޫނިތަކަށް މިއަދު އުޅެވެންވެސް ނެތީއެވެ. ކޮންމެ ހާއްޔަކީ އެ ދޫނިތަކާއި ދޫނިތަކުގެ އާއިލާގެ ގެދޮރުކަމަށްވާތީ، މިއަދު ސާހިބު މީހާ ބުނާ ގޮތަކަށް ބުނާ ރާގެއްގެ ލަވައެއް ކިއުން ނޫން ގޮތެއް ނެތީއެވެ. ދެރަވަޑާމެކެވެ.  

މަޖިލިސްމަޖިލިސް އިދާރާޑިމޮކްރެޓިކް ވެރިކަންމަގޭ ރިޕޯޓް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

11 އޯގަސްޓު 2026

ކޯފާވެގެން ހަޅޭ ފަޅޭ ޖެއްސެވިޔަސް ކަމަކު ނުދާނެ، އިސްލާޙު ވެވަޑައިގަންނަވަންވީ އަމިއްލަފުޅަށް!

11 އޯގަސްޓު 2026
ކޯފާވެގެން ހަޅޭ ފަޅޭ ޖެއްސެވިޔަސް ކަމަކު ނުދާނެ، އިސްލާޙު ވެވަޑައިގަންނަވަންވީ އަމިއްލަފުޅަށް!
04 އޯގަސްޓު 2026

ކަށި ނެތް ދުލެއް އޮތީތީ، ހަމަ ވާހަކަ ދެއްކިޔަސް ކަމަކު ނުދާނެ، ލަދުވެތިކަމާއި އިޚުލާސްތެރިކަން ވެސް ހުންނަން ޖެހޭނެ!

04 އޯގަސްޓު 2026
ކަށި ނެތް ދުލެއް އޮތީތީ، ހަމަ ވާހަކަ ދެއްކިޔަސް ކަމަކު ނުދާނެ، ލަދުވެތިކަމާއި އިޚުލާސްތެރިކަން ވެސް ހުންނަން ޖެހޭނެ!
27 ޖުލައި 2026

"އަމިއްލަ ހަސަދަ ފިލުވުމާއި ދަށު ދަރަޖައިގެ ރައްދު ދިނުމަށް ޤައުމީ ދުވަހެއް، ނުވަތަ ރައީސްގެ ޕޯޑިއަމް ބޭނުން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ކަރާމާާތް ނަގާލުން!"

27 ޖުލައި 2026
"އަމިއްލަ ހަސަދަ ފިލުވުމާއި ދަށު ދަރަޖައިގެ ރައްދު ދިނުމަށް ޤައުމީ ދުވަހެއް، ނުވަތަ ރައީސްގެ ޕޯޑިއަމް ބޭނުން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ކަރާމާާތް ނަގާލުން!"
22 ޖުލައި 2026

ރައްޔިތުންގެ މަޖިލީހަކީ ޕްރީ ސްކޫލެއްތަ؟

22 ޖުލައި 2026
ރައްޔިތުންގެ މަޖިލީހަކީ ޕްރީ ސްކޫލެއްތަ؟
14 ޖުލައި 2026

އެޑިއުކޭޝަން މިނިސްޓަރު މި ވިދާޅުވާ އެއްޗެއް އެބަ އިނގޭތަ؟

14 ޖުލައި 2026
އެޑިއުކޭޝަން މިނިސްޓަރު މި ވިދާޅުވާ އެއްޗެއް އެބަ އިނގޭތަ؟
12 ޖުލައި 2026

ނަމޫނާ ނަގަންވީ ޕީއެންސީގެ ބޮޑު މާރާމާރީންތަ؟

12 ޖުލައި 2026
ނަމޫނާ ނަގަންވީ ޕީއެންސީގެ ބޮޑު މާރާމާރީންތަ؟
06 ޖުލައި 2026

ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!

06 ޖުލައި 2026
ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!
05 ޖުލައި 2026

މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު

05 ޖުލައި 2026
މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު
02 ޖުލައި 2026

ރައްޔިތުންގެ ޝަކުވާ އިންތިހާ، ނަމަވެސް މެންބަރު ސުޖާއުގެ ކަންބޮޑުވުމެއް ނެތް؟

02 ޖުލައި 2026
ރައްޔިތުންގެ ޝަކުވާ އިންތިހާ، ނަމަވެސް މެންބަރު ސުޖާއުގެ ކަންބޮޑުވުމެއް ނެތް؟
30 ޖޫން 2026

މިސާލަކަށް......!

30 ޖޫން 2026
މިސާލަކަށް......!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް