Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އެމެރިކާގައި ވެސް ރާއްޖޭގައި ވެސް އޮތީ ސުޕްރީމް ކޯޓެއް، ރާއްޖޭގައި ނެތިގެން މިއުޅެނީ އިޚުލާސްތެރި ކަމާއި، ތެދުވެރިކަން

އެމެރިކާ ގައި، އަދި ރާއްޖޭގައި ވެސް އޮތީ ސުޕްރީމް ކޯޓެއް. އެކަމަކު، ރާއްޖޭގައި ނެތީ އިޚުލާސްތެރިކަމާއި، ތެދުވެރިކަމާއި، އަދި ޤާނޫނު ނަގަހައްޓައި، ދެމެހެއްޓުމުގެ ނިޔަތް. އެ ނިޔަތް އޮވެއްޖެ ނަމަ، އެމެރިކާގެ ސުޕްރީމް ކޯޓުން ކުރާ ކަހަލަ ހާދަ ޙުކުމެއް މި ރާއްޖޭގެ ސުޕްރީމް ކޯޓުން ކުރާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 08:58
އެމެރިކާގެ ސުޕްރީމް ކޯޓާއި، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު

އެމެރިކާގެ ސުޕްރީމް ކޯޓާއި، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު | ރާއްޖެ އެމްވީ

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އޮތް އެއް ޤައުމު އެމެރިކާގައި ވެސް އޮތީ ސުޕްރީމް ކޯޓެވެ. ޑިމޮކްރަސީގެ ޅަފަތުގައި އޮތް މި ދިވެހި ރާއްޖޭގައި ވެސް އޮތީ ސުޕްރީމް ކޯޓެވެ. އެމެރިކާ އަށް ވުރެ ރާއްޖޭގެ ޑިމޮކްރަސީ ޅަވިޔަސް، އެމެރިކާ އަށް ވުރެ ރާއްޖޭގެ އާބާދީ މަދުވިޔަސް އަދި އެމެރިކާގެ ސުޕްރީމް ކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދަށް ވުރެ ރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު މަދުވިޔަސް، ސުޕްރީމް ކޯޓުގެ ބާރާއި، އެ ކޯޓުގެ އިޙްތިޞާސް އޮތީ ހަމަ އެއް މިންވަރަކަށެވެ. 

އެހެނީ، އެމެރިކާގެ ސުޕްރީމް ކޯޓަކީ އެންމެ ފަހު ބަސް އިއްވާ މަރުޙަލާ ކަމަށްވާއިރު، ރާއްޖޭގެ ސުޕްރީމް ކޯޓަކީ ވެސް އެންމެ ފަހު ބަސް އިއްވާ މަރުޙަލާ އެވެ. ތިން ބާރު ވަކިވެފައި އޮންނަ މި ނިޒާމުގައި، ސުޕްރީމް ކޯޓުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އަދުލު އިންޞާފު ޤާއިމުކޮށް، ޤައުމުގައި ހިނގާ ނޭއްގާނީ ކަންކަމާއި، ސަރުކާރުގެ އެތެރޭގައި ހިނގާ ވިޔާނުދާ ކަންކަން ހުއްޓުވުމެވެ. ތިން ބާރު ވަކިކޮށް، ސުޕްރީމް ކޯޓުގައި އިންނަވާ އުއްތަމަ ފަނޑިޔާރަކީ ދައުލަތުގެ ވެރިއެއްގެ ގޮތުގައި ހުންނަވަނީ ސަމާސާ އަކަށް، ނުވަތަ ކުޅޭ ކުޅިވަރަކަށް ނޫނެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ސުޕްރީމް ކޯޓުން އެ ނިންމީ ވަރުގަދަ އަދި ހައިރާން ކުރުވަނިވި ނިންމުމެކެވެ. އެ ޙުކުމަކީ، ދެ ވަނަ ދައުރަކަށް ވެރިކަން ކުރައްވަމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް، މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ އެވެ. އެންމެ ބޮޑު ގޮންޖެހުމެވެ. އެމެރިކާ އަށް އެތެރެ ކުރާ މުދަލުން ޓެރިފް، ނުވަތަ ޑިއުޓީ ނަގަން ޓްރަމްޕް ނިންމެވި ނިންމުމަކީ، ޣައިރު ޤާނޫނީ ނިންމުމެއް ކަމަށް ކަނޑައެޅީ ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ނުވަތަ ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުން އެކަމާ ދެކޮޅަށް ވޯޓު ދެއްވިއިރު، ތިން ފަނޑިޔާރަކު އެއްކޮޅަށް ވޯޓު ދެއްވި އެވެ. 

އެ ޙުކުމުން އެންމެ ގިނަ ބަޔަކަށް ހައިރާާންކަން ލިބުނީ، ޙުކުމް ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ރައީސުން އައްޔަން ކުރައްވާފައިވާ ފަނޑިޔާރުން ވެސް ހިމެނުނީތީ އެވެ. ޚާއްސަކޮށް، 2017 ވަނަ އަހަރު އުފެދުނު ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގައި، ސުޕްރީމް ކޯޓަށް ޓްރަމްޕް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ވެސް ވަނީ އޭނާގެ ޓެރިފްގެ ސިޔާސަތާ ދެކޮޅަށް ޙުކުމް ކުރެއްވުމަށް ވޯޓު ދެއްވައިފަ އެވެ. އެއީ ފަނޑިޔާރު  ނީލް ގޯސަޗް އަދި ފަނޑިޔާރު ކޯނީ ބްރެޓް އެވެ.

ގިނަ ބަޔަކު މި ޙުކުމް ސިފަ ކުރީ، ޤާނޫނީ އިންތައް ދަމަހައްޓައި، ސަރުކާރުން ޤާނޫނާ ޚިލާފަށް ކުރަމުން އަންނަ ކަންކަން ހުއްޓުވުމަށް ސުޕްރީމް ކޯޓުން ކުރެއްވި ވަރުގަދަ ޙުކުމެއްގެ ގޮތުގަ އެވެ. އެއާ އެކު، އެމެރިކާގެ ޤާނޫނީ ނިޒާމުގެ ވަރުގަދަ ކަމާއި، ބާރުތައް ވަކިވެފައި އޮތުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޖެހިލުން ކުޑަ ކަމަށާއި، އިންސާފުން ކަންކަން ކުރުމަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަވި ކަމަށް ސިޔާސީ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. އެއީ އެމެރިކާ އެވެ. 

ދައްކަން މި އުޅެނީ ރާއްޖޭގެ ވާހަކަ އެވެ. މި ރާއްޖޭގައި ވެސް އޮތީ ސުޕްރީމް ކޯޓެކެވެ. ސަރުކާރުން ބޭނުންވާހާ ގޮތަކަށް ޤާނޫނު އަސާސީ އަށް ބަދަލުތައް ގެނެސް، ތިން ބާރު ވަކިވެފައި އޮތް މި ނިޒާމުގެ ފުރިހަމަ ކަމާއި، މޫރިތިކަން ނަގާލަމުންދާއިރު، ސުޕްރީމް ކޯޓު އެ އޮތީ ހަނު އެވެ. ސަރުކާރުން ކުރިމަތި ކުރުވާ ޕްރެޝަރާއި، ސަރުކާރު ދެކެ ބިރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޤާނޫނު ނެގެހެއްޓުމަށް މަސައްކަތް ނުކުރާ ކަމީ، މިއަދު ލޯ މައްޗަށް ފެންނަން އޮތް ހަގީގަތެވެ.

ސަރުކާރުން މަޖިލިސް މެމްބަރުން ހަންމަތަކޮށް، މެމްބަރުންގެ އަތް ފައިގައި ތަޅު އަޅުވަން ޤާނޫނަށް ގެނައި އިސްލާޙު ބާތިލު ކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އެވެ. އެ މައްސަލަ ހުށަހެޅުމާ އެކު، ސުޕްރީމް ކޯޓުގެ ބެންޗަށް ވެގެން ދިޔަ ގޮތާއި، ތިން ފަނޑިޔާރުންނާ މެދު ކަންތައް ވެގެން ދިޔަ ގޮތް ހަނދާން ނެތޭހާ ދުވަހެއް ނުވެ އެވެ. އެކަންކަން ބަލަަން އޮތް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށް އައި ބަދަލާއި، މެމްބަރުން ބަދަލުވީ ގޮތް ވެސް އެ ހުރީ ފެންނާށެވެ. އައްޔަން ކުރީ ކޮން ބައެއްކަން ނޭނގޭ މީހަކު މި ރާއްޖޭގައި ވެސް ނެތެވެ. 

ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ބަދަލު ކުރުމާ އެކު، ދެން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ފޮނުވި ނަންތަކެވެ. އޭގެ ފަހުން އުއްތަމަ ފަނޑިޔާރަކަށް ވެސް އައްޔަން ކުރެއްވީ ރައީސް މުޢިއްޒު ބޭނުންފުޅުވި ފަރާތެކެވެ. ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުވީ ފަހުން، މި ފާހަގަ ކުރި މައްސަލައިގެ އެންމެ އަޑު އެހުމެއް ވެސް މިއަދާ ހަމައަށް ބޭއްވިފައި ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފައްދައި ހުށަހެޅު މައްސަލަ ޙުކުމް ކުރުމާ ހަމައިގައި އޮންނަތާ، ހަ މަސް ދުވަހަށް ވުރެ ގިނަވީ އެވެ. އަދި ޙުކުމް ނުކުރެވެ އެވެ.

ފާހަގަ ކުރަން މި އުޅެނީ އެއް ވާހަަކަ އެކެވެ. އެމެރިކާ ގައި، އަދި ރާއްޖޭގައި ވެސް އޮތީ ސުޕްރީމް ކޯޓެވެ. އެކަމަކު، ރާއްޖޭގައި ނެތީ އިޚުލާސްތެރިކަމާއި، ތެދުވެރިކަމާއި، އަދި ޤާނޫނު ނަގަހައްޓައި، ދެމެހެއްޓުމުގެ ނިޔަތެވެ. އެ ނިޔަތް އޮވެއްޖެ ނަމަ، އެމެރިކާގެ ސުޕްރީމް ކޯޓުން ކުރާ ކަހަލަ ހާދަ ޙުކުމެއް މި ރާއްޖޭގެ ސުޕްރީމް ކޯޓުން ކުރާނެ އެވެ.

މަގޭ ރިޕޯޓްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުއެމެރިކާއެމެރިކާގެ ސުޕްރީމް ކޯޓުރާއްޖޭގެ ޝަރުއީ ނިޒާމު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސުޕްރީމް ކޯޓުގެ އަމުރު ބަލައި ނުގެން، 15 އިންސައްތަ އަށް ޓެރިފް ބޮޑު ކުރަން ޓްރަމްޕް ނިންމަވައިފި

ސުޕްރީމް ކޯޓުގެ އަމުރު ބަލައި ނުގެން، 15 އިންސައްތަ އަށް ޓެރިފް ބޮޑު ކުރަން ޓްރަމްޕް ނިންމަވައިފި

22 ފެބުރުއަރީ 2026
އެމެރިކާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ރައީސް ކަނޑައަޅުއްވާފައިވާ ގިނަ ޓެރިފްތަކަކީ ގާނޫނާ ހިލާފު އެއްޗެއް ކަމަށް ނިންމުމާ ގުޅިގެން، އެމެރިކާ އަށް އެތެރެކުރާ މުދަލުން އިތުރު 10 އިންސައްތައިގެ ޓެރިފެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި

އެމެރިކާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ރައީސް ކަނޑައަޅުއްވާފައިވާ ގިނަ ޓެރިފްތަކަކީ ގާނޫނާ ހިލާފު އެއްޗެއް ކަމަށް ނިންމުމާ ގުޅިގެން، އެމެރިކާ އަށް އެތެރެކުރާ މުދަލުން އިތުރު 10 އިންސައްތައިގެ ޓެރިފެއް ނެގުމަށް ޓްރަމްޕް ނިންމަވައިފި

21 ފެބުރުއަރީ 2026
ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

ސުޕްރީމް ކޯޓުގެ ޙުކުމާ އެކު ޓްރަމްޕް އިންތިހާ އަށް ކޯފާވެއްޖެ

21 ފެބުރުއަރީ 2026
އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި

އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ޓެރިފްތަކަށް ހުރަސްއަޅައި, އެއީ ބާރުގެ ނަހަމަ ބޭނުން ހިފުން ކަމަށް ކަނޑައަޅާ ހުކުމް ކޮށްފި

20 ފެބުރުއަރީ 2026
ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި

ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި

19 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު