Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ހަނގުރާމައާ ގުޅިގެން އެއްވެސް ހާސް ކަމެއް ނެތް، ތެލުގެ ދަތި ކަމެއް ވެސް ނެތް! އެކަމަކު ތެލުގެ އަގު އެންމެ ބޮޑު ކުރި ޤައުމު ތަކުގެ ހަތް ވަަނައިގައި ރާއްޖެ!

އެކަމަކު، ހަނގުރާމައިގެ ފަހުން ދުނިޔޭގައި ތެޔޮ އެންމެ އަގު ބޮޑު ކުރި ޤައުމު ތަކުގެ ހަތް ވަނައިގައި އޮތީ ރާއްޖެ. ރެކޯޑެއްތޯ ނުވަތަ ނޫންތޯ ނިންމާނީ އަޅުގަނޑެއް ނޫން. އަޅުގަނޑު އެ އަދަދުތައް ދައްކާނަން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 07:59
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު | ރައީސް އޮފީސް

އެމެރިކާ އާއި އިޒްރޭލް އިން އީރާާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، އެކަމުގެ އަސަރު މުޅި ދުނިޔެ އަށް ވެސް ކުރަން ފަށައިފި އެވެ. އެ ހަނގުރާމައިގެ ތެރޭގައި މުޅި ދުނިޔެ ތާށިވެފައި އޮތްއިރު، ޤައުމު ތަކުގެ ވެރިން ފެންނަނީ ސީރިއަސްކަމާ އެކު މަސައްކަތް ކުރައްވާ މަންޒަރެވެ. ހާސް ކަމުގެ ތެރެއިން ވެސް، ސީރިއަސް މައްސަލަތައް ޙައްލު ކުރުމަށް ދެއްވާ އިސްކަން މިއަދު ފެނެ އެވެ.

އެކަމަކު، ރާއްޖެ ވަރަށް ތަފާތެވެ. ހަނގުރާމަ ފެށުނު ފަހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އެއްވެސް ހާސް ކަމެއް ނެތް ކަމަށެވެ. މޫނު މަތިން ރީތި ހިނިތުންވުމެއް ފެންނަން ހުރިއިރު، ހާސް ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ވަރަށް ހަމަ ޖެހިލައިގެން ހުންނަވައި ރައީސް ވިދާޅުވީ، ރާއްޖެ އަށް ހާސް ކަމެއް އަދި، ދަތި ކަމެއް ވެސް ނެތް ކަމަށެވެ. 

ރާއްޖެ އިން ތެޔޮ ގެންނަނީ އެ ސަރަހައްދުން ކަމަށްވާއިރު، ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް ތެޔޮ ލިބުމުގެ ދަތި ކަމެއް ނެތް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެކަމަށް މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށާއި، މިހާރު ވެސް ރާއްޖެ އަށް ތެޔޮ ދަތުރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ހާސް ކަމެއް ނެތެވެ. އަމުދުން ބިރުވެރިކަމެއް، ނުވަތަ ޖެހިލުމެއް ވެސް ނެތީ އެވެ.

ރައީސް މުޢިއްޒު އެކަންޏެއް ނޫނެވެ. އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އާއި، މާލީ ވަޒީރު މޫސާ ޒަމީރު ވެސް ދެއްވީ އެ ޔަޤީން ކަމެވެ. ރައީސް ވިދާޅުވެފައިވާ ފަދައިން، ރާއްޖެ އަށް އެއްވެސް ހާސް ކަމެއް ނެތް ކަމަށް ދެ ވަޒީރުން ވެސް ވިދާޅުވީ، ޖެހިލުމެއް ވެސް ނެތި އެވެ. ތެޔޮ ލިބޭނެ ކަމަށާއި، އެކަމުގައި ދަތި ކަމެއް އަދި ހާސް ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. މުޅި ސަރުކާރުން ދައްކަމުން ދަނީ އެ ވާހަކަ އެވެ.

އެކަމަކު، ހަނގުރާމައިގެ ފަހުން ދުނިޔޭގައި ތެޔޮ އެންމެ އަގު ބޮޑު ކުރި ޤައުމު ތަކުގެ ހަތް ވަނައިގައި އޮތީ ރާއްޖެ އެވެ. ރެކޯޑެއްތޯ ނުވަތަ ނޫންތޯ ނިންމާނީ އަޅުގަނޑެއް ނޫނެވެ. އަޅުގަނޑު އެ އަދަދުތައް ދައްކާލާނަމެވެ. 

އަލް ޖަޒީރާ އިން ނެރެފައިވާ ލިސްޓުގައި، ހަނގުރާމައިގެ ފަހުން ތެލުގެ އަގު އެންމެ ބޮޑު ކުރި ލިސްޓުގައި ރާއްޖެ އޮތީ ހަތް ވަަނައިގަ އެވެ. ފެބްރުވަރީ މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 0.87 އެމެރިކާ ޑޮލަރުގައި ކަމަށް ފާހަގަ ކޮށްފައިވެ އެވެ. ހަނގުރާމައިގެ ފަހުން މާޗު މަހުގެ 11 ވަނަ ދުވަހާ ހަމައަށް އައިއިރު، އެ އަދަދު ހުރީ ލީޓަރެއް 1.04 އެމެރިކާ ޑޮލަރުގަ އެވެ. އެހެންކަމުން މިއީ 18.54 އިންސައްތައިގެ އިތުރުވުމެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ހަނގުރާމައިގެ ފަހުން ޕެޓްރޯލްގެ އަގަށް ޤައުމު ތަކުން ގެނެސްފައިވާ ބަދަލުތައް
ހަނގުރާމައިގެ ފަހުން ޕެޓްރޯލްގެ އަގަށް ޤައުމު ތަކުން ގެނެސްފައިވާ ބަދަލުތައް

ރާއްޖޭގެ ކުރިން އެ ލިސްޓުގައި އޮތީ ކެމްބޯޑިއާ، ވިއެޓްނާމް، ނައިޖީރިއާ، ލާއޯސް، ކެެނެޑާ އަދި ޕާކިސްތާން އެވެ. ރާއްޖޭގެ ފަހަތުން އޮތީ އޮސްޓްރެލިއާ، އެމެރިކާ އަދި ސިންގަޕޫރު ފަދަ ޤައުމު ތަކެވެ. މިއީ ސަރުކާރުން އަދި ރައީސް މުޢިއްޒު އެ ވިދާޅުވާ ތެލުގެ ދަތި ކަމެއް އަދި ހާސް ކަމެއް ނެތުމުގެ ނަތީޖާ ކަމަށް ވަނީ ނަމަ، ދެން ބުނާނެ އެއްޗެއް އަދި ދައްކާނެ ވާހަކައެއް ވެސް ނެތެވެ.

ހާސް ކަމެއް ނެތުމުގަ ނަތީޖާ އަކީ، އެއް ހަފުތާގެ ތެރޭގައި ދެ ފަހަރު ރާއްޖޭގައި ތެލުގެ އަގު ބޮޑު ކުރުމެވެ. ތެޔޮ ވިއްކާ ތަންތަނުން ލިމިޓު ކޮށްގެން ވިއްކަން ފެށީ އެވެ. ހާސް ކަމެއް ނެތުމުގެ ނަތީޖާ އަކީ، ބައެއް ރަށް ރަށުން ތެޔޮ ހުސްވުމެވެ. ތެޔޮ ހުސްވުމުގެ ސަބަބުން ކަރަންޓު ކެނޑެން ފަށައިފި އެވެ. ތެޔޮ ލިބުމުގެ ދަތިކަމާ ހުރެ، އާންމު ދިރި އުޅުމަށް އަސަރު ކުރަން ފަށައިފި އެވެ.

ހާސް ކަމެއް ނެތުމުގެ ނަތީޖާ އަކީ، މީގެ ކުރިން 400 ރުފިޔާ ނުވަތަ 500 ރުފިޔާގައި ހުރި ލޯންޗު ޓިކެޓުތައް، 1000 ފަހަނަ އަޅައި ދިޔައީ އެވެ. ދަތުރު ފަތުރުގެ އަގުތައް ބޮޑުވާން ފަށާފައި ވަނީ، ސަރުކާރުން އަދި ރައީސް މުޢިއްޒު ވެސް އެ ވިދާޅުވާ ކަހަލަ ހާސް ކަމެއް ނެތުމުންތާ އެވެ. 

މަގޭ ރިޕޯޓްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮރުމޯޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދު ތަކަށް އަސްކަރީ މަނަވަރު ތަކުގެ ހިމާޔަތް ދިން ނަމަވެސް، 100 އިންސައްތަ ރައްކާތެރިކަން ނެތް ކަމަށް ބުނެފި

ހޮރުމޯޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދު ތަކަށް އަސްކަރީ މަނަވަރު ތަކުގެ ހިމާޔަތް ދިން ނަމަވެސް، 100 އިންސައްތަ ރައްކާތެރިކަން ނެތް ކަމަށް ބުނެފި

17 މާރިޗު 2026
އެމެރިކާގެ އެކުވެރި ޤައުމު ތަކުން، އައިއާރުޖީސީ އާއި ހިޒްބުﷲ އަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅަން ރޫބިއޯ ގޮވާލައްވައިިފި

އެމެރިކާގެ އެކުވެރި ޤައުމު ތަކުން، އައިއާރުޖީސީ އާއި ހިޒްބުﷲ އަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅަން ރޫބިއޯ ގޮވާލައްވައިިފި

17 މާރިޗު 2026
އީރާން އަށް ހަމަލާ ދިނީ އަމިއްލަ އެދުމެއް އޮވެގެނެއް ނޫން، މުޅި ދުނިޔޭގެ ޙައްގުގައި: ޓްރަމްޕް

އީރާން އަށް ހަމަލާ ދިނީ އަމިއްލަ އެދުމެއް އޮވެގެނެއް ނޫން، މުޅި ދުނިޔޭގެ ޙައްގުގައި: ޓްރަމްޕް

17 މާރިޗު 2026
އެމެރިކާގެ ބޭސް ތަކަށް އީރާން އިން ހަމަލާ ދިނުމުން ހައިރާންވި، ލިބުނީ ޝޮކެއް: ޓްރަމްޕް

އެމެރިކާގެ ބޭސް ތަކަށް އީރާން އިން ހަމަލާ ދިނުމުން ހައިރާންވި، ލިބުނީ ޝޮކެއް: ޓްރަމްޕް

17 މާރިޗު 2026
ލަރިޖާނީގެ ވަރުގަދަ ސުވާލެއް އިސްލާމީ އުންމަތަށް: "ކަލޭމެން ތިޔަ ތިބީ ކޮން ފަޅިއެއްގައި؟"

ލަރިޖާނީގެ ވަރުގަދަ ސުވާލެއް އިސްލާމީ އުންމަތަށް: "ކަލޭމެން ތިޔަ ތިބީ ކޮން ފަޅިއެއްގައި؟"

17 މާރިޗު 2026

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު