Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އިރާގު ހަނގުރާމަ އަށް ވުރެ، މެދު އިރުމަތީގެ ހަނގުރާމަ ނުރައްކާތެރި: ސްޕެއިންގެ ބޮޑު ވަޒީރު

މިއީ އެއްވެސް ބުއްދި އަކަށް ޤަބޫލު ނުކުރެވޭ ފަދަ އަނިޔާވެރި ހަނގުރާމައެއް ކަމަށާއި، މީގެ ސަބަބުން އިޤްތިޞާދީ، އިޖުތުމާއީ އަދި ތިމާވެށީގެ ލަނޑު ދަނޑިތައް ހާސިލު ކުރުމަށް ކުރާ މަސައްކަތުގައި އެތައް އަހަރެއް ފަހަރަށް ސޮއްސާލާނެ ކަމަށް ވެސް ސްޕެއިންގެ ބޮޑު ވަޒީރު ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 10:57
ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް

ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް | ގެޓީ އިމޭޖަސް

މެދު އިރުމަތީގެ ސަރަހައްދުގައި މިހާރު ހިނގަމުންދާ ހަނގުރާމަ އަކީ، 2003 ވަނަ އަހަރު އިރާގަށް އެރި އެރުމަށް ވުރެ، މާ ނުރައްކާތެރި އަދި ޙާލަތު ގޯސް ހަނގުރާމައެއް ކަމަށް ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެ އެވެ. 

ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުން ސަންޗޭޒް ވިދާޅުވީ، މިއީ އިރާގުގައި ކުރި ފަދަ ޣައިރު ޤާނޫނީ ހަނގުރާމައެއް ކަމަށާއި، މިހާރު ކުރިމަތިލާން ޖެހިފައި ވަނީ އެއަށް ވުރެ ވެސް މާ ބޮޑު ނުރައްކަލަކާ ކަމަށެވެ. މި ހަނގުރާމައިގެ ސަބަބުން ކުރާނެ އަސަރު މާ ފުޅާވެފައި، މާ ފުން ވާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން މިއީ އެއްވެސް ބުއްދި އަކަށް ޤަބޫލު ނުކުރެވޭ ފަދަ އަނިޔާވެރި ހަނގުރާމައެއް ކަމަށާއި، މީގެ ސަބަބުން އިޤްތިޞާދީ، އިޖުތުމާއީ އަދި ތިމާވެށީގެ ލަނޑު ދަނޑިތައް ހާސިލު ކުރުމަށް ކުރާ މަސައްކަތުގައި އެތައް އަހަރެއް ފަހަތަށް ސޮއްސާލާނެ ކަމަށް ވެސް ސްޕެއިންގެ ބޮޑު ވަޒީރު ވަނީ ވިދާޅުވެފައި އެވެ. 

އީރާންއާ ދެކޮޅަށް ހަމަލާ ދިނުމަށް، އެމެރިކާ އިން ސްޕެއިންގައި ހުންނަ އަސްކަރީ މަރުކަޒުތައް ބޭނުން ކުރުމަށް އެމެރިކާ އިން އެދުނު އެދުމަށް، ސަންޗޭޒް ވަނީ އިންކާރު ކުރައްވައިފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ސްޕެއިންއާ އެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ކަނޑާލާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.

ސަންޗޭޒް ވިދާޅުވީ 2003 ވަނަ އަހަރު އެމެރިކާ އިން އިރާގަށް އެރުމުން އެއްވެސް މަގުސަދެއް ހާސިލު ނުވި ތަނުގައި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް މާ ބޮޑަށް ދަތިވެގެން ދިޔަ ކަމަށެވެ. އަދި އީރާން އަށް ދޭ ހަމަލާ ތަކުގެ ސަބަބުން، މިލިއަނުން ބަޔަކަށް އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުން ތަކެއް ލިބިދާނެ ކަމުގެ އިންޒާރު ވެސް ސަންޗޭޒް ވަނީ ދެއްވައިފަ އެވެ. 

ބޮޑު ވަޒީރު ސަންޗޭޒް، އިރާގު ހަނގުރާމައިގެ މިސާލު ދެއްކެވުމަކީ ސްޕެއިންގެ ރައްޔިތުންގެ މެދުގައި އޭނާ އަށް އޮންނަ ތާއީދު އަދި އިޙުތިރާމް އިތުރު ވާނެ ކަމެއް ކަމަށް ބެލެވެ އެވެ. އެއީ އޭރު ވެރިކަމުގައި އޮތް ކޮންޒަވޭޓިވް ޕޮޕިއުލާ ޕާޓީ އިން އިރާގު ހަނގުރާމަ އަށް ތާއީދު ކުރުމުން، ސްޕެއިންގެ ރައްޔިތުން އެކަމާ ދެކޮޅަށް ބޮޑެތި މުޒާހަރާ ތަކެއް ކޮށްފައިވާތީ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސްޕެއިން-އެމެރިކާސްޕެއިންސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އަވަހާރަ ކޮށްލަން ހަމަލާ ދޭން އުޅުނު، އެކަން ހުއްޓުވީ ޕާކިސްތާން އިން އެދިގެން

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް އަވަހާރަ ކޮށްލަން ހަމަލާ ދޭން އުޅުނު، އެކަން ހުއްޓުވީ ޕާކިސްތާން އިން އެދިގެން

26 މާރިޗު 2026
ޓްރަމްޕް ވިދާޅުވީ އެމެރިކާ އަތުން އީރާންގެ ރައްޔިތުން މަރުވެދާނެތީ އެ ޤައުމުގެ ވެރިން ބިރު ގަންނަ ކަމަށް، އީރާން އިން ދަނީ އެމެރިކާގެ ޕްލޭން ދިރާސާ ކުރަމުން

ޓްރަމްޕް ވިދާޅުވީ އެމެރިކާ އަތުން އީރާންގެ ރައްޔިތުން މަރުވެދާނެތީ އެ ޤައުމުގެ ވެރިން ބިރު ގަންނަ ކަމަށް، އީރާން އިން ދަނީ އެމެރިކާގެ ޕްލޭން ދިރާސާ ކުރަމުން

26 މާރިޗު 2026
އިޒްރޭލްގެ ސިފައިންގެ މަރުކަޒަކަށް ހިޒްބުﷲ އިން މިސައިލް ހަމަލާ ދީފި

އިޒްރޭލްގެ ސިފައިންގެ މަރުކަޒަކަށް ހިޒްބުﷲ އިން މިސައިލް ހަމަލާ ދީފި

26 މާރިޗު 2026
އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑް ހިފުމަށް މަސައްކަތް ކުރަނީ

އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑް ހިފުމަށް މަސައްކަތް ކުރަނީ

26 މާރިޗު 2026
އީރާނުން އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އަބްރަހަމް ލިންކަން އަށް ކްރޫޒް މިސައިލް ހަމަލާދީފި

އީރާނުން އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އަބްރަހަމް ލިންކަން އަށް ކްރޫޒް މިސައިލް ހަމަލާދީފި

26 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު