Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޓްރަމްޕްގެ ޑިޕްލޮމެސީ އަށް އިތުބާރު ނުކުރެވޭ ކަމަށް އީރާން އިން ބުނެފި

މަޝްވަރާގެ މަގު އިޚްތިޔާރު ކުރަން އެމެރިކާާ އިން ބޭނުންވާ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން ބަޣާއީ ވިދާޅުވީ، ބިން މަތީގައި ހިނގަމުންދާ ކަންކަމަށް ބަލާއިރު، އެ ވާހަކަ ތަކަކީ ހަގީގަތެއް އެކުލެވޭ ވާހަކަ ތަކެއް ނޫން ކަމަށް. މި ހަނގުރާމަ ފަށައި، އީރާން އަށް ހަމަލާ ދެމުން ދަނީ އެމެރިކާ އާއި އިޒްރޭލް އިން ކަމަށްވާއިރު، އެ ފަރާތް ތަކުން ދައްކާ ޑިޕްލޮމެސީގެ ވާހަކަތައް ޤަބޫލު ކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 މާރިޗު 2026 | ބުދަ 11:56
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޑިޕްލޮމެސީ ނުވަތަ ޚާރިޖީ ގުޅުން ތަކުގެ ވާހަކަ ދެއްކެވި ނަމަވެސް، އެއީ އިތުބާރު ކުރެވޭ ވާހަކަ ތަކެއް ނޫން ކަމަށް އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ ވިދާޅުވެއްޖެ އެވެ. 

އިންޑިއާ ޓުޑޭ އަށް ދެއްވި ބަސްދީގަތުމެއްގައި ބަޣާއީ ވިދާޅުވީ، އެމެރިކާ އާއެކު މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށް ގިނަ ޤައުމު ތަކަކުން އީރާން އަށް ހުށަހަޅާފައިވާ ކަމަށެވެ. 

ފާއިތުވި ދުވަސް ތަކުގައި އެކި ޤައުމު ތަކުން މެސެޖުތައް ލިބެމުންދާކަން ފާހަގަ ކުރައްވައި ބަޣާއީ ވިދާޅުވީ، އެ މެސެޖު ތަކަށް އީރާން އިން ޖަވާބު ދީފައި ވާނެ ކަމަށެވެ. އީރާންގެ މެސެޖަކީ ވަރަށް ސާފު މެސެޖެއް ކަމަށާއި، އެ ޤައުމުން އަބަދު ވެސް ދެމި އޮންނާނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

މަޝްވަރާގެ މަގު އިޚްތިޔާރު ކުރަން އެމެރިކާާ އިން ބޭނުންވާ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން ބަޣާއީ ވިދާޅުވީ، ބިން މަތީގައި ހިނގަމުންދާ ކަންކަމަށް ބަލާއިރު، އެ ވާހަކަ ތަކަކީ ހަގީގަތެއް އެކުލެވޭ ވާހަކަ ތަކެއް ނޫން ކަމަށެވެ. އީރާން އަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލް އިން މެދު ނުކެނޑި މިސައިލް އާއި، ބޮމުގެ ހަމަލާތައް ދެމުން އަންނަ ކަަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. މި ހަނގުރާމަ ފަށައި، އީރާން އަށް ހަމަލާ ދެމުން ދަނީ އެމެރިކާ އާއި އިޒްރޭލް އިން ކަމަށްވާއިރު، އެ ފަރާތް ތަކުން ދައްކާ ޑިޕްލޮމެސީގެ ވާހަކަތައް ޤަބޫލު ކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

މި މައްސަލައިގައި ޕާކިސްތާންގެ ދައުރާ ގުޅޭ ގޮތުން ސުވާލު ކުރުމުން ބަޣާއީ ވިދާޅުވީ، ޕާކިސްތާން އިން މަސައްކަތް ކުރަނީ ހެޔޮ ނިޔަތެއްގައި ކަމަށް އީރާން އިން ޤަބޫލު ކުރާ ކަމަށެވެ. އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ގެންދަވަނީ ޕާކިސްތާންގެ ފޮރިން މިނިސްޓަރުގެ އިތުރުން، އެހެން ޤައުމު ތަކުގެ ޑިޕްލޮމެޓުންނާ ވެސް މެދު ނުކެނޑި ގުޅުއްވައި އަދި މަޝްވަރާ ކުރައްވަމުންނެވެ. 

މިފަދަ މަޝްވަރާތައް އީރާާންއާ އަވަށްޓެރި ޤައުމު ތަކުގެ އިތުރުން، އެހެން ޤައުމު ތަކާ އެކު ވެސް ކުރިއަށްދާކަން ބަޣާއީ ހާމަ ކުރެއްވި އެވެ. ސަރަހައްދީ ޤައުމު ތަކުން މި ހަމަނުޖެހުމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކާ މެދު ކަންބޮޑުވާ ކަމަށާއި، މަސްރަހު ފިނި ކުރުމަށް ހުރިހާ ފަރާތް ތަކުން ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން އީރާން އިން ބަލައި ގަންނަ ކަމަށް ބަޣާއީ ވިދާޅުވި އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިސްމާއިލް ބަޣާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ މަލާމާތް ޓްރަމްޕަށް، އެމެރިކާ އިން މަޝްވަރާ ކުރަނީ އެމީހުން އަމިއްލަ އަށް އެކަނި ތިބެގެން

އީރާނުގެ މަލާމާތް ޓްރަމްޕަށް، އެމެރިކާ އިން މަޝްވަރާ ކުރަނީ އެމީހުން އަމިއްލަ އަށް އެކަނި ތިބެގެން

25 މާރިޗު 2026
އީރާނުން ސައުދީ އަށް ދެމުން އަންނަ ހަމަލާ ތަކަކީ، ސަރަހައްދީ ސުލްޙަ އާއި އަމާންކަމަށް ނުރައްކާވާ ކަމެއް: ސްޓާމާ

އީރާނުން ސައުދީ އަށް ދެމުން އަންނަ ހަމަލާ ތަކަކީ، ސަރަހައްދީ ސުލްޙަ އާއި އަމާންކަމަށް ނުރައްކާވާ ކަމެއް: ސްޓާމާ

25 މާރިޗު 2026
ޕާކިސްތާން ދެމި އޮންނާނީ ސައުދީ އާއެކު: ޕާކިސްތާންގެ ބޮޑު ވަޒީރު

ޕާކިސްތާން ދެމި އޮންނާނީ ސައުދީ އާއެކު: ޕާކިސްތާންގެ ބޮޑު ވަޒީރު

25 މާރިޗު 2026
ސަރަހައްދީ ހަމަލާތައް ހުއްޓާލައި މަޝްވަރާގެ މޭޒަށް އައުމަށް، މެކްރޮން އީރާން އަށް ގޮވާލައްވައިފި

ސަރަހައްދީ ހަމަލާތައް ހުއްޓާލައި މަޝްވަރާގެ މޭޒަށް އައުމަށް، މެކްރޮން އީރާން އަށް ގޮވާލައްވައިފި

25 މާރިޗު 2026
ސުލްޙައިގެ މަޝްވަރާ ތަކުގައި މެދުވެރިއްގެ ދައުރު އަދާ ކުރަން ޕާކިސްތާން އޮތީ ތައްޔާރަށް

ސުލްޙައިގެ މަޝްވަރާ ތަކުގައި މެދުވެރިއްގެ ދައުރު އަދާ ކުރަން ޕާކިސްތާން އޮތީ ތައްޔާރަށް

25 މާރިޗު 2026

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު