Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހަނގުރާމަ ނިމުމަކަށް އަންނާނީ ޓްރަމްޕް ބޭނުންވާ ވަގުތަކު ނޫން ކަމަށާއި، އެކަން ނިމޭނީ އީރާނުން އެގޮތަށް ނިންމުމުން ކަމަށް އީރާނުން ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވާ ވަގުތަކު ހަނގުރާމަ ނުނިމޭނެ ކަމަށާއި، މަޝްވަރާ ކުރެވޭނީ އީރާނުން ހުށަހަޅާ ފަސް ޝަރުތެއް ގަބޫލުކުރުމުން ކަމަށް އެގައުމުން ވަނީ ބުނެފައި. މި ޝަރުތުތަކުގެ ތެރޭގައި ހަމަލާތައް ހުއްޓާލުމާއި، ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އީރާނަށް އޮތްކަން ބަލައިގަތުން ހިމެނޭ. އެމެރިކާގެ ހުށަހެޅުންތަކަކީ އިޚުލާސްތެރިކަމެއް ނެތް އޮޅުވާލުންތަކެއްގެ ގޮތުގައި ސިފަކޮށް، އީރާނުގެ ޝަރުތުތައް ފުރިހަމަވަންދެން ދިފާއީ އޮޕަރޭޝަންތައް ކުރިއަށްގެންދާނެ ކަމަށް އެގައުމުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 01:00
މާރިޗު މަހުގެ 7، 2026 ގައި ތެހެރާންގެ މެހެރްއާބާދު އިންޓަރނޭޝަނަލް އެއާޕޯޓަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުން ދުމާއި އަލިފާން އަރަނީ.

މާރިޗު މަހުގެ 7، 2026 ގައި ތެހެރާންގެ މެހެރްއާބާދު އިންޓަރނޭޝަނަލް އެއާޕޯޓަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުން ދުމާއި އަލިފާން އަރަނީ. | ގެޓީ އިމޭޖަސް

އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ ހަނގުރާމައިގެ މައިދާނުގެ ހަގީގަތްތަކާ ނުބައްދަލު ހުށަހެޅުންތަކެއް ކަމަށް ބުނެ އީރާނުން އެ ހުށަހެޅުންތަކަށް އިންކާރުކޮށްފިއެވެ. އީރާނުގެ އިސް އޮފިޝަލަކު ބުދަ ދުވަހު ޕްރެސް ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު ކުރިއަށްދާ މަޖުބޫރުވެފައިވާ ހަނގުރާމަ ހުއްޓާލާނީ އީރާނުން ބޭނުންވާ ޝަރުތުތައް ފުރިހަމަވުމުން އެކަނި ކަމަށެވެ.

ޕްރެސް ޓީވީއާ ވާހަކަދައްކަވަމުން، އެމެރިކާގެ ހުށަހެޅުމުގެ ތަފުސީލު އެނގިވަޑައިގަންނަވާ އެ އޮފިޝަލް ވިދާޅުވީ، ހަނގުރާމަ ނިންމާނެ ވަގުތެއް ކަނޑައެޅުމުގެ ފުރުސަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އީރާނުން ނުދޭނެ ކަމަށެވެ.

"އީރާނުން ހަނގުރާމަ ނިންމާނީ އެގައުމުން އެގޮތަށް ނިންމުމުން އަދި އީރާނުގެ އަމިއްލަ ޝަރުތުތައް ފުރިހަމަވުމުން،" އީރާނުގެ ދިފާއީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، ޝަރުތުތައް ފުރިހަމަވަންދެން ދުޝްމަނުންނަށް "ބޮޑެތި ގެއްލުންތަކެއް" ދިނުމުގައި ތެހެރާނުން ސާބިތުވެ އޮންނާނެކަން ފާހަގަކުރައްވަމުން އެ އޮފިޝަލް ވިދާޅުވިއެވެ.

އެ އޮފިޝަލް ވިދާޅުވި ގޮތުގައި، ވޮޝިންޓަނުން ދަނީ އެކި ޑިޕްލޮމެޓިކް ވަސީލަތްތައް މެދުވެރިކޮށް މަޝްވަރާ ކުރުމަށް ބާރުއަޅަމުންނެވެ. ނަމަވެސް، އެމެރިކާއިން ހުށަހަޅާ ކަންކަމަކީ ހަނގުރާމައިގެ މައިދާނުގައި އެމެރިކާއަށް ކުރިމަތިވެފައިވާ ނާކާމިޔާބީގެ ހަގީގަތާ ދުރު، އަދި އީރާނުން ގަބޫލުކުރާ މިންވަރަށްވުރެ "އިތުރު" ކަންތައްތަކެއް ހިމެނޭ ހުށަހެޅުންތަކެއް ކަމަށް ތެހެރާނުން ދެކެއެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރު ބޭއްވުނު ދެ ބުރުގެ މަޝްވަރާތަކަށް އިޝާރާތް ކުރައްވައި، އެއީ އޮޅުވާލުމެއްގެ ގޮތުގައި އެ އޮފިޝަލް ސިފަކުރެއްވިއެވެ.

އެ ދެ ފަހަރުވެސް އެމެރިކާގެ އެއްވެސް އިޚުލާސްތެރި ނިޔަތެއް ނެތްކަން ފާހަގަކުރައްވައި، އެ އޮފިޝަލް ވިދާޅުވީ މަޝްވަރާތަކަށްފަހު އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާތައް ދީފައިވާ ކަމަށެވެ.

އެހެންކަމުން، ސަރަހައްދީ ރަހުމަތްތެރި ގައުމެއް މެދުވެރިކޮށް އެމެރިކާއިން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަކީ މަސްރަހު އިތުރަށް ގޯސްކުރުމަށް ރޭވި ރޭވުމެއްގެ ގޮތުގައި ތެހެރާނުން ވަނީ ކަނޑައަޅައި، އެކަމަށް ނޫނެކޭ ބުނެފައެވެ.

ހަނގުރާމަ ހުއްޓާލުމަށް އީރާނުން އެއްބަސްވާނެ ފަސް ޝަރުތެއް އެ އޮފިޝަލް ވަނީ ހާމަކުރައްވާފައެވެ. އެ ޝަރުތުތަކަކީ:

1. ދުޝްމަނުން ދެމުންދާ "ހަމަލާތަކާއި މީހުން މެރުން" މުޅިން ހުއްޓާލުން.

2. އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އަލުން ހަނގުރާމައެއް ފެށިޔަނުދޭނެކަން ކަށަވަރުކުރުމަށް ވަރުގަދަ ނިޒާމެއް ގާއިމުކުރުން.

3. ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ދޭނެކަމުގެ ޔަގީންކަން ދިނުމާއި، އެކަން ކުރާނެ ގޮތް ސާފުކޮށް ކަނޑައެޅުން.

4. ހުރިހާ ފްރަންޓްލައިންތަކެއްގައާއި، ސަރަހައްދުގައި ހިމެނޭ ހުރިހާ "ރެސިސްޓަންސް ގްރޫޕްތަކަށް" އަމާޒުކޮށް ކުރާ ހަނގުރާމަ ހުއްޓާލުން.

5. ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ފުރިހަމަ ބާރު އޮތުމަކީ އެގައުމުގެ ގުދުރަތީ އަދި ގާނޫނީ ހައްގެއްކަން ބަލައިގަތުން. 

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން އާ ހަމަލާތަކުގެ ދުވަސްކޮޅެއް ކުރިން ޖެނީވާގައި ބޭއްވުނު ދެވަނަ ބުރުގެ މަޝްވަރާތަކުގައި ތެހެރާނުން ހުށަހެޅި ކަންކަމުގެ އިތުރުން މި ޝަރުތުތައް ހިމެނޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އީރާނުން ވަނީ ހެޔޮނިޔަތުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ހުރިހާ ފަރާތްތަކަށް، ހަނގުރާމަ ހުއްޓާލެވޭނީ އީރާނުގެ ހުރިހާ ޝަރުތުތަކެއް ގަބޫލުކުރުމުން އެކަނި ކަމަށް އަންގާފައެވެ.

"އޭގެ ކުރިން އެއްވެސް މަޝްވަރާއެއް ނޯންނާނެ،" އޮފިޝަލް ވިދާޅުވިއެވެ. އަދި އީރާނުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވަންދެން ދިފާއީ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، "ހަނގުރާމަ ނިމުމަކަށް އަންނާނީ ޓްރަމްޕް ބޭނުންވާ ވަގުތަކު ނޫން ކަމަށާއި، އެކަން ނިމޭނީ އީރާނުން އެގޮތަށް ނިންމުމުން" ކަމަށެވެ.

މި ޣައިރު ގާނޫނީ ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ވަނަ ދުވަހު، ނިއުކްލިއާ މައުލޫމާތާ ގުޅޭ ނުސީދާ މަޝްވަރާތައް ކުރިއަށްދަނިކޮށް، އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

އޭގެ ރައްދުގައި އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ވަނީ މިހާތަނަށް ސަރަހައްދުގައިވާ އިޒްރޭލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް 80 އަށްވުރެ ގިނަ ހަމަލާތައް ދީފައެވެ.

ފަހަކަށް އައިސް އެމެރިކާއިން ދަނީ ސަރަހައްދީ ބައެއް ގައުމުތައް މެދުވެރިކޮށް، އީރާނުން ދެމުންދާ ރައްދު ހަމަލާތައް ހުއްޓުވުމަށާއި، ހޮރްމޫޒް ކަނޑުއޮޅިން އެމެރިކާގެ އުޅަނދުފަހަރަށް ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުންނެވެ. އީރާނުގެ މި ހަމަލާތަކުގެ ސަބަބުން ސަރަހައްދުގައިވާ އެމެރިކާއާއި އިޒްރޭލުގެ އަސްކަރީ އިންފްރާސްޓްރަކްޗަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މަސްދަރު: ތަސްނީމް ނިއުސް އޭޖެންސީ

އީރާން-އެމެރިކާއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީހޮރްމޫޒް ކަނޑުއޮޅިއީރާން-އިޒްރޭލްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެ، އަމިއްލަ ޝަރުތުތަކެއް ކުރިމަތިކޮށްފި

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެ، އަމިއްލަ ޝަރުތުތަކެއް ކުރިމަތިކޮށްފި

26 މާރިޗު 2026
ޓްރަމްޕްގެ ޑިޕްލޮމެސީ އަށް އިތުބާރު ނުކުރެވޭ ކަމަށް އީރާން އިން ބުނެފި

ޓްރަމްޕްގެ ޑިޕްލޮމެސީ އަށް އިތުބާރު ނުކުރެވޭ ކަމަށް އީރާން އިން ބުނެފި

25 މާރިޗު 2026
އީރާނުގެ މަލާމާތް ޓްރަމްޕަށް، އެމެރިކާ އިން މަޝްވަރާ ކުރަނީ އެމީހުން އަމިއްލަ އަށް އެކަނި ތިބެގެން

އީރާނުގެ މަލާމާތް ޓްރަމްޕަށް، އެމެރިކާ އިން މަޝްވަރާ ކުރަނީ އެމީހުން އަމިއްލަ އަށް އެކަނި ތިބެގެން

25 މާރިޗު 2026
އީރާނުން ސައުދީ އަށް ދެމުން އަންނަ ހަމަލާ ތަކަކީ، ސަރަހައްދީ ސުލްޙަ އާއި އަމާންކަމަށް ނުރައްކާވާ ކަމެއް: ސްޓާމާ

އީރާނުން ސައުދީ އަށް ދެމުން އަންނަ ހަމަލާ ތަކަކީ، ސަރަހައްދީ ސުލްޙަ އާއި އަމާންކަމަށް ނުރައްކާވާ ކަމެއް: ސްޓާމާ

25 މާރިޗު 2026
ޕާކިސްތާން ދެމި އޮންނާނީ ސައުދީ އާއެކު: ޕާކިސްތާންގެ ބޮޑު ވަޒީރު

ޕާކިސްތާން ދެމި އޮންނާނީ ސައުދީ އާއެކު: ޕާކިސްތާންގެ ބޮޑު ވަޒީރު

25 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު