Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ މަލާމާތް ޓްރަމްޕަށް، އެމެރިކާ އިން މަޝްވަރާ ކުރަނީ އެމީހުން އަމިއްލަ އަށް އެކަނި ތިބެގެން

އީރާންގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާންގެ ސިފައިންގެ ތަރުޖަމަނު ވިދާޅުވެފައި ވަނީ އެމެރިކާ އިން އީރާންއާ ދެކޮަޅަށް ހަނގުރާމަ ނިންމުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް. މަޝްވަރާ ތަކުގައި އީރާންގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެއީ އެމެރިކާ އެކަނި އޮވެ ކުރާ މަޝްވަރާ ތަކެއް ކަަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މާރިޗު 2026 | ބުދަ 11:52
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލުން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ނިންމުމަށް އެމެރިކާ އިން މަޝްވަރާ ކުރަމުން އަންނަނީ އެ މީހުން އަމިއްލަ އަށް ތިބެ، އެ މީހުން އެކަނި ކަމަށް އީރާން އިން ބުނެފި އެވެ.

އީރާންގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުދަ ދުވަހު ވިދާޅުވެފައި ވަނީ، އެމެރިކާ އިން އީރާންއާ ދެކޮޅަަށް ހިންގާ ހަނގުރާމަ ނިންމުމުގެ މަޝްވަރާތައް ކުރަމުން ގެންދަނީ އެމެރިކާ އެކަނި ކަމަށެވެ. އީރާންގެ އަސްކަރިއްޔާގެ ތަރުޖަމާނު މިހެން ވިދާޅުވެފައި މި ވަނީ، އީރާން އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ. 

އީރާންގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާންގެ ސިފައިންގެ ތަރުޖަމަނު ވިދާޅުވެފައި ވަނީ އެމެރިކާ އިން އީރާންއާ ދެކޮަޅަށް ހަނގުރާމަ ނިންމުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. މަޝްވަރާ ތަކުގައި އީރާންގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެއީ އެމެރިކާ އެކަނި އޮވެ ކުރާ މަޝްވަރާ ތަކެއް ކަަމަށެވެ. 

އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އިން އޮތީ އެމެރިކާ އާއެކު އެއްބަސްވުމަކަށް އަންނަން ވަރަށް ބޮޑަށް ބޭނުން ވެފައި ކަމަށެވެ. އަދި އެ ހަނގުރާމަ ނިންމުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ތަކުރާރުކޮށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އީރާންގެ އަސްކަރިއްޔާގެ ތަރުޖަމާނު މި ދެއްކެވި ވާހަކަ އިން ސާފު ވަނީ، އެމެރިކާ އާއެކު މަޝްވަރާ ކުރަން އެ ޤައުމުން ބޭނުން ނުވާ ކަމެވެ. 

Your browser does not support the video tag.
އީރާންގެ އަސްކަރިއްޔާގެ ތަރުޖަމާނު ދެއްވި ބަޔާން

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ގުޅުން ގޯސްވެފައި ވަނީ، އީރާން އާއެކު ހަދާފައި އޮތް ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކި ވުމުންނެވެ. އެ އެއްބަސްވުމުން އެމެރިކާ ވަކިވެފައި ވަނީ ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގަ އެވެ. އެއްބަސްވުމުން ވަކިވެ، އެމެެރިކާ އިން ވަނީ އީރާންއާ ދެކޮޅަށް އިޤްތިޞާދީ ގޮތުން ވަރުގަދަ ފިޔަވަޅު ތަކެއް އަޅައިފަ އެވެ. އޭގެ ފަހުން އެމެރިކާ އާއި އީރާންއާ ދެމެދު ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ. 

އީރާންގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި، އެމެެރިކާ އިން ދައްކާ ވާހަކަ ތަކަކީ އެ ޤައުމުން ސިޔާސީ ބޭނުން ތަކަށްޓަކައި ދައްކާ ވާހަކަ ތަކެއް ކަމަަށެވެ. އީރާން އިން މިހާރު އެމެރިކާ އާއެކު މަޝްވަރާ ކުރަމުން ނުދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ ފަދަ މަޝްވަރާ ތަކެއް ކުރުމަށް ބޭނުން ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ބައިނަލްއަޤުވާމީ މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެފައިވާ ގޮތުގައި، މި ޙާލަތުގައި އެމެރިކާ އާއި އީރާންއާ ދެމެދު ގުޅުން ރަނގަޅު ކުރުމަށް ކުރިއަށް ދާނެ މަގެއް ނުފެނެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

25 މާރިޗު 2026

އީރާނުން ސައުދީ އަށް ދެމުން އަންނަ ހަމަލާ ތަކަކީ، ސަރަހައްދީ ސުލްޙަ އާއި އަމާންކަމަށް ނުރައްކާވާ ކަމެއް: ސްޓާމާ

25 މާރިޗު 2026
އީރާނުން ސައުދީ އަށް ދެމުން އަންނަ ހަމަލާ ތަކަކީ، ސަރަހައްދީ ސުލްޙަ އާއި އަމާންކަމަށް ނުރައްކާވާ ކަމެއް: ސްޓާމާ
25 މާރިޗު 2026

ޓްރަމްްޕްގެ އަމިއްލަ ރިސޯޓު މާ އަ ލާގޯ ހިމެނޭ ފްލޮރިޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑި، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ކާމިޔާބު ކޮށްފި

25 މާރިޗު 2026
ޓްރަމްްޕްގެ އަމިއްލަ ރިސޯޓު މާ އަ ލާގޯ ހިމެނޭ ފްލޮރިޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑި، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ކާމިޔާބު ކޮށްފި
25 މާރިޗު 2026

ޕާކިސްތާން ދެމި އޮންނާނީ ސައުދީ އާއެކު: ޕާކިސްތާންގެ ބޮޑު ވަޒީރު

25 މާރިޗު 2026
ޕާކިސްތާން ދެމި އޮންނާނީ ސައުދީ އާއެކު: ޕާކިސްތާންގެ ބޮޑު ވަޒީރު
25 މާރިޗު 2026

ސަރަހައްދީ ހަމަލާތައް ހުއްޓާލައި މަޝްވަރާގެ މޭޒަށް އައުމަށް، މެކްރޮން އީރާން އަށް ގޮވާލައްވައިފި

25 މާރިޗު 2026
ސަރަހައްދީ ހަމަލާތައް ހުއްޓާލައި މަޝްވަރާގެ މޭޒަށް އައުމަށް، މެކްރޮން އީރާން އަށް ގޮވާލައްވައިފި
25 މާރިޗު 2026

ސުލްޙައިގެ މަޝްވަރާ ތަކުގައި މެދުވެރިއްގެ ދައުރު އަދާ ކުރަން ޕާކިސްތާން އޮތީ ތައްޔާރަށް

25 މާރިޗު 2026
ސުލްޙައިގެ މަޝްވަރާ ތަކުގައި މެދުވެރިއްގެ ދައުރު އަދާ ކުރަން ޕާކިސްތާން އޮތީ ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު