Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުން އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އަބްރަހަމް ލިންކަން އަށް ކްރޫޒް މިސައިލް ހަމަލާދީފި

އީރާނުގެ "ގާދިރު" މަރުކާގެ ކްރޫޒް މިސައިލްތަކުން އެމެރިކާގެ "ޔޫއެސްއެސް އެބްރަހަމް ލިންކަން" މަނަވަރަށް އަމާޒުކޮށް ހަމަލާދިނުމާ ގުޅިގެން، އެ މަނަވަރުގެ މިސްރާބު ބަދަލުކުރަން މަޖުބޫރުވެފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފި. އެ ގައުމުގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ޝަހްރާމް އިރާނީ ވިދާޅުވީ އެމެރިކާގެ މަނަވަރުތަކުގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މިސައިލް ރޭންޖަށް ވަންނަ ކޮންމެ ހިނދެއްގައި ވަރުގަދަ ހަމަލާތަކެއް އަމާޒުވާނެ ކަމަށް.

ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 01:45
އެމެރިކާގެ ނޭވީން އާންމުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، 2007 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ޕެސިފިކް ކަނޑުގައި ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނެއްގެ ތެރެއިން، ނިމިޓްޒް ކްލާސްގެ އެއަރކްރާފްޓް ކެރިއަރެއް ކަމަށްވާ "ޔޫއެސްއެސް އަބްރަހަމް ލިންކަން" އިން "އާރުއައިއެމް-7ޕީ ނޭޓޯ ސީ ސްޕެރޯ" މިސައިލެއް ފޮނުވާލާ މަންޒަރު.

އެމެރިކާގެ ނޭވީން އާންމުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، 2007 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ޕެސިފިކް ކަނޑުގައި ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނެއްގެ ތެރެއިން، ނިމިޓްޒް ކްލާސްގެ އެއަރކްރާފްޓް ކެރިއަރެއް ކަމަށްވާ "ޔޫއެސްއެސް އަބްރަހަމް ލިންކަން" އިން "އާރުއައިއެމް-7ޕީ ނޭޓޯ ސީ ސްޕެރޯ" މިސައިލެއް ފޮނުވާލާ މަންޒަރު. | ގެޓީ އިމޭޖަސް

އެމެރިކާގެ މަނަވަރު "ޔޫއެސްއެސް އަބްރަހަމް ލިންކަން" އެއަރކްރާފްޓް ކެރިއަރަށް އަމާޒުކޮށް ކްރޫޒް މިސައިލް ފޮނުވާލާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން އެ ގައުމުގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފި އެވެ. އަދި އެމެރިކާގެ އެ މަނަވަރުތައް އީރާނުގެ މިސައިލްތަކުގެ ރޭންޖަށް ވަނުމުން އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރުވެސް އެ ގައުމުން ވަނީ ދީފައެވެ.

އީރާނުގެ އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވަނީ، އެ ގައުމުގެ ކަނޑުގެ ސިފައިން ބޭނުންކުރާ "ގާދިރު" މަރުކާގެ ކްރޫޒް މިސައިލްތަކުން (އެއްގަމުން ކަނޑުގެ އުޅަނދުފަހަރަށް ހަމަލާދޭ މިސައިލް) އެމެރިކާގެ "ޔޫއެސްއެސް އަބްރަހަމް ލިންކަން" އަށް އަމާޒުކޮށް ހަމަލާދިނުމާ ގުޅިގެން، އެ މަނަވަރު އޮތް މިސްރާބު ބަދަލުކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.

އީރާނުގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ޝަހްރާމް އިރާނީއާ ހަވާލާދީ އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމެރިކާގެ މަނަވަރުތަކުގެ ހަރަކާތްތައް އީރާނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ދުޝްމަނުންގެ އެ މަނަވަރުތައް އީރާނުގެ މިސައިލް ނިޒާމުގެ ރޭންޖަށް ވަންނަ ކޮންމެ ހިނދެއްގައި، އީރާނުގެ ކަނޑުގެ ސިފައިންގެ ވަރުގަދަ ހަމަލާތަކެއް އެ މަނަވަރުތަކަށް އަމާޒުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާޔޫ.އެސް.އެސް އަބްރަހަމް ލިންކަންއެޑްމިރަލް ޝަހްރާމް އިރާނީއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ މިސައިލް ހަމަލާގެ ސަބަބުން ބެން ގޫރިއަން އެއާޕޯޓު ބަންދުކޮށްފި

އީރާނުގެ މިސައިލް ހަމަލާގެ ސަބަބުން ބެން ގޫރިއަން އެއާޕޯޓު ބަންދުކޮށްފި

26 މާރިޗު 2026
ހަނދާން ކުރާތި، އަހަރެމެން ތެލް އަވީވް އާއި ހައިފާ ބިމާ ހަމަކޮށްލާނަން: އީރާނުގެ އަސްކަރިއްޔާ

ހަނދާން ކުރާތި، އަހަރެމެން ތެލް އަވީވް އާއި ހައިފާ ބިމާ ހަމަކޮށްލާނަން: އީރާނުގެ އަސްކަރިއްޔާ

26 މާރިޗު 2026
ހަނގުރާމަ ނިމުމަކަށް އަންނާނީ ޓްރަމްޕް ބޭނުންވާ ވަގުތަކު ނޫން ކަމަށާއި، އެކަން ނިމޭނީ އީރާނުން އެގޮތަށް ނިންމުމުން ކަމަށް އީރާނުން ބުނެފި

ހަނގުރާމަ ނިމުމަކަށް އަންނާނީ ޓްރަމްޕް ބޭނުންވާ ވަގުތަކު ނޫން ކަމަށާއި، އެކަން ނިމޭނީ އީރާނުން އެގޮތަށް ނިންމުމުން ކަމަށް އީރާނުން ބުނެފި

26 މާރިޗު 2026
ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެ، އަމިއްލަ ޝަރުތުތަކެއް ކުރިމަތިކޮށްފި

ޓްރަމްޕްގެ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެ، އަމިއްލަ ޝަރުތުތަކެއް ކުރިމަތިކޮށްފި

26 މާރިޗު 2026
ޓްރަމްޕްގެ ޑިޕްލޮމެސީ އަށް އިތުބާރު ނުކުރެވޭ ކަމަށް އީރާން އިން ބުނެފި

ޓްރަމްޕްގެ ޑިޕްލޮމެސީ އަށް އިތުބާރު ނުކުރެވޭ ކަމަށް އީރާން އިން ބުނެފި

25 މާރިޗު 2026

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު