Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން ސައުދީ އަށް ދެމުން އަންނަ ހަމަލާ ތަކަކީ، ސަރަހައްދީ ސުލްޙަ އާއި އަމާންކަމަށް ނުރައްކާވާ ކަމެއް: ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ބޮޑު ވަޒީރު ވިދާޅުވީ ސައުދީ އަރަބިއްޔާގެ މުހިންމު އިންފްރާސްޓްރަކްޗާ ހިމެނޭ ގޮތުން، އީރާން އިން ދެމުން ގެންދާ ހަމަލާ ތަކަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މާރިޗު 2026 | ބުދަ 11:42
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އާއި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އާއި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ | ގެޓީ އިމޭޖަސް

އީރާން އިން ސައުދީ އަރަބިއްޔާ އަށް ދެމުން އަންނަ ހަމަލާތައް ކުށްވެރި ކުރައްވާ ކަމަށާއި، އެއީ ސަރަހައްދީ ސުލްޙަ އާއި އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ.

ސްޓާމާ މިހެން ވިދާޅުވެފައި ވަނީ، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަައިގަ އެވެ. އެކަން ރިޕޯޓު ކޮށްފައި ވަނީ، ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިންނެވެ. 

އެގޮތުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާާމާ ވިދާޅުވީ ސައުދީ އަރަބިއްޔާގެ ސަރަހައްދަށް އީރާން އިން ދެމުންދާ ހަމަލާތައް، އެ ޤައުމުން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ. އަދި އީރާން އިން ދެމުން އަންނަ އެ ހަމަލާ ތަކުގެ ސަބަބުން، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްވާ ކަމަށް ވެސް ސްޓާާމާ ވިދާޅުވެފައިވެ އެވެ. 

ސައުދީގެ ވަލީ އަހުދު މުޙައްމަދާއި، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގައި ވަނީ، ސަރަހައްދުގެ ސަލާމަތީ ޙާލަތާއި، މިހާރު ހިނގަމުންދާ ހަނގުރާމަ ފުޅާވުމާ ބެހޭ ގޮތުން ވެެސް މަޝްވަރާ ކުރައްވައިފަ އެވެ. އަދި މި ޙާލަތުން ސަރަހައްދީ އަދި ދުނިޔޭގެ ސަލާމަތާއި ސުލްޙަ އަށް ކުރާ އަސަރާއި، ބައިނަލްއަޤުވާމީ ކަނޑު ދަތުރު ފަތުރުގެ ސަލާމަތާއި އަދި، ދުނިޔޭގެ އިޤްތިޞާދަށް ކުރާ ނުރައްކާތެރި އަސަރުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެ އެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ބޮޑު ވަޒީރު ވިދާޅުވީ ސައުދީ އަރަބިއްޔާގެ މުހިންމު އިންފްރާސްޓްރަކްޗާ ހިމެނޭ ގޮތުން، އީރާން އިން ދެމުން ގެންދާ ހަމަލާ ތަކަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. ބަޔާނުގައި ބުނެފައިވާ ގޮތުގައި ދެ ލީޑަރުން މަޝްވަރާ ކުރެއްވީ ޙާލަތު ހަމަޖެއްސުމުގެ ބޭނުމާ ގުޅޭ ގޮތުން ކަމަށެވެ. އަދި ބޮޑު ވަޒީރު ވަނީ ހޮރްމޫޒް ކަނޑު އޮޅީގެ ސަރަހައްދާ ގުޅޭ ގޮތުން ރާވާފައިވާ ޕްލޭންތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވާފައި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން ބޮޑު ވަޒީރު ސްޓާމާ ވަނީ، އިނގިރޭސިވިލާތުން ސައުދީ އަށް ދޭ ތާއިދާއި، އެއްބާރުލުން އަދިވެސް އޮންނާނެ ކަމަށް ފާހަގަ ކުރައްވައިފަ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިނގިރޭސިވިލާތް-ސައުދީ އަރަބިއްޔާކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

އިތުރަށް ކިޔާލަން

25 މާރިޗު 2026

ޕާކިސްތާން ދެމި އޮންނާނީ ސައުދީ އާއެކު: ޕާކިސްތާންގެ ބޮޑު ވަޒީރު

25 މާރިޗު 2026
ޕާކިސްތާން ދެމި އޮންނާނީ ސައުދީ އާއެކު: ޕާކިސްތާންގެ ބޮޑު ވަޒީރު
25 މާރިޗު 2026

ސަރަހައްދީ ހަމަލާތައް ހުއްޓާލައި މަޝްވަރާގެ މޭޒަށް އައުމަށް، މެކްރޮން އީރާން އަށް ގޮވާލައްވައިފި

25 މާރިޗު 2026
ސަރަހައްދީ ހަމަލާތައް ހުއްޓާލައި މަޝްވަރާގެ މޭޒަށް އައުމަށް، މެކްރޮން އީރާން އަށް ގޮވާލައްވައިފި
25 މާރިޗު 2026

ސުލްޙައިގެ މަޝްވަރާ ތަކުގައި މެދުވެރިއްގެ ދައުރު އަދާ ކުރަން ޕާކިސްތާން އޮތީ ތައްޔާރަށް

25 މާރިޗު 2026
ސުލްޙައިގެ މަޝްވަރާ ތަކުގައި މެދުވެރިއްގެ ދައުރު އަދާ ކުރަން ޕާކިސްތާން އޮތީ ތައްޔާރަށް
25 މާރިޗު 2026

އީރާނުން އަހަރެންނަށް ތެލާގައި ގޭހުގެ ހަދިޔާއެއް ދީފި. އީރާނުގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރަން: ޓްރަމްޕް

25 މާރިޗު 2026
އީރާނުން އަހަރެންނަށް ތެލާގައި ގޭހުގެ ހަދިޔާއެއް ދީފި. އީރާނުގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރަން: ޓްރަމްޕް
24 މާރިޗު 2026

އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

24 މާރިޗު 2026
އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު