Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޕާކިސްތާން ދެމި އޮންނާނީ ސައުދީ އާއެކު: ޕާކިސްތާންގެ ބޮޑު ވަޒީރު

މި މަޝްވަރާ ތަކުގައި ޝެހްބާޒް ވަނީ، ސައުދީގެ ސަލާމަތާއި އިސްތިޤުލާލަށް އުނިކަން އަންނަ ގޮތަށް އީރާން އިން ތަކުރާރުކޮށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ޕާކިސްތާން އިން ފުރިހަަމަ އަށް ވަކާލާތު ކުރާ ކަމަަށް ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 މާރިޗު 2026 | ބުދަ 06:44
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އާއި، ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އާއި، ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް | ރޮއިޓާސް

އީރާން އިން ސައުދީ އަރަބިއްޔާ އަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކާ ދެކޮޅަށް، ޕާކިސްތާން އިން އަބަދު ވެސް ސައުދީ އަރަބިއްޔާ އާއެކު ސާބިތުކަމާ އެކު ދެމި އޮންނާނެެ ކަމުގެ ޔަޤީންކަން، އެ ޤައުމުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ދެއްވައިފި އެވެ. 

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް މި ޔަޤީންކަން ދެއްވާފައި ވަނީ، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންއާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާ ތަކުގަ އެވެ. 

ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ފޯނު ކޯލުގައި ދެ ބޭފުޅުން ވަނީ މެދު އިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމާއި، އޭގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ސަލާމަތާއި ހަމަޖެހުމަށް ކުރާނެ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފަ އެވެ.

މި މަޝްވަރާ ތަކުގައި ޝެހްބާޒް ވަނީ، ސައުދީގެ ސަލާމަތާއި އިސްތިޤުލާލަށް އުނިކަން އަންނަ ގޮތަށް އީރާން އިން ތަކުރާރުކޮށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ޕާކިސްތާން އިން ފުރިހަަމަ އަށް ވަކާލާތު ކުރާ ކަމަަށް ވިދާޅުވެފަ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، މެދު އިރުމަތީގެ ސަރަހައްދު ވަނީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. އީރާން އިން ދަނީ ޑްރޯން އާއި މިސައިލް ބޭނުން ކޮށްގެން މެދު އިރުމަތީގެ ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސް ތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. 

ސައުދީގެ ވަލީ އަހުދު މުޙައްމަދާއި، ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒްގެ މި މަޝްވަރާ ތަކަކީ ސަރަހައްދީ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، އިސްލާމީ ޤައުމު ތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށް ކުރެވުނު މުހިންމު މަޝްވަރާ ތަކެއްގެ ގޮތުގައި ފާހަގަ ކޮށްފައިވެ އެވެ. ޕާކިސްތާން އަކީ އަބަދު ވެސް ސައުދީގެ ދިފާއީ އަދި ސަލާމަތީ ކަންކަމުގައި އެންމެ ގާތުން މަސައްކަތް ކުރާ އެއް ޤައުމެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޝެހްބާޒް ޝަރީފް ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރަހައްދީ ހަމަލާތައް ހުއްޓާލައި މަޝްވަރާގެ މޭޒަށް އައުމަށް، މެކްރޮން އީރާން އަށް ގޮވާލައްވައިފި

ސަރަހައްދީ ހަމަލާތައް ހުއްޓާލައި މަޝްވަރާގެ މޭޒަށް އައުމަށް، މެކްރޮން އީރާން އަށް ގޮވާލައްވައިފި

25 މާރިޗު 2026
ސުލްޙައިގެ މަޝްވަރާ ތަކުގައި މެދުވެރިއްގެ ދައުރު އަދާ ކުރަން ޕާކިސްތާން އޮތީ ތައްޔާރަށް

ސުލްޙައިގެ މަޝްވަރާ ތަކުގައި މެދުވެރިއްގެ ދައުރު އަދާ ކުރަން ޕާކިސްތާން އޮތީ ތައްޔާރަށް

25 މާރިޗު 2026
އީރާނުން އަހަރެންނަށް ތެލާގައި ގޭހުގެ ހަދިޔާއެއް ދީފި. އީރާނުގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރަން: ޓްރަމްޕް

އީރާނުން އަހަރެންނަށް ތެލާގައި ގޭހުގެ ހަދިޔާއެއް ދީފި. އީރާނުގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރަން: ޓްރަމްޕް

25 މާރިޗު 2026
އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

އީރާނުން އިޒްރޭލުގެ ޖާސޫސީ މަރުކަޒުތަކަށް މިސައިލް ހަމަލާދީފި

24 މާރިޗު 2026
އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ގެ މަގާމަށް މުޙައްމަދު ބާގިރު ޒުލްގަދަރު އައްޔަން ކޮށްފި

އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ގެ މަގާމަށް މުޙައްމަދު ބާގިރު ޒުލްގަދަރު އައްޔަން ކޮށްފި

24 މާރިޗު 2026

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު